ފޮޓޯގެލަރީ / ހުޅުމާލޭ ދެ ވަނަ ފިޔަވަހި

ހިޔާ ފްލެޓް ސަރަހައްދު ކުނިން ފުރެނީ

ފަޔާޒް މޫސާ

11 އެޕްރީލް 2022

ހުޅުމާލެ ފޭސް ދޭ - އޭޕްރީލް 11، 2022: ހިޔާ ފްލެޓް ސަރަހައްދަށް އުކާލާ ގާކުނޑި އާއި އެހެނިހެން ކުނިތައް ނެގުން މާޗް މަހުގެ ފަހުން އެޗްޑީސީން ހުއްޓައިލުމުން، މިހާރު އެ ކުނިތައް އުކާލަން ޖެހޭނީ ވެމްކޯ އިން ކަނޑައަޅާ ތަނަކަށް. ނަމަވެސް އެ ކުނި އުކާނުލާ އެ ސަރަހައްދަށް އަދިވެސް ދަނީ ޖަމާކުރަމުން. ރޯދަމަހާއެކު، އުފެދޭ އަވަހަށް ކުނިވާ ޒާތުގެ ކުނިތައް ވެމްކޯ އިން ބަހައްޓާފައި ހުރި ޑަސްބިންތަކަށް ނާޅައި، ގާކުނޑި ޖަމާކުރާ ސަރަހައްދަށް އަޅާތީ އެ ސަރަހައްދުގެ ނުސާފުކަން ދަނީ ބޮޑުވަމުން. އޭގެ ސަބަބުން އެ ސަރަހައްދުން ކުނިވަސް ދުވުމާއި މެހީގެ އުނދަގޫ ވަރަށް ބޮޑު.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ހިޔާ ފްލެޓް ސަރަހައްދުން ދުއްވާފައި ދާ އެެއްޗިއްސަށް އުނދަގޫވާ ވަރަށް ކުނިތައް ބޭރަށް އުކާލާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ގާކުނޑި އާއި އެހެނިހެން ކުނިތައް އުކާލާ ސަރަހައްދުގައި ދެ މީހަކު ހަރަކާތްތެރިވަނީ: އަވަހަށް ކުނިވާ ޒާތުގެ ކުނި މި ތަަނަށް އުކާލުން ވަނީ އާންމުވެފައި. އޭގެ ސަބަބުން މުޅި ސަރަހައްދުން ނުބައި ވަސް ދުވުން އަދި މެހީ އުނދަގޫ ވަރަށް ބޮޑު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގާކުނޑި އާއި އެހެނިހެން ކުނިތައް އުކާލަން ހާއްސަ ކޮށްފައިވާ ސަރަހައްދުން މީހަކު އެއްޗެއް ހިފައިގެން ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޗް 1 އަދި 2 ވަނަ ޓަވަރުގެ މެދަށް ޖަމާކޮށްފައި ހުރި ކުނިތަކެއްގެ ކައިރީގައި އެ ސަރަހައްދުގެ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓާ މީހަކު މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިޔާ ފްލެޓް ސަރަހަދަށް ޖަމާކޮށްފައި ހުރި ކުނިތަކެއްގެ ކައިރިން މީހަކު ޓްރޮލީއަކަށް އެއްޗެއް އަރުވައިގެން ދަނީ: ކުނި އުކާލުމުގައި އެއްވެސް ހަމައެއްލަމައެއް ނެތުމުން މި ސަރަހައްދުގެ ނުސާފުތާހިރުކަން ވަރަށް ބޮޑު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޗް 13 ވަނަ ފްލެޓްގެ ބިއްދޮށުގައި ހުންނަ އެންޓަނާ ކައިރީގައި ހުރި ވަޅުގަނޑަކަށް ކުނި އަޅައި ފުރާލާފައި: ހިޔާ ފްލެޓްގައި ދިރިއުޅޭ ބައެއް މީހުންގެ މިފަދަ އަމަލުތަކާ ހެދި މުޅި އެ ސަރަހައްދުގެ ނުސާފުތާހިރުކަން ބޮޑު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެޗް 13 އަދި 14 ވަނަ ފްލެޓްތަކުގެ ފަހަތަށް ޖަމާކޮށްފައިވާ ގާކުނޑި އާއި އެހެނިހެން ކުނިތައް: މި ކުނިތަކުގެ ތެރެއަށް އަވަހާ ކުނިވާ ޒާތުގެ ކުނި އެޅުން ވެސް ވަނީ އާންމުވެފައި. އެކަމުގެ ސަބަބުން މެހީގެ އުނދަގޫ ދަނީ ފޯރަމުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިޔާ ފްލެޓް ސަރަހައްދުގައި މީހުން އަމިއްލަ އަށް ވިޔަފާރިކުރަން ހަދާފައި ހުރި ތަންތަނާނގެ ކައިރި އަށް އުކާލާފައި ހުރި، ބޭނުން ކުރެވޭނެ ޒާތުގެ އެއްޗެހި އެއްކޮއްފައި: މި ފަދަ ކަންކަމުގެ ސަބަބުން މުޅި ހިޔާ ފްލެޓް ސަރަހައްދު ވަނީ ކުނި ގޮނޑަކަށް ވެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ ޑަސްބިންތަކަށް މީހަކު ކުނި އުކާލާއިރު، މުޅި އެ ސަރަހައްދު ކުނިން ފުރިފައި. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޗް 12 ވަނަ ފްލެޓް ސަރަހައްދުގައި ހުރި ވެމްކޯގެ ޑަސްބިންތައް ކައިރި އަށް ގާކުނޑި އާއި އެހެނިހެން ކުނިތައް އަޅާފައި. މީހުންގެ ފަރުވާކުޑަކަން އިންތިހާ އަށް ބޮޑު.--- ފޮޓޯ: ފަޔާޒު މޫސާ | މިހަރު

ގާކުނޑި އާއި އެހެނިހެން ކުނިތައް އުކާލާ ސަރަހައްދަށް، އަވަހަށް ކުނިވާ ޒާތުގެ ކުނިތައް އުކާފައި ހުރިއިރު، މި ސަރަހައްދުތަކުގައި ކުނި އަޅާ ޑަސްބިންތައް ވެސް ވެމްކޯ އިން ބަހައްޓާފައި ހުރޭ. އެކަމަކު ބައެއް މީހުން އޭގެ ބޭނުމެއް ނުހިފާ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިޔާ ފްލެޓް ސަރައްދުގެ މައި މަގާދިމާލަަށް ކުނި ޖަމާކޮށްފައި: ކުނީގެ ސަބަބުން އެ ސަރަަހައްދުގައިގައި މެހީގެ އުނދަގޫ ދަނީ ކުރިމަތިވަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy