ފޮޓޯގެލަރީ / ސާފް ޗެމްޕިއަންޝިޕް 2023

ސާފް ޗެމްޕިއަންޝިޕް 2023: ގްރޫޕް އޭ ފަހު ދެ މެޗު

ފަޔާޒް މޫސާ

27 ޖޫން 2023

ބެންގަލޫރު - ޖޫން 27، 2023: ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގެ ގްރީޕް އޭ ގެ ފަހު ދެ މެޗު ވަނީ މިއަދު ކުޅެފައެވެ. ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަފް ނޭޕާލުން ވަނީ ޕާކިސްތާން 1-0 ލަނޑުން ބަލިކޮއްފަ. މެދުކެނޑުމަކަށް ފަހު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ޕާކިސްތާން ކުޅުނު ތިން މެޗުން ބަލިވީ ލަނޑެއް ވެސް ނުޖެހި. މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ވެސް މި ދެ ޓީމު ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ. ނޭޕާލުން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އާޝިޝް ޗައުދަރީ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލް. ގްރޫޕް އޭގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރީ އިންޑިއާ އާއި ކުވައިތު. މި މެޗު އިންޑިއާއިން މެޗުގެ ލީޑްނަގައިފަވަނިކޮށް ފަހަތުންއަރާ މެޗު ވަނީ އެއްވަރުކޮއްފަ. މި ދެ ޓީމަކީވެސް ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކޮއްފަވާ ދެ ޓީމް، މި ގްރޫޕުގެ އެއް ވަނަ ޓީމު ގޮތުގައި ސެމީއަށް ދަތުރުކުރީ ކުވެއިތު. ފޯރި ގަދަ މި މެޗުގައި އިންޑިއާގެ ކޯޗަށް ވަނި ރަތް ކާޑު ދައްކާފަ. އަދި މުޗުގައި ހިނގި ހަމަނުހުމަކަށްފަހު ދެ ޓީމުގެ ކުޅުންތެރިޔަކަށްވެސް ވަނީ ރަތް ކާޑު ދައްކާފަ. ސެމީ ފައިނަލްގައި އިންޑިއާ ކުޅެން ޖެހޭނީ ރާއްޖެ ހިމެނޭ ގުރޫޕް ބީގެ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށް އަދި ކުވެއިތު ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ޓީމާ ދެކޮޅަށް. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ގްރޫޕް އޭގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއާ ކުވައިތު ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ކުޅުންތެރިންވެސް ބޯޅަ ހޯދަން މަސައްކަތްކުރަނީ: މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ކުވައިތު ދަތުރުކުރި އިރު ދެ ވަނަ ޓީމުގެ ގޮތުގައި އިންޑިއާ ވަނީ ސެމީއަށް ދަތުރުކޮށްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަހަތުން އަރާ އިންޑިއާކޮޅަށް ލަނޑު ޖެހުމަށްފަހު ކުވައިތު ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗުގައި އިންޑިއާގެ ކޯޗު ކޯޗު އީގޯ ސްޓިމަކްއަށް ރަތް ކާޑު ދެއްކުމުން ރެފްރީ އާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަނީ: މީ މުބާރާތުގައި އިންޑިއާ ކޯޗަށް ދެއްކި ދެ ވަނަ ރަތްކާޑު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެ ޓީމުގެ ކުޅުންތެރިންގެ މެޗުގައި ހަމަ ނުޖެހުން ހިނގަނީ: މި މެޗުގައި ދެ ޓީމުގެވެސް ހަމަ ނުޖެހުން ހިނގި ކުޅުންތެރިޔާއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ބާލާފަ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ގްރޫޕް އޭގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއާ ކުވައިތު ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ކުޅުންތެރިންވެސް ބޯޅަ ހޯދަން މަސައްކަތްކުރަނީ: 1-1 ލަނޑުން މެޗު އެއްވަރުވުމުގެ ސަބަބުން ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކުވައިތު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގްރޫޕް އޭގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއާ ކުވައިތު ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ކުޅުންތެރިންވެސް ބޯޅަ ހޯދަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންޑިއާއިން ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބުކޮއްދިނުމަށްފަހު އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އެހެން ކުޅުންތެރިނާއެކު އުފާފާޅުކުރަނީ: މި ގޯލާއެކު ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހަދާފައިވާ ރެކޯޑާ ސުނިލް ޗެތުރީ ވަނީ ހަމަކޮށްފަ. އަޝްފާގަކީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މުޅި އެކު 23 ގޯލު ޖަހައިގެން މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުވައިތު ގޯލް ކުރިމަތިން އިންޑިއާއިން ފޮނުވާލަން މަސައްކަތްކުރާ ބޯޅަ ހޯދަން ކުވައިތު ކުޅުންތެރިން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުވައިތާ ބައްދަލުކުރި މެޗު 1-1 ލަނޑުން އެއްވަރުވުމުގެ ސަބަބުން އިންޑިއާގެ ކުޅުންތެރިން މެޗަށްފަހު ދަނޑުމަތީގައި އިށީނދެލައިގެން: ގްރީޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކުވައިތު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕާކިސްތާން އާ ނޭޕާލް ކުޅުނު މެޗުގައި ނޭޕާލް ކުޅުންތެރިޔަކު ޕާކިސްތާން ކޮޅަށް ބޮލުން ބޯޅަ ފޮނުވާލަނީ: މި ދެ ޓީމުވެސް ވަނީ މުބާރާތުން ކަޓާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ޕާކިސްތާން އާ އެންމެ ފަހުގެ ރަނަރަޕް ނޭޕާލް ބައްދަލުކުރި މެޗު: މި މެޗު ކާމިޔާބުކުރީ ނޭޕާލް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕާކިސްތާން ޓީމުން ނަގާހުރަހެށް އެ ޓީމުގެ ކުޅުންތެރިޔާ ބޮލުން ޖަހަން މަސައްކަތްކުރާއިރު ނޭޕާލް ކުޅުންތެރިޔާ ވެސް ބޯޅާއިގަ ޖެހޭތޯ މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގްރޫޕް އޭގެ ފަހު މެޗުގައި ޕާކިސްތާން 1-0 ލަނޑުން ބަލިކުރުމަށްފަހު، ނޭޕާލް ކުޅުންތެރިން އެ ޓީމުގެ ސަޕޯޓަރުންނާ ޝުކުރު އަދާކުރަށް އަތް ޖަހަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕާކިސްތާން ބަލިކުރުމަށްފަހު ނޭޕާލް ޓީމުގެ ކޯޗު އުފާފާޅުކުރަނީ، ނޭޕާލް ވަނީ ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy