އިސްކަންދަރު ފެއާ 2023
މާލެ - މާޗް 2، 2023: ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އިސްކަންދަރު ފެއާ ފެށުން. ތިން ދުވަހުގެ މުއްދަތަށް ބާއްވާ މި އަހަރުގެ ފެެއާގައި އާންމުންނަށް ބައިވެރިވެވޭނެ. ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ކުޅިވަރު ސްޓޯލްތައް ހުރިއިރު، ރޭގަނޑު ޝޯތައް ވެސް އޮންނާނެ. މި ފެއާގައި ޖުމްލަ 17 ސްޓޯލް ހުންނާނެ. ފެއާ ހުޅުއްވައި ދެއްވީ ވިލާ ކޮލެޖްގެ ރެކްޓަ ޑރ. އަހުމަދު އަންވަރު.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާ އަށް ދިޔަ ކުދިންތަކެއް މަސްބާނާ ގޭމެއްގައި ބައިވެރިވަނީ .--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގައި ގްރޭޑް ތިނެއްގެ ކުދިންތަކެއް ނެށުމުގެ ހަރަކާތެއް ހުށަހަޅައި ދެނީ: މިއީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެއާއެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރިމޯޓް ކޮންޓްރޯލް ކާރު ދުއްވާ ގޭމެއްގައި ދެ ކުއްޖަކު ބައިވެރިވެ، ކާރު ދުއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފެއާގައި ހުރި ބަޑި ޖަހާ ސްޓޯލުގައި ކުއްޖަކު އަމާޒަށް ނާފްގަން ބަޑިއަކުން ބަޑި ޖަހަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގައި ކުރިއަށް ގެންދިޔަ "ޕާލް ކަލެކްޓިން" ގޭމްގައި ކުއްޖަކު ބައިވެރިވެ، ޕާލް ހޮވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގެ ސްޓޯލެއްގައި ކުރިއަށް ގެންދިޔަ ބޮވްލިން ގޭމްގައި ކުދިންތަކެއް ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގައި ކުދިންތަކެއް ފޮޓޯ ދިމާކުރަންޖެހޭ ހަރަކާތެއްގައި ބައިވެރިވަނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އެއްވައްތަރު ފޮޓޯ ދިމާކުރަން ޖެހޭ ގޭމެއްގައި ކުއްޖަކު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގެ ސްޓޯލެއްގައި އެ ސްކޫލްގެ ކުއްޖެއްގެ ބެލެނިވެރިއަކު ގޭމް ހަރަކާތެއްގައި ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގައި އެ ސްކޫލްގެ ކުދިންތަކެއް ސްޓޭޖް ހަރަކާތެއް ހުށަހަޅަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފެއާއަށް ދިޔަ ކުދިންތަކެއް، ހޯލްގައި ބަހައްޓާފައިވާ ގާޑިޔަލެއްގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގެ ސްޓޯލެއްގައި ކުއްޖަކު ގޭމް ކުޅެނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގައި ވިލާ ކޮލެޖުން ހަދާފައިވާ ސްޓޯލްގައި، ރިމޯޓް ކޮންޓްރޯލް ކާރެއް ބޭނުންކުރަން ބަހައްޓާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާގައި ހަދާފައިވާ ޑާކްރޫމް ސްޓޯލެއް: މި ފެއާގައި 17 ސްޓޯލް ހުންނާނެ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ރެކްޓަ ޑރ. އަހުމަދު އަންވަރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާ ރަސްމީކޮށް ވިލާ ކޮލެޖްގެ ރެކްޓަ އަހުމަދު އަންވަރު ހުޅުއްވައި ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ފެއާ 2023 ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ކުއްޖަކު ގުރުއާން ކިޔަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ސްކޫލްގެ ކުދިންގެ ބައެއް ބެލެނިވެރިން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްކަންދަރު ސްކޫލްގެ ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ވިލާ ކޮލެޖްގެ ރެކްޓަ ޑރ. އަހުމަދު އަންވަރު އެ ސްކޫލަށް ވަޑައިގަތުމުން ދަރިވަރަކު މާ ބޮނޑިއެއް އަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު