ފޮޓޯގެލަރީ / ރަމަޟާން 2025

ރޯދަ ވީއްލުން މިސްކިތްތަކުން

ފަޔާޒް މޫސާ

19 މާޗް 2025

މާލެ، ހުޅުމާލެ - މާޗް 19، 2025- އެހެން އަހަރުތަކުގެ ރޯދަމަހެކޭ އެއްފަދައިން މި އަހަރު ވެސް މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި. އާންމުކޮށް މިސްކިތްތަކަށް ރޯދަވީއްލަން ގޮސް އުޅެނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން. މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ވެސް ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖައްސާއިރު، ރޯދަވީއްލަން ބޭނުންވާ ކާބޯތަކެތި މިސްކިތްތަކަށް ހަދިޔާކުރަނީ ފިހާރަތަކުންނާއި ހެޔޮ އެދޭ އަމިއްލަ މީސްމީހުން.--- ފޮޓޯތައް: ފަޔާޒު މޫސާ| މިހާރު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ހުޅުމާލެ ރަޝީދު މިސްކިތުގެ ގޯތިތެރޭގައި ރޯދަވީއްލަން ތައްޔާރު ވެގެން. ރޯދަމަހު މިސްކިތްތަކަށް ރޯދަ ވީއްލަންދާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޯދަވީއްލުމަށްޓަކައި އިސްލާމީ މަރުކަޒުގައި ފްލޯއެއްގައި ކާތަކެތި އަތުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޯދަވީއްލުމަށް ބޭނުންވާ ކަދުރާ ބައެއް ކާއެއްޗެހި އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި އަތުރާލާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބިދޭސީން ރޯދަވީއްލަން ކާއެއްޗެހި ނަގައިގެން، މަޣުރިބު ނަމާދަށް ބަންގި ގޮވާނެ ވަގުތެއްގެ އިންތިޒާރުގައި--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޯދަވީއްލަން މިސްކިތަކަށް ދިޔަ ބަޔަކަށް ކަދުރު ބަހަނީ: ރޯދަވީއްލަން ބޭނުންވާ ކާބޯތަކެތި މިސްކިތްތަކަށް ހަދިޔާ ކުރަނީ ވިޔަފާރިވެރިންނާއި ހެޔޮ އެދޭ އަމިއްލަ މީސްމީހުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޯދަވީއްލަން މިސްކިތަކަށް ދިޔަ ބަޔަކަށް ކަދުރު ބަހަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭގެ މިސްކިތެއްގައި ރޯދަވީއްލުމަށް ބަޔަކު ތައްޔާރު ވަނީ: މިސްކިތްތަކަށް ރޯދަވީއްލަންދާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވިޔަފާރިވެރިންގެ މިސްކިތުގެ ބޭރުގައި މީހުން ރޯދަވީއްލަން ކިޔޫ ހަދައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޯދަ ވީއްލަން ދިޔަ ބަޔަކަށް ވިޔަފާރިވެރިންގެ މިސްކިތުން ހެދިކާ އާއި ޖޫސް ބަހަނީ: ރޯދަވީއްލަން ބޭނުންވާ ކާބޯތަކެތި މިސްކިތްތަކަށް ހަދިޔާކުރަނީ ވިޔަފާރިވެރިންނާއި ހެޔޮ އެދޭ އަމިއްލަ މީސްމީހުން.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ރޯދަވީއްލަން ތައްޔާރު ވެގެން: ރޯދަމަހު މިސްކިތްތަކަށް ރޯދަ ވީއްލަންދާ މީހުންގެ ތެރެއިން ގިނައީ ބިދޭސީން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޯދަވީއްލަން މިސްކިތަކަށް ދިޔަ ބަޔަކަށް ހެދިކާ އާއި އޮރެންޖު ބަހަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޯދަވީއްލަން މިސްކިތަކަށް ދިޔަ ބަޔަކަށް ހެދިކާ އާއި ޖޫސް ބަހަނީ: ރޯދަ ވީއްލަން ބޭނުންވާ ކާބޯތަކެތި މިސްކިތްތަކަށް ހަދިޔާކުރަނީ ފިހާރަތަކުންނާއި ހެޔޮ އެދޭ އަމިއްލަ މީސްމީހުން.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ހުޅުމާލޭ މިސްކިތެއްގެ ގޯތިތެރޭގައި ރޯދަ ވީއްލަން ތައްޔާރު ވެގެން: ރަމަޟާން މަހު މިސްކިތްތަކަށް ރޯދަ ވީއްލަންދާ މީހުންގެ ތެރެއިން ގިނައީ ބިދޭސީން .--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ހުޅުމާލޭ މިސްކިތެއްގެ ގޯތިތެރޭގައި ރޯދަވީއްލަން ތައްޔާރު ވެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވިޔަފާރިވެރިންގެ މިސްކިތުން ރޯދަ ވީއްލުމަށް މީހަކު ޖޫސް ނަގަަނީ--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy