ހުޅުމާލެ ޓްރެފިކް: އެމީހަކާ އެމީހެއް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް އާންމުވަމުންދާއިރު، ނުރައްކާތެރިކޮށް ދުއްވުމާއި ދުއްވާފައިދާ ވެހިކަލްތަކަށް ޖާގަ ނުލިބޭ ގޮތަށް ޕާކްކުރުން ވަނީ ހައްދުން ނައްޓާފައި. ހާއްސަކޮށް ހުޅުމާލެ 2 ގައި ނުރައްކާތެރި އެކްސިޑެންޓުތައް އާންމު ސަރަހައްދެއް ކަމަށްވާ ވިނަރެސް ކައިރިން ހިތިގަސް މަގަކީ ވަރަށް ހަނިމަގެއް ކަމަށް ވިޔަސް ހަތަރުފުރޮޅުލީ ވެހިކަލްތައް ގަވާއިދާ ހިލާފަށް ޕާކް ކުރުން ހުއްޓުވަން އެއްވެސް މަސައްކަތެއް ފުލުހުންނަށް ނުކުރެވޭ. އެ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް ނުވަ އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ދޭއްްގެ ހިތިގަސްމަގުގެ މެދުން މީހަކު ހުރަސްކުރަން މަސައްކަތް ކުރަނީ: މި ސަރަހައްދުގައި ހަތަރުފުރޮޅުލީ އުޅަނދުތައް ޕާކް ކުރުމުގައި ހަމައެއްލަމައެއް ނެތް އިރު މަގު ހުރަސްކުރާ ބައެއް މީހުންގެ ފަރުވާކުޑަކަން ވެސް އިންތިހާ އަށް ބޮޑު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭގައި އެއް ލޭނަކުން ދެ ބަސް ދަތުރުކުރަނީ: ބޮޑެތި ބަސްތައް ދަތުރުކުރާ މަގުތަކުގެ ދެ ފަރާތުގައި ކާރުތައް ޕާކް ކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި، އާންމު އުނދަގުލަކަށް ވަނީ ވެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ދޭއްގައި ހުންނަ ސަލާހުއްދީން ސްކޫލް ސަރަހައްދުގައި ކާރުތައް މަޑުކޮށްގެން: މަގު މެދަށް މަޑުކޮށްގެން ޓެކްސީތަކަށް މީހުން އެރުވުން ވެސް ހުޅުމާލޭގައި ވަނީ އާންމުވެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ފްލެޓް ސަރަހައްދު ޓްރެފިކް ބާރު ބޮޑުވެފައި: މި ސަރަހައްދުގައި ފްލެޓްތަކަށް ވަންނަ ދޮރު މަތީގައި ވެހިކަލްތައް މަޑުކޮށްގެން ތިބުމުގެ ސަބަބުން، ހިނގައިބިނގާވެ އުޅޭ މީހުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ދޭއްގެ ނިރޮޅުމަގުގެ ދެ ފަރާތުގައި ކާރުތައް ޕާކް ކޮއްފައި: މި މަގުގެ ދެ ލޭނުން ދުއްވޭ ގޮތަށް ހަދާފައިވާއިރު، ކާރުތައް ޕާކް ކޮށްފައި ހުރުމުން ބަސްތައް ދަތުރު ކުރަން ވެސް ދަތިވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަގުގެ އަރިމަތީގައި ޕާކްކޮށްފައި އޮތް ކާރެއް، މަގާ ވީ ފަޅިއަށް ދޮރު ހުޅުވާލައިގެން މީހަކު ކާރު ސާފުކުރަން މަސައްކަތް ކުރާއިރު، އެ ސަރަހައްދުން ސައިކަލްތަކެއްގައި ބަޔަކު ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނިރޮޅުމަގުގައި ހުންނަ ބުރު ސަރަހައްދުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ދޭއްގެ ނިރޮޅުމަގުން ވެހިކަލަތައް ދަތުރުކުރަނީ: މި މަގު ދެ ފަރާތުގައި ކާރުތައް ޕާކްކޮށްފައި ހުރުމުގެ ސަބަބުން އެއް ލޭނުން ދަތުރު ނުކުރެވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބިދޭސީ މީހަކު ބެޓެރީ ސައިލެއްގައި ގިނަ އަދަދެއްގެ މުދާ އަރުވައިގެން ދަނީ: މި ގޮތަށް ސައިކަލްގައި މުދާ އުފުލައިގެން ދަތުރު ކުރުމަކީ މަނާކަމެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަގުގެ އެއް ލޭނުގައި އަދި ޕޭވްމަންޓު މަތީގައި ގަވައިދާ ހިލާފަށް ކާރު ޕާކްކޮށްފައި: ހުޅުމާލޭގެ ޓްރެފިކް ކަންކަން ބޮއްސުންލައި، އާންމު އުނދަގުލަކަށް ވަނީ ވެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގެ ހިތިގަސް މަގުގައި ހުންނަ ބަސް ހުއްޓިއަށް ދެ ބަސް ހުއްޓާލައިގެން: ހުޅުމާލެ ދޭއްގެ މަގުތައް ހަނިވުމުގެ ސަބަބުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ކުރިމަތިވާ ކަމުގެ ޝަކުވާ ކުރޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވިނަރެސް ފްލެޓް ސަރަހައްދަށް ޓެކްސީތަކުން މީހުން ފޭބުމަށް ހާއްސަ ސަރަހައްދުގައި ކާރެއް މަޑުކޮށްލައިގެން: ބައެއް ކާރުތަކުން މީހުން އަރުވައި ބޭލުމަށް މަޑުކުރާގޮތުން ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ދޭއްގެ ހިތިގަސް މަގު: މި މަގުން ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ވަނީ ނިޔާވެފައިވާއިރު މިއީ އެކްސިޑެންޓުތައް ހިނގުން އާންމު މަގެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މީހުން ހިނގައިބިނގާވެ އުޅުމަށް ހާއްސަ ކޮށްފައިވާ ޕޭވްމަންޓު މަތީގައި ގަވައިދާ ހިލާފަށް ކާރުތައް ޕާކްކޮށްފައި: ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކުރުން ހުއްޓުވަން އެއްވެސް މަސައްކަތެއް ފުލުހުންނަށް ނުކުރެވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ދެއަކުން އެމްޓީސީސީ ބަހަކާއި އެހެން ވެހިކަލްތަކެއް ހުޅުމާލެ އެކަކަށް ފައިބަނީ: ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް އާންމުވަމުންދާއިރު، ނުރައްކާތެރިކޮށް ދުއްވުމާއި ދުއްވާފައިދާ ވެހިކަލްތަކަށް ޖާގަ ނުލިބޭ ގޮތަށް ޕާކްކުރުން ވަނީ ހައްދުން ނައްޓާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ހޮސްޕިޓަލް ކައިރީގައި އޮންނަ މަގުން މީހުން ހުރަސްކުރަން ހާއްސަ ކޮށްފައިވާ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ މީހަކު މަގު ހުރަސް ކުރަނީ: އަލަށް އަމަލުކުރަން ފެށި ގާނޫނުން، ގަވައިދާ ހިލާފަށް މަގު ހުރަސް ކުރާ މީހުން ވެސް ޖޫރިމަނާ ކުރެވޭނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ފްލެޓް ސަރަހައްދު ޕޭވްމަންޓުމަތީގައި ސައިކަލްތައް ގަވައިދާ ހިލާފަށް ޕާކްކޮށްފައި: ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކުރުން ހުއްޓުވަން އެއްވެސް މަސައްކަތެއް ފުލުހުންނަށް ނުކުރެވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ އެމްޕީއެލް ޕޯޓް ސަރަހައްދުން ވެހިކަލްތައް ދަތުރުކުރަމުން ދަނިކޮށް މީހަކު މަގު ހުރަސްކުރަނީ: ގަވައިދާ ހިލާފަށް މަގު ހުރަސް ކުރާ މީހުންވެސް މިހާރު ޖޫރިމަނާ ކުރާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ހޮސްޕިޓަލް ކައިރިން ބަޔަކު ކާރަކަށް އަރަނީ: ބައެއް ކާރުތަކުން މީހުން އަރުވައި ބޭލުމަށް މަޑުކުރާ ގޮތުން ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަގުގެ އަރިމަތީގައި ގަވައިދާ ހިލާފަށް ކާރުތައް ޕާކުކޮއްފަ: މާލޭ ސަރަހައްދުގައި ވެހިކަލްތައް ގިނަވެ، ޕާކްކުރުމުގެ ދަތިތަކާ ކުރިމަތިވެފަ ވާއިރު، ގަވައިދާ ހިލާފަށް ޕާކް ޕާކްކުރާ ވެހިކަލްތަކުގެ ސަބަބުން ވެހިކަލްތަކަށް ޖާގަ ނުލިބޭ ގޮތަށް ޕާކްކުރުން ވަނީ ހައްދުން ނައްޓާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަގުގެ އަރިމަތީގައި ގަވާއިދާ ހިލާފަށް ވެހިކަލްތައް ޕާކުކޮށްފައި: ހުޅުމާލޭގެ މަގުތަކުގެ ދެ ފަރާތުގައި ޕާކްކުރުން އާންމުވެފައި ވިޔަސް އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކަށް ހާއްސަކޮށް ފުލުހުންނަށް ކުރެވޭ އެއްވެސް ކަމެެއް ނެތް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު