ބޯ ވާރެއާއެކު މާލޭގައި އާދަޔާ ހިލާފަށް ފެންބޮޑުވުން
މާލެ- އޭޕްރީލް 1، 2023: މާލެ އަށް ބޯކޮށް ވެހުނު ވާރެއާ އެކު، ގިނަ މަގުތަކުގައި އާދަޔާ ހިލާފަށް މިއަދު ފެންބޮޑުވެ، ބައެއް ގޭގެ އަށް ފެން ވަދެ ގެއްލުންތަކެއް ވި. ހެނދުނު 7:30 ހާއިރުން ފެށިގެން މެދުނުކެނޑި 9:30 ވަންދެން ވެހުނު ވެހުނު ވާރޭ ހުއްޓާލިއިރު މާލޭގައި އާއްމުކޮށް ފެންބޮޑުވާ ގިނަ މަގުތަކެއްގައި ފެންބޮޑުވި. އެގޮތުން، އަމީނީ މަގާއި އައިޖީއެމްއެޗް ހުންނަ ކަނބާއައިސަ ރަނި ހިނގުމުން ފެށިގެން އެ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވި. ފެން ހިންދާ ނިޒާމު ޖައްސާފައި ހުއްޓަސް އެ ނިޒާމަށް ވެސް ނުކަތާ ވަރަށް ފެން ބޮޑުވުމުން، ގިނަ މަގުތަކުން ފެން ހިންދޭވަރުވީ މިއަދު ހަވީރު.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވެފައި ވާއިރު ބަޔަކު ފެންގަނޑު ހުރަސް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހެނދުނު މާލެ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އަމީނީމަގުގައި ފެންބޮޑުވެފައި: މެދުނުކެނޑި ދެ ގަޑިއެއްހާއިރު ވަންދެން މާލެ އަށް ބޯކޮށް ވާރޭ ވެހުމުން، ފެން ހިންދާ ނިޒާމަށް ވެސް ނުކަތައިގެން ދިއުމުގެ ސަބަބުން ފެން އެއްކޮށް ހިންދުނީ ހަވީރު.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އަމީނީ މަގުގައި ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން ކުރާއިރު، ފުލުހުން އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދު ހެނދުނު މާލެ އަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވެފައިވާ މަގެއްހައި ހުރި ފިހާރައަކަށް މުދާ ބާލަނީ: މާލޭގެ ގިނަ މަގުތަކުން ފެން ހިންދޭވަރުވީ މިއަދުގެ ހަވީރު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދު ވެހުނު ވާރޭގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ގެ އަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދު ހެނދުނު މާލެ އަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވެފައިވާ މަގަކުން މީހަކު ސައިކަލްގައި ދަނީ: ފެންބޮޑުވި މަގުތަކުގައި ޕާކްކޮށްފައި ހުރި ވެހިކަލްތައް ސްޓާޓް ނުވުން ފަދަ މައްސަލަތައް ވެސް މިއަދު ކުރިމަތިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭގައި މަސައްކަތްކުރާ ބިދޭސީއަކު ކުޑައެއް ހިފައިގެން ފެންގަނޑު ހުރަސްކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދު ހެނދުނު މާލެ އަށް ވެހުނު ބޯ ވާރޭގައި ފެން ބޮޑުވެފައިވާ މަގެއްގައި ސައިކަލެއް ޕާކް ކޮށްފައި: ފެންބޮޑުވި މަގުތަކުގައި ޕާކްކޮށްފައި ހުރި ވެހިކަލްތައް ސްޓާޓް ނުވުން ފަދަ މައްސަލަތައް ވެސް މިއަދު ކުރިމަތިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފެން ބޮޑުވެފައިވާ މަގަކުން މީހަކު ހުރަސް ކުރަނީ: މިއަދު ވެހުނު ބޯ ވާރޭގައި މާލޭގެ ބޮޑެތި މަގުތަކުގައި އާދަޔާ ހިލާފަށް ފެން ބޮޑުވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އައިޖީއެމްއެޗް ހުންނަ ކަނބާއައިސާރަނި ހިނގުމުގައި ފެންބޮޑުވެފައިވާއިރު ބަޔަކު ސައިކަލްތަކުގައި ދަނީ: ފެންބޮޑުވި މަގުތަކުގައި ޕާކްކޮށްފައި ހުރި ވެހިކަލްތައް ސްޓާޓް ނުވުން ފަދަ މައްސަލަތައް ވެސް މިއަދު ކުރިމަތިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލެ އަށް މިއަދު ހެނދުނު ބޯ ވާރެއާއެކު، އާދަޔާ ހިލާފަށް ފެން ބޮޑުވެފައިވާ މަަގަކުން މީހަކު ހިނގާފައި ދަނީ.---ފޮޓޯ: މިހާރު
ހެނދުނު މާލެ އަށް ވެހުނު ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެފަވާއިރު، ވަޔާއެކުއެކު ގަހެއްގެ ގޮފިގަނޑު މަގުމައްޗަށް ވެއްޓިފައި.---ފޮޓޯ: މިހާރު