ފޮޓޯގެލަރީ / ސްޓެލްކޯ

ސްޓެލްކޯގެ ފްލެޓްތަކުގެ މަންޒަރުތައް

ފަޔާޒް މޫސާ

8 މެއި 2022

ހުޅުމާލެ- މޭ 8، 2022: ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ޓަވަރުގެ މަސައްކަތްތައް ގާތްގަނޑަކަށް ވަނީ ނިމިފައި. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގައި މިހާރު ކުރިއަށް ގެންދަނީ އެންމެ ފަހުގެ ކުދިކުދި މަސައްކަތްތައް. އެޕާޓްމަންޓްތައް ދޫނުކުރެވި މިހާރު ލަސްވާ މައިގަނޑު ސަބަބަކީ ފެނާއި ކަރަންޓުގެ ކަންކަން ނުނިމުން. އެ ކަންކަން ކުރަނީ އެޗްޑީސީ މެދުވެރިކޮށް. ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް އިމާރާތް ކޮށްފައިވާއިރު އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެއް. ކޮންމެ ޓަވަރަކު ހަތަރު ލިފްޓް ހުންނާނެ. ކުނި އުކުމަށް ގާބޭޖް ޝޫޓެއް ވެސް ބަހައްޓާނެ.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ފްލެޓް ޓަވަރު: މި ތަނުގައި 360 ފްލެޓް އިމާރާތް ކޮށްފައިވޭ. އެއީ، އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ފްލެޓް ޓަވަރު: މި ތަނުގައި ޖުމްލަ 360 ފްލެޓް ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުގެ ފްލެޓަކަށް ދިރިއުޅުން ބަދަލުކުރަން ތައްޔާރުވެފައިވާ ދެމަފިރިއަކު އެ މީހުންގެ ފްލެޓް ބޭރުން ބަލާލަނީ: ފްލެޓަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭތާ ދުވަސްތަކެއް ވެއްޖެ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ ފްލެޓަކަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައިވާ ޒުވާން އަންހެނަކު، ފްލެޓެއްގެ ކުޑަދޮރުން ބޭރު ބަލައިލަނީ: މި ޒުވާނާގެ ދިރިއުޅުމަށް ވެސް މި އެޕާޓްމަންޓްތަކާއެކު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބުނޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓެއްގެ ފާހާނާއެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ކޮޓަރިއެއް: މި ތަނުގައި އެއް ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހުންނާނެ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައި ހުރި ފްލެޓެއްގެ ކުޑަދޮރަކުން ބޭރު ފެންނަ ގޮތް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ ފްލެޓެއްގެ ބެލްކަނިން ބޭރު ފެންނަ ގޮތް: ސްޓެލްކޯގެ ދެ ޓަވަރުގެ އެޕާޓްމަންޓްތަކުގެ ވެސް ވެންޓިލޭޝަން ވަރަށް ސަޅި. ފިނިޝިން އާއި އެހެނިހެން ކަންކަން ވެސް ވަރަށް ފުރިހަމަކަން ފާހަގަކުރެވޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ ފްލެޓްތަކުގެ މަސައްކަތްކުރާ ޗައިނާގެ ކުންފުނީގެ މުވައްޒަފަކު ފްލެޓެއްގެ ބެލްކަނިން ބޭރު ބަލައިލަނީ: މި ތަންތަނުން ބޭރުގެ މަންޒަރުތައް ވަރަށް ސާފުކޮށް ފެނޭ. އަދި ވެންޓިލޭޝަން ވަރަށް ސަޅި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ އެޕާޓްމަންޓް ބިލްޑިންގްގެ ބައެއް މީހަކު ބަލަނީ: އެ ތަންތަން ލިބުނު މީހުން އިންތިޒާރުގައި ތިބޭތާ ވަރަށް ދުވަސް ވެއްޖެ. މިހާރު ލަސްވާ ސަބަބަކީ ފެނާއި ކަރަންޓުގެ ކަންކަން ކޮޅެއްގައި ނުޖެހޭތީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ ފްލެޓްތަކުގެ އެޕާޓްމަންޓްއެއްގެ ބަދިގެ ސަރަހައްދު: ބައެއް އެޕާޓްމަންޓްތަކުގެ ބަދިގެ ފަޅީގެ ވެންޓިލޭޝަން ވަރަށް ރަނގަޅު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އެޕާޓްމަންޓެއް: މި ތަންތަން ހަދާފައިވަނީ ވެންޓިލޭޝަނަށް ވަރަށް ބޮޑަށް ވިސްނައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ މުވައްޒަފުންގެ ފްލެޓްގެ އެޕާޓްމެންޓެއް، އެ ކުންފުނީގެ ބަޔަކު ބަލަނީ: އެ ތަނުގައި 360 އެޕާޓްމަންޓު ހުރޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންގެ ޓަވަރުގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ހަރަކާތްތެރިވަނީ: ކޮންޓްރެކްޓަރުގެ ފަރާތުން ކުރަންޖެހޭ ކުދިކުދި މަސައްކަތްތައް ވެސް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ސްޓެލްކޯ އިން ބުނޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ދެ ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ ކޮރިޑޯއެއް: މި ފްލެޓްތަކުގެ އެޕާޓްމެންޓުތަކުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި. ހަމައެކަނި ކުރަން އޮތް އެންމެ ބޮޑު ކަމަކީ ފެނާއި ކަރަންޓުގެ މަސައްކަތްތައް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ ފްލެޓްތަކުގެ ލިފްޓުތައް: ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް ހުރޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށް ހާއްސަ ކޮށްފައިވާ ފުރަތަމަ ފްލޯ: ދެ ޓަވަރުގައި ވެސް ގްރައުންޑާއި ފުރަތަމަ ފްލޯ ހާއްސަކުރީ ޕާކްކުރުމަށް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ސްޓެލްކޯގެ ޓަވަރުތަކުގެ ބޭރުގައި ކޮންޓްރެކްޓަރު އަދި ސްޓެލްކޯގެ ބައެއް މުވައްޒަފުން މަޑުކޮށްލައިގެން: މިއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓް ހިމެނޭ ފްލެޓްތަކެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ކޮންޓްރެކްޓަރުގެ މުވައްޒަފަކު ބޭރުގައި މަޑުކޮށްލައިގެން: މި ފެލްޓްތަކުގެ ހުރިހާ މަސައްކަތްތަކެއް ގާތްގަނޑަކަށް ވަނީ ނިމިފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ދޫނުކުރެވި ލަސްވާ މައިގަނޑު ސަބަބަކީ ފެނާއި ކަރަންޓުގެ މަސައްކަތް ނުނިމުން. ނަމަވެސް އެ ކަން ނިންމުން އަވަސް ކުރުމަކީ އެޗްޑީސީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ ފްލެޓެއްގެ ދޮރުގައި ތަޅުދަނޑި ޖަހާފައިވާއިރު، މީހަކު މަޑުކޮށްލައިގެން. މި ފްލެޓްތަކުގެ ތަޅުދަނޑި ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭތާ ދުވަސްތަކެއް ވެއްޖެ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސްޓެލްކޯގެ ފްލެޓަކަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައިވާ ޒުވާން އަންހެނަކު، އެ ފްލެޓްގެ ކޮޓަރިއެއްގެ ތެރޭގައި މަޑުކޮށްލައިގެން ހުރެ ވިސްނާލަނީ: މި ތަނަށް ވަދެވޭނެ ދުވަހަކީ އޭނާގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހަކަށް ވާނެ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy