ރާއްޖެ އިން ހައްޖަށް ދާ މީހުން ފުރަން ފެށުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ޖޫން 12، 2023: މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރުން: ރާއްޖެ އިން މި ފަހަރު 1،000 މީހުން ހައްޖަށް ދާއިރު، ސައުދީ އެއާލައިންސުން މިއަދު ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 294 މީހުން. ހައްޖަށް ދާ މީހުންނަށް އަލްވަދާއު ކިޔުމަށް އެ މީހުންގެ އާއިލާތަކާއި ރައްޓެހިންގެ ގިނަ ބަޔަކު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ. އަދި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން މިއަދު ފުރާ މީހުންނާ ސަލާމް ކުރައްވައި ހާލު ބެއްލެވި. އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހަރު ހައްޖަށް ދާ މީހުން ފުރަން ހަމަޖެހިފައި ވަނީ ހަ ފްލައިޓަކުން ކަމށް. އެ ފްލައިޓްތައް ބާއްވަނީ މިއަދުގެ އިތުރުން މި މަހުގެ 13، 15، 16 އަދި 19 ވަނަ ދުވަހު. ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގެ ބަޔަކު ފުރުމަށްޓަކައި މިއަދު ޓާމިނަލަށް ވަންނަމުން އާއިލާގެ މީހުންނާ ސަލާމް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގެ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން އޭނާގެ އާއިލާ މީހަކާ ސަލާމްކުރަނީ: މިއަދު ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 294 މީހުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން އޭނާގެ އާއިލާ މީހަކާ ސަލާމް ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން ކުޑަކުއްޖެއްގެ ގައިގައި ބައްދާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގެ ބަޔަކު ފުރުމަށްޓަކައި މިއަދު ޓާމިނަލަށް ވަންނަނީ: މި އަހަރު ރާއްޖެ އިން 1،000 މީހުން ހައްޖަށް ދާއިރު، ސައޫދީ އެއާލައިންސުން މިއަދު ފުރީ އޭގެ ތެރެއިން 294 މީހުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން އޭނާގެ އާއިލާ މީހުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން އޭނާގެ އާއިލާ ކުއްޖެއްގެ ގައިގައި ބައްދާލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގެ ބައެއް މީހުން މިއަދުގެ މެންދުރު ނަމާދުކުރުމަށް ފަހު ފުރާ ޓާމިނަލަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދެ މީހަކު ކުޑަކުއްޖަކު ގޮވައިގެން ފުރާ ޓާމިނަލާ ދިމާލަށް ދަނީ .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހެއްގެ ފާސް އޭނާގެ އާއިލާގެ މީހަކު ރަނގަޅު ކޮށްދެނީ: މިއަދު ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 294 މީހުން. .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ބައެއް މީހުން، އާއިލާގެ ބައެއް މީހުންނާ އެކު ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި: މި ފަހަރު ހައްޖަށް ދާ މީހުން ފުރަން ހަމަޖެހިފައި ހަ ފްލައިޓަކުން، މިއަދުގެ އިތުރުން މި މަހުގެ 13، 15، 16 އަދި 19 ވަނަ ދުވަހު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގެ މީހުން މިއަދު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މެންދުރު ނަމާދު ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގެ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހެއްގެ ފާސް އޭނާގެ އާއިލާގެ މީހަކު ރަނގަޅު ކޮށްދެނީ: މިއަދު ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 294 މީހުން. .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި އަހަރު ރާއްޖެ އިން ހައްޖަށް ދާ ދެ މީހަކު ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: މިއަދުގެ ފްލައިޓުން 294 މީހަކު ފުރި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގެ ބަޔަކު ފުރުމަށްޓަކައި މިއަދު ޓާމިނަލަށް ވަންނަނީ: މި އަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށް ދާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖެ އިން ހައްޖަށް ދާ ދެ މީހަކު މިއަދު ފުރުމުގެ ކުރިން، އެ މީހުންގެ އާއިލާގެ ތުއްތު ކުއްޖެއްގެ ގައިގައި ބައްދާލައި ލޯބިކޮށްލަނީ: މި އަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށް ދާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު