ހުޅުމާލޭގެ އިންޑަސްޓްރިއަލް ސަރަހައްދު ބާ ވެހިކަލްތަކުން ގޮނޑުވެފައި
ހުޅުމާލެ- ޖެނުއަރީ 20، 2022: ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހުންނަ ގަރާޖުތަކުންނާއި އާންމުން ބޭނުންކޮށްފައި ހަލާކުވެ، ދަބަރަށް ވެފައިވާ ގިނަ އަދަދެއްގެ ވެހިކަލްތަކާއި ގިނަ ދުވަސް ވަންދެން ބޭނުންނުކޮށް ޕާކް ކޮށްފައި ހުރި ކާރާއި ޕިކަޕާއި ސައިކަލްތަކުން މުޅި ސަރަހައްދު ވަނީ ގޮނޑުވެފައި. އެ ވެހިކަލްތައް ކައިރީގައި ގަސް ހެދި ބައެއް ވެހިކަލްތަކުގެ މައްޗަށް ވެޔޮގަނޑުތައް ވަނީ އަރާފައި. އަދި ނުދުއްވާ ސައިކަލްތަކާއި ކާރުގެ ޓަޔަރުތައް އެއް ފުންޏަކަށް ޖަހާލާފައި ހުރިއިރު، ބައެއް މަގުތަކަށް ކުނީގެ ގޮތުގައި ނެރެ ބަހައްޓާފައި ހުރި ޓިނުތަކާއި ބޭނުންނުކުރާ ގިނަ ސާމާނުތަކުން ފުރިފައި. އެކަމަކު، މި ތަންތަން ސާފުކޮށް، ރީތި ކުރުމަށް އެއްވެސް ފަރާތަކުން ސަމާލުކަމެއް ނުދޭ.--- ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: އިންޓަސްޓްރިއަލް ސަރަހައްދު މަގުމަތީގައި ކުނީގެ ގޮތުގައި ބަހައްޓާފަ އޮތް ހަލާކުވެ ދަބަރު ޖަހާފައިވާ ކާރެށް، މިފަދަ ބޮޑެތިކުނިބުނީގެ ސަބަބުން މުޅި ސަރަހައްދު ވަނީ ގޮނޑުވެފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގެ އިންޓަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތަކުން ބޭނުން ނުކޮށް ގިނަދުވެސް ވެފައިހުރި ސައިލްތަކުން މުޅި ޕޭމަންޓް ފުރިފައި އޮތްއިރު، ހަލާކުވެފައިހުރި ޓަޔަރުތަށް ފުންޏަކަށް ޖަހާފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ވެހިކަލްތައް ޕާކުކޮށްފަ ހުންނަތާ އެތައް ދުވަަހެއްވުމުގެ ސަބަބުން ބައެއް ވެހިކަލްތަކުގެ ފުރޮޅުގައި ވެޔޮގަނޑު ހެދިފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފުލުހުންގެ ފްލެޓް ސަރަހައްދުގައި ހާލާކުވެފައިވާ ކާރެއް އެއްލާލާފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: އިންޓަސްޓްރިއަލް ސަރަހައްދުގެ މަގެއްގައި ޕާކްކޮށްފައި އޮތް ބަހެއް، ގިނަ ދުވަސްވުމުގެ ސަބަބުން ޖެހިގެން ހުރި ގަހުގެ ގޮފިތައް ބަހުގެމައްޗަށް ނިކުމެފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ކުރީކޮޅު ހަލާކުވެފައި އޮތް ކާރެށް ހުޅުމާލޭގެ މަގުމަތީގައި ކުނީގެ ގޮތުގައި ދޫކޮށްލެވިފައި، މިސަރަހައްދު ސާފުކުރާނެ ބަޔަކު ނެތް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގައި އިމާރާތްކުރާ ފުލުހުންގެ ފްލެޓްތައް ކައިރީގައި ބޭނުންނުކުރާ ޕިކަޕްއެއްގެ ތެރޭގައި ހަލާކުވެފައި އޮތް ކާރެއްގެ ބައެއް، މި ސަރަހައްދުގައި މި ފަދަ ބައިވަރު ވެހިކަލްތައް ވަނީ ޖަމާކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގެ އިންޓަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖަކުން ހަލާކުވެފައި ހުރި ސައިކަލްތަކެއް މަގުމައްޗަށް އުކާލާފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ބޭނުންނުކުރާ ވެހިކަލްތަކާ ގިނަ އަދަދެއްގެ ޓިނުތައް އެތަނުގައި ފުންޏަކަށް ޖަހާފައި ހުރިއިރު ބެލެވޭ ގޮތުގައި މި ސާމާނުތައް މިތަނުގައި ހުންނަތާ އެތައް ދުވަހެއް ވެދާނެ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ޕާކުކޮށްފައި ހުންނަތާ އެތައް ދުވަަހެއްވުމުގެ ސަބަބުން ބައެއް ވެހިކަލްތަކުގައި ވެޔޮގަނޑު ހެދިފައި-- ފޮޓޯ: ފަޔާޒު މޫސަ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލެއަށް އަރާ ސަރަހައްދުން ދާއިރު އޮންނަ އިންޓަސްޓްރިއަލް ސަރަހައްދުގެ މަގުގެ އެއް ފަރާތުގައި ލަކުޑިތަކާކުނި ތަކުން ތޮއްޖެހިފައިވާއިރު، އަނެއްފަރާތުގައި ބޭނުންނުކުރާ ވެހިކަލުތަށް ޕާކްކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގެ އިންޓަސްޓްރިއަލް ސަރަހައްދުގެ ބޮޑު މުގެ އެއްފަރާތުގައި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ ވެހިކަލްތަކުން ތޮއްޖެހިފައިވާއިރު، މި ސަރަހައްދުގެ ސާފުތާހިރުކަމަށް އެއްވެސް ބަޔަކު ބެލުމެށްނެތް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގެ އިންޓަސްޓްރިއަލް ސަރަހައްދުގެ މަގެއްގެ އެއްފަރާތަކަށް ޖަމާކޮށްފައި ހުރި އެކި ޒާތުގެ ކުނީގެ ފަރުބަދައެއް ހެދިފައިވާއިރު، މި ސަރަހައްދުގައި އުފެދޭ ކުނީގެ ސަބަބުން މުޅި ސަރަހައްދުވަނީ ގޮނޑުވެފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހަލާކުވެ ދަބަރު ޖަހާފައިވާ ކާރެއް މަގުގެ އެއްފަރާތުގައި އޮތްއިރު، މި ފަދައުޅަނދުތަކުން ބޭނުން ކުރެވޭ ސާމާނު ނަގާފައި މި ސަރަހައްދަށް އޮންނަނީ ދޫކޮށްލެވިފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހަލާކުވެ ދަބަރު ޖަހާފައިވާ ކާރެއް މަގުގެ އެއްފަރާތުގައި އޮތްއިރު، މި ފަދައުޅަނދުތަކުން ބޭނުން ކުރެވޭ ސާމާނު ނަގާފައި މި ސަރަހައްދަށް އޮންނަނީ ދޫކޮށްލެވިފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް އުކާލެވިފައި ހުރި ބައިސިކަލްތައް އިންޓަސްޓްރިއަލް ޒޯނަށް ގެނެސް ބިދޭސީ މަސައްކަތު މީހުން މަރާމާތުކުރަނީ: މި ސަރަހައްދުގައި ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅޭ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: އިންޓަސްޓްރިއަލް ސަރަހައްދުގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ލައްގާލާފައި ހުރި ސައިކަލެއް، މުޅި މިސަރަހައްދުން ފެންނަނީ މިފަދަ މަންޒަރުތަކެއް-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގެ އިންޓަސްޓްރިލް ސަރަހައްދު މަގެއްގެ އަރިމަތީގައި ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ ކާރެއް ހިރަފުސް އަރައި ހަޑިވެފައި: މި ފަދަ ގިނަ އުޅަނދުތަކުން އެ ސަރަހައްދު ފެންނަނީ ފުނިޖެހިފައި.--- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ހުޅުމާލެ: ޖެނުއަރީ 20، 2022: ހުޅުމާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގެ މަގެއްގެ ދެ ފަރާތުގައި ބޭނުން ނުކުރާ ގިނަ ވެހިކަލްތައް ޕާކްކޮށަފައި ހުރި އިރު މި ސަރަހައްދު ވަނީ ގޮނޑުވެފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު