ފޮޓޯގެލަރީ / ސްޓެލްކޯ

ސްޓެލްކޯގެ ފްލެޓްތައް ހަވާލުކުރުން

ފަޔާޒް މޫސާ

6 އޯގަސްޓް 2022

ޗައިނާގެ ރޯޓައިމްސް ކުންފުންޏާ ހަވާލު ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ސްޓެލްކޯގެ 360 ފްލެޓް އެ ކުންފުނީގެ މުވައްޒަފުންނާ ވަނީ ހަވާލުކޮއްފައެވެ. މިއަދު އެ ފްލެޓްތައް ހުންނަ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މުވައްޒަފުންނާ ރަމްޒީ ގޮތުން ތަޅުދަނޑި ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުއެވެ. އަދި މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއެވެ. 696 މިލިއަން ރުފިޔާ ހަރަދުކޮއްގެން ހެދި މި ފްލެޓްތަކުން އެ ކުންފުނީގެ މުވައްޒަފުންގެ އަތުން ނަގާނީ ޖުމުލަ 623 މިލިއަން ރުފިޔާއެވެ ފްލެޓްތަކުގެ އަގު ދެއްކުމުގެ މުއްދަތަކީ 18 އަހަރެވެ -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ 360 ފްލެޓްގެ މަސައްކަތް ނިންމާ ފްލެޓްތައް ރަސްމީކޮށް ސްޓެލްކޯ އާ ހަވާލުކުރަނީ: ރަމްޒީ ތަޅުދަނޑިޔާ ހަވާލުވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް، މި ފްލެޓްތަކުގެ މަސައްކަތް ކޮއްދީފައިވަނީ ޗައިނާގެ ރޯޓައިމްސް ކުންފުންނިން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ 360 ފްލެޓް ލިބުނު މުއައްޒަފުން ފްލެޓްތަކުގެ ތަޅުދަނޑިޔާ ހަވާލުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ 360 ފްލެޓް އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތައްފަހު އެ ކުންފުނީގެ ބައެއް މުއައްޒަފުން ފްލެޓް ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ 360 ފްލެޓް އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ލީގަލް މެނޭޖަރު މަގާމުގައި ހުންނެވި ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ 360 ފްލެޓް އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯ މުއައްޒަފުންގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްދިން ބައެއް ބޭފުޅުންނަށް އެ ކުންފުނީގެ މުއައްޒަފުންގެ ފަރާތުން އަރުވާ ހާއްސަ ފިލާ އެ ކުންފުނީގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމެޓީގެ ފަރާތުން އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފަށް އަރުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަނީ. ފްލެޓުގެ ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ވަނީ ދީފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސްޓެލްކޯގެ މުވައްޒަފުންނަށް ރަމްޒީކޮށް ފްލެޓް ހަވާލުކުރަނީ. އެކުންފުނީގެ 360 މުވައްޒަފުންނަށް ފްލެޓް ދޫކޮށްފައިވޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް މުއައްޒަފުން ބައިވެރިވަނީ: 360 ފްލެޓް މުވައްޒަފުންނާ ހަވާލުކޮށްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މުއައްޒަފުން ބައިވެރި ވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ދައުވަތު ދެވިގެން ވަޑައިގެންނެވި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާ ސްޓެލްކޯގެ އިސްވެރިންގެ އިތުރުން އެ ކުންފުނީގެ މުއައްޒަފުން ބައިވެރި ވަނީ -- ފޮޓޯ:ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ ފްލެޓްތައް ހަވާލުކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާ ސްޓެލްކޯގެ ޗެއާމަން ބްރިގޭޑިޔާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ޖަލްސާ ވަދެވަޑައިގަންނަވަނި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޓެލްކޯގެ ފްލެޓްތައް ހަވާލުކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއަށް އެ ކުންފުނީގެ ފަރާތުން މަރުހަބާ ކިޔަނީ، އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2022 Mihaaru · Terms and Conditions · Privacy Policy