ފަޔާޒް މޫސާ
29 އޯގަސްޓް 2023
މާލެ - އޮގަސްޓް 28، 2023: މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުން: އެތަނުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް. މި ރަސްމިއްޔާތުގައި ތިމާވެެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އާއި ޗައިނާ އާއި ޖަޕާނުގެ ސަފީރުން ވަނީ ބައިވެރިވެ ވަޑައިގެންފަ. ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ބޭނުމަށް ވެމްކޯ ސައިޓުގައި ވަނީ ދެ އިމާރާތެއް ހަދައިފަ. އެއީ ކުނި ޖަމާކުރަން ހެދި ތިން ފްލޯގެ އިމާރާތަކާއި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓާއި ވެމްކޯ އަދި އީޕީއޭ ހިންގަން ހެދި ހަތް ބުރީގެ އޮފީސް އިމާރާތް. މިތަން ހުޅުވުމުގެ ރަސްމިއްޔާތައްފަހު ވަނީ ހަވާ އަރުވާފަ -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް މިކަހަލަ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނައިބް ރައީސް ފައިސަލް ނަސީމް އާ ތިމާވެެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ބައްލަވާލައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމަށްފަހު އެ ތަނުގައި މަސައްކަތް ކުރާނެ ގޮތުގެ ބައެއް މައުލޫމާތު ރަސްމިއްޔާތުގެ ބައިވެރިންނަށް ދެއްވަނީ .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނައިބް ރައީސް ފައިސަލް ނަސީމް މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެތަނުގައި ކުނި މެނޭޖްކުރާނެ ގޮތުގެ ގޮތް ދައްކާލަދެނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އެތަން ހުޅުއްވައިދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވަންގް ލިކްސިން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ ހަވާލުކޮއްގެ އަލަށް ހެދި މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމަށް ހަވާލުކުރި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) ކުންފުނީގެ ބައެއް މީހުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވަނީ -- ފަޔާޒު މޫސާ | މިހާރު
އަލަށް ހުޅުވި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ވެމްކޯގެ ދެ މުއައްޒަފަކު ކުނި ނަގާ ލޯރީ ކައިރީގަ މަޑުކޮއްލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވެމްކޯގެ ބައެއް މުއައްޒަފުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލްއާ ތިމާވެެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އާއި ޗައިނާ އާއި ޖަޕާނުގެ ސަފީރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2024 Mihaaru · Terms and Conditions · Privacy Policy