ފަޔާޒް މޫސާ
19 މެއި 2022
ހިޔާ ޓަވަރުތަކުގެ ފިނިޝިން މަސައްކަތް ފެށުމާއެކު އެ ޓަވަރުތަކުގެ ބޭރުގައި ވިޔަފާރިކުރަމުން އައީ ހެދިކާގެ އެކި ބާވަތްތައް، މޭޒާއި ޕިކަޕުތަކުގައި އަތުރައިގެންނެވެ. އެކަމަކު އެއަށް ވުރެން ފުޅާކޮށް، ފިލައިން ތަންތަން ހަދައިގެން އެކި ބާވަތްތަކުގެ މުދާ ވަނީ ވިއްކަން ފަށައިފަ އެވެ. ކެފޭތަކުގައި ހުންނަ ސްޓައިލަށް އެތަނުގައި ތިބެގެން މީހުންނަށް ކައިބޮއެ ހެދޭނެ ގޮތަށް މޭޒާއި ގޮނޑި ވެސް ބަހައްޓައިގެންގަވާއިދާ ހިލާފަށް ދަނީ ހިދުމަތް ދެމުންނެވެ، ކާބޯތަކެތީގެ ހިދުމަތް ދިނުން ހުއްޓާލުމަށް އެޗްޑީސީން އެންގުމުންވެސް އެކަން ނުހުޓުމުން މިއަދު ވަނީ އެތަންތަން ނަގާ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ކާބޯތަކެތީގެ ވިޔަފާރި ކުރަމުންގެދިޔަ ގާޑިޔާ ސްޓޯލެއް ހަލާކުކޮއްލަނީ: އެޗްޑީސީން ދިން މުއްދަތު ހަމަވިއިރު ވެސް އެތަންތަން ނަގާފައިނުވޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ޓަވަރުތަކިގެ ތިރީގައި ހިދުމަތްދެމުންދިޔަ ފުޓް ސްޓޯލެއްގައި މީހަކު އިށީންދެލައިގެން: މި ތަންތަން ނެގުމުގެ މަސައްކަތް އެޗްޑީސީން ވަނީ މިއަދު ފަށާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ޓަވަރުތަކުގެ ތިރީގައި ކާބޯތަކެތީގެ ހިދުމަތް ދިނުން ހުއްޓާލުމަށް އެޗްޑީސީން ދިން މުއްދަތު ހަމަވިއިރު ވެސް އެތަންތަން ނަގާފައިނުވާތީ އެތަންތަން ނަގުމުގެ މަސައްކަތް ކުރަނީ: މި ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ނުހުންނަކަމުގެ ޝަކުވާ ދަނީ ލިބެމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ޓަވަރުތަކުގެ ތިރީގައި ކާބޯތަކެތީގެ ހިދުމަތް ދިނުން ހުއްޓާލުމަށް އެޗްޑީސީން ދިން މުއްދަތު ހަމަވިއިރު ވެސް އެތަންތަން ނަގާފައިނުވާތީ އެތަންތަން ނަގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގަވައިދާ ހިލާފަށް ހިންގަމުންގެންދިޔަ ގާޑިޔާތައް އެޗްޑީސީގެ ފަރާތުން ނެގުމުގެ މަސައްކަތްކުރަނީ: އެޗްޑީސީގެ ފަރާތުން މި ގޮތައް ވިޔަފާރިނުކުރަން ކުރިން ވަނީ އަންގާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގަވައިދާ ހިލާފަށް ހިޔާ ސަރަހައްދުގައި ވިޔަފާރިކުރަމުންގެންދިޔަ ގާޑިޔާތައް ނަގަނީ: މި ތަންތަނުގެ ސަބަބުން މި ސަރަހައްދު ވަނީ ކުނި ގިނަވެ ސާފުތާހިރުކަން ގެއްލިފަ -- ފޮޓޯ: ފަޔާޒު މޫސަ | މިހާރު
ޓަވަރުތަކުގެ ބޭރުގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުން ގެންދިއަ ގާޑިޔާތައް އެޗްޑީސީގެ ފަރާތުން އެކްސްކަވޭޑަރަކުން ނަގަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޓަވަރުތަކުގެ ބޭރުގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުން ގެންދިއަ ގާޑިޔާތައް އެޗްޑީސީގެ ފަރާތުން އެކްސްކަވޭޑަރަކުން ނަގަނީ: މިކަހަލަ ބައެއްތަންތަން ބޭނުން ނުކޮށް ކުނީގެ ގޮތުގައި ބަހައްޓާފަވެސް ހުރި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ޓަވަރު ސަރަހައްދުގެ ވެލިމަގުގައި ކެފޭ ސްޓައިލަށް ހިދުމަތްދެމުން ދިޔަ ގާޑިޔާތައް ހަދާފައިވާ ފިލުޔާ ދަގަނޑުގެ ބާވަތްތައް އެކްސްކަވޭޑަރަކުން ޕިިކަޕަކަށް އަރުވައިރު، އެޗްޑީސީގެ މީހުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2024 Mihaaru · Terms and Conditions · Privacy Policy