ރާއްޖެ އަށް އާދަޔާ ހިލާފަށް ހޫނުގަދަވުން

‎މާލެ - އޭޕްރީލް 26، 2023: މިއީ ރާއްޖެ އަށް އާދަޔާ ހިލާފަށް ހޫނު ދުވަސްވަރު ކަމަށް ވުމުން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެދިފައި. ބައެއް ދުވަަސްތަކުގައި ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ ބުނެފައި. މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އެންމެ ހޫނު ގަދަވާ ދުވަސްވަރު ކަމަށް ވާއިރު، ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަވަނީ މެންދުރު ފަހު 2:00 ގައި ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވޭ. އެއާ އެކު، ކަރަންޓު ބޭނުންކުރާ ވަރު މި ދުވަސްވަރު އިތުރު ވާނެތީ ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯ އިން އިލްތިމާސް ކުރޭ.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
26 އެޕްރީލު 2023
މާރުކޭޓު ސަރަހައްދުގައި މުދާ ބަރުކޮށްގެން ދިޔަ ލޮރީއެއްގައި ހުރި މީހަކު އަވިން ސަލާމަތް ވުމަށް ފޮށިގަނޑެއް ބޯމަތީ އަޅާލައިގެން: މި ދުވަސްވަރު އަވީގައި އުޅޭ ވަރު މަދުކުރަށް މެޓް އޮފީހުން އިލްތިމާސް ކުރޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަމީނީ މަގުން ދިޔަ ޕިކަޕެއްގެ ފަހަތުގައި ހުރި މީހަކު އަވިން ސަލާމަތް ވާން ކުޑައެއް ނަގައިގެން: މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން އުޅެނީ 44 ޑިގްރީ ސެލްސިއަސްގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައިޖީއެމްއެޗުން ނުކުމެގެން ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ހޫނު ގަދަވުމުގެ ސަބަބުން އެކްސްރޭ އެންވެލޮޕެއް ބޯ މަތީގައި އަޅައިގެން ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރަސްފަންނު ސަރަހައްދުގައި ހުރި ހަޓެއް ދަށުގައި ހުރީ ޖޯއްޔެއްގައި ބަޔަކު އިށީނދެގެން: އަވީގައި އުޅޭ ވަގުތު މި ދުވަސްވަރު މަދުކުރަން މެޓުން އެދޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރަސްފަންނު ސަރަހައްދުގައި ހުރި މޭޒެއްގެ ކައިރީގައި މީހަކު އިށީނދެލައިގެން: ބޭރަށް ނުކުންނަ ނަމަ އަވިން ރައްކާތެރިވުމަށް ޔޫވީ ފިލްޓާ އައިނެއް އެޅުމާއި ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި އަދި ގަޔަށް ދޫ ހެދުން ލުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުދާ ބަރުކޮށްފައި އޮތް ލޮރީއެއްގެ ފަހަތުގައި މީހަކު އަވިން ސަލާމަތް ވާން ކުޑަ ނަގައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޖެޓީ ސަރަހައްދުގައި މުދާ އަރުވަން މަޑުކޮށްގެން އޮތް ޕިކަޕެއްގައި ތިބި ބިދޭސީންތަކެއް އަވި ގަދަކަމުން ކުޑަ ނަގައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ މީހަކު ފެންފުޅިއެއް ހިފައިގެން ދަނީ: މިއީ ރާއްޖެ އަށް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްވަރެއް ކަމަށް ވުމުން ގިނައިން ފެން ބުއިމަށް މޫސުމާ ބެހޭ އިދާރާ އިން އިލްތިމާސް ކުރޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މުދާ ބަރުކޮށްގެން ދިޔަ ޕިކަޕެއްގެ ފަހަތުގައި ހުރި މީހަކު ހޫނު ގަދަކަމުން ކުޑަ ނަގައިގެން: މި ދުވަސްވަރު ހޫނު އިހުސާސްވާ ވަރު އުޅެނީ 44 ޑިގްރީ ސެލްސިއަސްގައި.----ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފުލުހުންގެ އިދާރާ ކައިރިން ހިނގާފައި ދިޔަ އަންހެނަކު ހޫނު ގަދަވުމުގެ ސަބަބުން ކުޑަ ނަގައިގެން ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ދަތުރުވެރިންގެ މާރުކޭޓުގެ ބޭރުގައި އަނބު ވިއްކަން އިން މީހަކު، އަވިން ސަލާމަތް ވާން ކުޑައެއް ޖަހައިގެން: އާންމުކޮށް މި ދުވަސްވަރު އެންމެ ހޫނު ގަދައީ މެންދުރު 2:00 ގައި.---ފޮޓޯ: ފަޔާޒް މޫސާ| މިހާރު

މެންދުރު އެންމެ ކާރުބާރު ބޮޑު ވަގުތު މަޖީދީމަގުގައި ބަޔަކު ހަރަކާތްތެރިވަނީ: މިއީ ރާއްޖެ އަށް އެންމެ ހޫނު ދުވަސްވަރު ކަމަށް ވުމުން އަވި ގަދަ ގަޑީގައި ބޭރުގައި އުޅުން މަދުކުރަން މެޓުން އެދޭ.---ފޮޓޯ: ފަޔާޒް މޫސާ| މިހާރު

މާލެ އަށް ގަދަ އަށް އަވިދޭއިރު، މީހަކު ހިނގާފައި ދަނީ: ބޭރަށް ނުކުންނަ ނަމަ އަވިން ރައްކާތެރިވުމަށް ޔޫވީ ފިލްޓާ އައިނެއް އެޅުމާއި ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި އަދި ގަޔަށް ދޫހެދުން ލުމަށް މެޓުން އެދޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ވިލިމާލެއާ ދިމާލުން ދޯންޏެއް ދަތުރުކުރަމުން ދާއިރު، ގަދަ އަވިން ސަލާމަތް ވާން ދެ މީހަކު އެ ދޯނީގެ ހިޔާ ތަންކޮޅެއްގައި މަޑުކޮށްލައިގެން--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

މާލޭގެ މަގެއްގައި މަސައްކަތެއް ކުރަން އުޅުނު މީހަކު ކަރު ހިއްކުން ފިލުވަން ފެން ބޮނީ: މި ދުވަސްވަރު އަވީގައި އުޅޭ ވަރު މަދުކުރުމަށާއި ކަރު ހިއްކާ ނަމަ ގިނައިން ފެން ބޯން މެޓުން އިލްތިމާސް ކުރޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިތުރު ފޮޓޯ ގެލަރީ