ސާފް ޗެމްޕިއަންޝިޕް 2023: އިންޑިއާ - ނޭޕާލް
ބެންގަލޫރު - ޖޫން 24، 2023: ވާދަވެރި ކުޅުމަކަށް ފަހު، ދެވަނަ ހާފުގައި ޖެހި ގޯލުތަކުން 2-0 އިން ނޭޕާލް ބަލިކޮށް އިންޑިއާ، ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްކުރުން. މި މޮޅާ އެކު އިންޑިއާ އާއި ކުވެއިތު ވެސް ވަނީ ގުރޫޕް އޭ އިން ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ. އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި ރެފްރީކަން ކުރީ އޭއެފްސީ އެލީޓް ރެފްރީ، ރާއްޖޭގެ ހުސެއިން ސިނާން އެވެ. އަދި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރޮނގު ބެލެހެއްޓީ އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީ، ރާއްޖޭގެ ހަސަން އަހުމަދު. 61 ވަނަ މިނެޓުގައި އިންޑިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮއްދިނީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ. މިއީ ޗެތުރީ ގައުމީ ޓީމަށް ޖަހައިދިން 91 ވަނަ ގޯލް. ސާފް ޗެމްޕިއަންޝިޕްގައި އޭނާ ކާމިޔާބު ކުރި 22 ވަނަ ގޯލް. މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިފައި ވަނީ ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ވާދަވެރި ކުޅުމަކަށް ފަހު، ދެވަނަ ހާފުގައި ޖެހި ގޯލުތަކުން 2-0 އިން ނޭޕާލް ބަލިކޮށް އިންޑިއާ، ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރި މެޗަށްފަހު އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން އަތްޖަހަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގޯލް ކުރިމަށްޗަށް ހުރަސްކޮއްލި ބޯޅައެއް ގޯލައަށް ފޮނުވާލަން އިންޑިއާކުޅުންތެރިޔާ މަސައްކަތްކުރަނީ: އިންޑިއާ ވަނީ މުބާރާތުގެ ސެމީ ފައިނަލް ޖާގައެއް ކަށަވަރުކޮއްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޭޕާލް ކުޅުންތެރިޔާ ކައިރިން ބޯޅަ ނައްޓާލުމަށް ފަހު އިންޑިއާގެ ކުޅުންތެރިޔާ ކުރިއަށް ދެވޭތޯ މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޭޕާލް ކޮޅަށް ދެ ވަނަ ގޯލް ޖެހުމަށްފަހު އިންޑިއާގެ މަހޭޝް ސިންގް ނޯރެމް، އެ ޓީމުގެ އެހެން ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފަހު ހާފުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ނޭޕާލް ގޯލަށް ހަމަލާއެއް ފޮނުވާލަނީ: މި މެޗުގައި އޭނަ ވަނީ ގައުމީ ޓީމަށް 91ވަނަ ގޯލް ޖަހާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޭޕާލް ކުޅުންތެރިޔާ ކައިރިން ބޯޅަ ނައްޓާލުމަށް ފަހު އިންޑިއާގެ ކުޅުންތެރިޔާ ކުރިއަށް ދެވޭތޯ މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާގެ ދެވަނަ ގޯލް މަހޭޝް ސިންގް ނޯރެމް ޖެހުމާއެކު އެ ޓީމްގެ ކެޕްޓަން ހެވިފަ: ދެވަނަ ގޯލް އިންޑިއާ ޖެހުމުގައި ޗެތުރީގެ ދައުރު ބޮޑު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުތެރެއިން ހިނގި ހަމަނުޖެހުމެށް ކޮންޓްލޯކުރަން ދެ ޓީމުގެ ކުޅުންތެރިން މަސައްކަތްކުރަނީ: 2-0 ލަނޑުން އިންޑިއާ އަތުން ބަލިވުމުން ނޭޕާލް ވަނީ މުބާރާތުން ކަޓައިފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާގެ ސުނިލް ޗެތްރީ ނޭޕާލް ކުޅުންތެރިޔާ ކައިރިން ނައްޓާލަން މަސައްކަތްކުރަނީ: މި މެޗުގައި ޖެހި ގޯލާއެކު އޭނަ ވަނީ ގައުމީ ޓީމަށް 91 ވަނަ ގޯލް ޖަހައިދީފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗުގައި އިންޑިއާ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ ބްލޮކްކުރަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާގެ ހަތް ނަންބަރު ކުޅުންތެރިޔާ ކުރިއަށް ފޮނުވާލި ބޯޅަ ނޭޕާލްގެ ކުޅުންތެރިޔާ މަތަކުރެވޭތޯ މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިރޭގެ މެޗުގެ ރެފްރީކަން ކުރި ރާއްޖޭގެ އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން އަދި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރޮނގު ބެލެހެއްޓި އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީ ހަސަން އަހުމަދު މެޗުގެ ކުރިން ދެ ޓީމުގެ ކެޕްޓަނުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު