ސާފް ޗެމްޕިއަންޝިޕް 2023: ކުވައިތާ އިންޑިއާ ފައިނަލަށް
ބެންގަލޫރު - ޖުލައި 1، 2023: ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގެ ސެމީ ފައިންލުގެ ދެ މެޗު ވަނީ ކުޅެ ނިންނާފަ. ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ކުޅެވުނު ފުރަތަމަ ސެމީ ފައިނަލުގައި ކުވައިތުވަނީ ބަންގްލަދޭޝް ބަލިކޮށް ފައިނަލަށް ދަތުރުކޮއްފަ. ބަންގްލަދޭޝް އިން 18 އަހަރު ފަހުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިޔުމުގެ އުންމީދުގައި ތިއްބައި ކުވެއިތުން ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގަ. މި ގޯލު އެޓީމަށް ޖަހައިދިނީ އަބްދުﷲ އަބްލޯޝީ. ކުވެއިތަކީ މިއަހަރުގެ މުބާރާތުގައި ވާދަކުރާ، ސާފް ސަރަހައްދުން ބޭރުގެ ދެ ޓީމުގެ ތެރެއިން ޓީމެއް. ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ޕެނަލްޓީ ޝޫޓްއަޓްގައި 4-2 އިން ލެބަނަންގެ މައްޗަށް ކުރި ހޯދައިގެން އިންޑިއާއިން ވެސް ވަނީ ފައިނަލަށް ދަތުރުކޮއްފަ. މީ އިންޑިއާއިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 13 ވަނަ ފަހަރު. ސުނިލް ޗެތުރީ އިންޑިއާގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ލެބަނަންގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ހަސަން މާތޫކް ފޮނުވާލުމުން އިންޑިއާގެ ކީޕަރު ގުރުޕްރީތު ސިންގް ސާންޑޫ ވަނީ މަތަކޮއްފަ ލެބްނާން އާއި އިންޑިއާ ބައްދަލުކުރި ސެމީ ފައިނަލް މެޗު ބެލުމަށް 19640 މީހުން ވަނީ ދަނޑަށް ވަދެފަ. ފައިނަލް މެޗު އޮންނާނީ ޖުލައި 4 ވާ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7 ޖަހާއިރު ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގަ -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ޕެނަލްޓީ ޝޫޓްއަުޓްގައި 4-2 އިން ލެބަނަންގެ މައްޗަށް ކުރި ހޯދުމަށް ފަހު އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗު ނިމުމަށްފަހު ދެ ޓީމުގެ ކުޅުންތެރިން ސަލާން ކުރަނީ: ފައިނަލް މެޗުގައި އިންޑިއާ ބައްދަލުކުރަން ޖެހޭނީ ކުވައިތާ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސުނިލް ޗެތުރީ މެޗަށްފަހު އެ ޓީމުގެ އޮފިޝަލެއްގައިގަ ބައްދާލަނީ: މި މެޗު ޕެނަލްޓި ޖަހައިގެން ލެބެނަން ބަލިކޮށް އިންޑިއާ ވަނީ ފައިނަލަށް ދަތުރުކޮއްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާ ކުޅުންތެރިޔަކު ފޮނުވާލާ ބޯޅަ ލެބެނަންގެ ގޯލް ކީޕަރު މަތަކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުގެ ފަހުވަގުތުގައި އިންޑިއާގެ ކުޅުންތެރިޔަކު ލެބެނަންގެ ގޯލަށް ބޮލުން ބޯޅަ ފޮނުވާލަނީ: މި މެޗު އިންޑިއާއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތްކުރާއިރު ލެބަނަންގެ ކުޅުންތެރިން ބޯޅަ ހޯދަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާއި ލެބަނަން ކުޅުނު ސެމީ ފައިނަލް މެޗު ބެލުމަށް އިންޑިއާގެ ސްޕޯޓަރަކު ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމަށް ޖަމާވެފަ. މި މެޗު ބެލުމަށް ޖުމްލަ 19640 މީހުން ވަނީ ދަނޑަށް ވަދެފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ މެޗުތެރެއިން އެ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެނީ -- ފޮޓޯ: ފަޔާޒު މުސާ | މިހާރު
އިންޑިއާއި ލެބަނަން ކުޅުނު ސެމީ ފައިނަލް މެޗު ބެލުމަށް އިންޑިއާގެ ސްޕޯޓަރަކު ބޮލުގަ އިންޑިއާ ދިދަ ރަމްޒު ކުރުވާ ފޮތިގަނޑެއް އައްސައިގެން ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލެބަނަންގެ ކުޅުންތެރިޔަކު އިންޑިއާ ގޯލައަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރާއިރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލެބަނަންގެ ހާފްތެރެއިން ލިބުނު ބޯޅައެއް ގޯލާ ދިމާލަށް ފޮނުވާލަން އިންޑިއާގެ ކުޅުންތެރިޔާ މަސައްކަތްކުރަނީ --ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ލެބަނަންގެ ހާފްތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކަށް ބޯޅަ ފޮނުވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިންޑިއާގެ ކުޅުންތެރިޔަކު ބޯޅަ ކޮންޓްެރޯލް ކުރަން މަސައްކަތްކުރަނީ: ޕެނަލްޓީ ޖަހައިގެން ލެބަނަން ބަލިކޮށް އިންޑިއާ ވަނީ ފައިނަލަށް ދަތުރުކޮއްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 އަހަރު ފަހުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިޔުމުގެ އުންމީދުގައި ހުރި ބަންގްލަދޭޝް ޓީމުގެ ކުޅުންތެރިން މެޗަށްފަހު ކުވައިތު ޓީމުގެ ކުޅުންތެރިންނާ ދެމެދު ހަމަ ނުޖެހުމެއް ހިނގަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސެމީ ފައިނަލުގައި ބަންގްލަދޭޝް ކުޅުންތެރިޔަކު ފޮނުވާލި ހަމަލާއެއް ކުވައިތުގެ ކީޕަރު ދިފާއުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުވައިތު ޓީމުން ހުރަސްކޮއްލި ބޯޅައެއް އެޓީމު ކުޅުންތެރިޔަކު ބޮލުން ޖަހަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިތުރު ވަގުތުގައި ކާމިޔާބު ކުރި ގޯލަށްފަހު ކުވައިތު ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު ދެ ޓީމު ވެސް ލަނޑެއް ނުޖެހި އެއްވަރު ވެފައި ވަނިކޮށް ކުވެއިތު މޮޅުވި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ އަބްދުﷲ އަބްލޯޝީ ޖަހަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުވައިތުގެ ކުޅުންތެރިޔަކު ބަންގްލަދޭޝް ގޯލަށް ބޯޅަ ފޮނުވާލަނީ: އިތުރު ވަގުތުގައި ކާމިޔާބު ކުރި ގޯލުން ކުވައިތު ވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސާފްޗެމްޕިއަންޝީޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ކުވައިތާ ކުޅުންތެރިޔާ ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސާފްޗެމްޕިއަންޝީޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ކުވައިތާ ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ކުވައިތު ކުޅުންތެރިޔާ އަތުން ބޯޅަ ހޯދަން ބަންގްލަދޭޝް ކުޅުންތެރިޔާ މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުވައިތު ކުޅުންތެރިޔަކު ހުރަސްކޮއްލި ބޯޅަ އެއް ޖެހުމަށް އެ ޓީމުގެ ކުޅުންތެރުޔާ މަސައްކަތްކުރާއިރު ބަންގްލަދޭޝް ޓީމުގެ ކީޕަރު ބޯޅަ ހޯދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުވައިތުގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ކުރިއަށް ދާން މަސައްކަތްކުރާއިރު ބަންގްލަދޭޝްގެ ދެ ކުޅުންތެރިޔަކު ކުވައިތު ޓީމުގެ ކުޅުންތެރިޔާއަށް ޓެކްލްކޮށް ވައްޓާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު