ފޮޓޯގެލަރީ / ހުޅުމާލެ

ހުޅުމާލޭން ވިއްކާ 26 ގޯތީގެ ބީލަން ކެނޑުން

ފަޔާޒް މޫސާ

9 ފެބުރުއަރީ 2022

މާލެ- ފެބްރުއަރީ 9، 2022: ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ފްރަންޓްގެ 26 ބިން ގަތުމަށް ބީލަން ހުށައެޅި 211 މީހުންގެ ބީލަން ކެނޑުން: އެންމެ މަތީ އަގެއް ހުށަހެޅީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ. ދެން އެވްރެޖްކޮށް އުޅެނީ އަކަފޫޓަކަށް 6،000ރ-10،000ރ. ގެ އަގުތަކެއް. މި ބިންތައް ވިއްކާނީ ބީލަމުގައި އެންމެ މަތީ އަގު ހުށަހަޅާ މީހުންނަށް ކަމަށް ވާއިރު، ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހެޅި. މި 60 ބިމުގެ ތެރެއިން ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ މި މަހުގެ 16 ގައި.---ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމުގެ ކަންކަން ކުރިއަށް ގެންދަނީ: ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން 26 ބިމެއް ބީލަމުގެ އުސޫލުން ވިއްކާނެ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކަނޑައި، ބީލަމުގެ އަގުތައް އެޗްޑީސީގެ އޮފިޝަލަކު އިއުލާން ކުރާއިރު އެހެން މުވައްޒަފުން އެހީތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކަނޑައި، ބީލަމުގެ އަގުތައް އެޗްޑީސީގެ އޮފިޝަލަކު އިއުލާންކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމާ ގުޅޭ ކަންކަން އެޗްޑީސީގެ އޮފިޝަލުން މިއަދު ކުރިއަށް ގެންދަނީ: ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން މި މަހުގެ 16 ގައި އޮންނާނެ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ 26 ބިމަށް ކުރިމަތިލީ މީހުންގެ ބީލަންތައް އެޗްޑީސީގެ އޮފިޝަލުން ކަނޑަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމާ ގުޅޭ ކަންކަން އެޗްޑީސީގެ އޮފިޝަލުން މިއަދު ކުރިއަށް ގެންދަނީ: ބީލަންތައް ކެނޑީ ބީލަން ހުށަހެޅި މީހުންގެ ހާޒިރުގައި.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމުގެ ރަސްމިއްޔާތުގައި، ބީލަމުގެ އަގުތައް މީހަކު ނޯޓް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމާ ގުޅޭ ކަންކަން އެޗްޑީސީގެ އޮފިޝަލުން މިއަދު ކުރިއަށް ގެންދަނީ: ބީޗް ސައިޑުން ވިއްކާ 34 ގޯތީގެ ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން މި މަހުގެ 16 ގައި އޮންނާނެ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމުގެ ކަންކަން ހ. މީރުމާގެ ފަސްވަނަ ބުރީގައި ކުރިއަށް ގެންދަނީ: ބީލަން ކެނޑުން އޮތީ ބީލަމުގައި ބައިވެރިވި މީހުންގެ ހާޒިރުގައި.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމުގެ ކަންކަން މިއަދު ކުރިއަށް ގެންދަނީ: ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން 26 ބިމެއް ބީލަމުގެ އުސޫލުން ވިއްކާނެ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ނުވަތަ އަތިރިމަތީގެ ކުރިމަތިން ބީލަމުގެ އުސޫލުން ވިއްކާ 26 ބިމަށް ބީލަން ހުށަހެޅި މީހުން، ބީލަން ކެނޑުމުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ: އެންމެ ކުޑަ އަަގަކަށް ހުށަހެޅީ އަކަފޫޓެއް 6،000ރ. އެންމެ މަތީ އަގަކީ އަކަފޫޓެއް 10 މިލިއަން ރުފިޔާ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy