ފޮޓޯގެލަރީ / ލައިފްސްޓައިލް

ފައިނު މީހުންގެ ހިތްފަސޭހަ ދިވެހިވަންތަ އުޅުން

ހުސެއިން ވަހީދު

7 ޖުލައި 2017

ތޮއްޖެހިފައިވާ ކާރޫބާރޫ ބޮޑު މާހައުލެއްގެ ހަލަބޮލި ދިރިއުޅުމުން ވަގުތުކޮޅެއް ހުސްކޮށްލާފައި، ރަށްފުށުގެ ހިތްގައިމުކަމާއި ދިރިއުޅުމުގެ ފަސޭހަކަން އިހުސާސް ކޮށްލުމަށްޓަކައި ރ. ފައިނު މީހުން ދިރިއުޅޭ ގޮތް ބަލައިލަމާތޯ! އާބާދީގައި 500 މީހުން ހަމަނުވާ ރަށަކަށް ވިޔަސް، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ފައިނުގެ މީހުންނަކީ ދިވެހިވަންތަ، ހިތްފަސޭހަ ދިރިއުޅުމެއް އުޅޭ ބައެއް. ބިމުގެ ގޮތުން ތަނަވަސް މި ރަށަކީ ރާއްޖޭގެ ނިސްބަތުން ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް. ނަމަވެސް ދަނޑުވެރިކަމާއި އެހެނިހެން މަސައްކަތްތަކުން ވެސް، އާމްދަނީ އަށް ބަރޯސާވުމާއި ވާދަވެރިކަމުގެ ބަދަލުގައި ފެންނަނީ އެކުވެރިކަމާ އެކު ވަރަށް އުފާވެރި މާހައުލެއްގައި ހިތްހަމަޖެހުމަށް ކުރާ މަސައްކަތްތަކެއްގެ ގޮތުގައި. --މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017-ގެއެއްގައި އޮޅުކޮށްގެން ގެންގުޅޭ ހާލަކަށް، އެ ގޭ ކުޑަކުއްޖަކު ކާންދެނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017-ހަވީރު ސަޔަށް ހެދިކާ ތައްޔާރުކުރުމުގެ މަސައްކަތުގައި، މަގުމަތީގައި ހުރި ޖޯލިފައްޗެއްގައި ދެމީހަކު އިށީނދެލައިގެން .---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- މުސްކުޅި އަންހެނަކާ އެކު މީހަކު މަގުމަތީގައި މަޑުކޮށްލައިގެން ހުރެ ވާހަކަ ދައްކާލަނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ހަވީރު ސަޔަށް ތައްޔާރުވުމުގެ ގޮތުން ފައިނުގެ ދެމަޔަކު، ދިރިއުޅޭ ގޭގެ ބޭރުގައި އިށީނދެލައިގެން ތިބެ ހެދިކާ ހަދަނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ފައިނުގެ ޒުވާނުންތަކެއް، ފިހާރައެއްގެ ކައިރީގައި މަޑުކޮށްލައިގެން ތިބެ ވާހަކަދައްކާލަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ފައިނުގެ ހިތްގައިމު އަތިރިމަތިން މީހަކު ހިނގާލާފައި ދަނީ. ހިތްއުފާކޮށްލުމަށްޓަކައި ކޮންމެ ދުވަހަކުވެސް ގިނަބަޔަކު އާއިލާ އާއިއެކު އަތިރިމަށްޗަށް ނުކުމެ އުޅޭ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ކަރާ އުފުލުމަށް ހާއްސަކޮށްގެން ގެނެސްފައިވާ ވެހިކަލަކަށް ކުޑަކުދިންތަކެއް އަރުވައިގެން މީހަކު ދުއްވާލަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- މީހަކު އޭނާގެ އަމިއްލަ ގޭގެ ގޯތިތެރޭގައި ހަރުގެއެއް ހަދައިގެން، އަމިއްލަޔަށް ބަނދެފައިވާ ކުޑަ ދޯންޏެއްގައި ރަށް ބޭރަށް ނުކުމެ ކެޔޮޅުކަމު ދުއްވަނީ. މިއީ އޭނާ ބަނދެ ނިންމި ދެ ވަނަ ދޯނި--މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ގެއެއްގައި އޮޅުކޮށްގެން ގެންގުޅޭ ފިޔޮކަކަށް، ކުޑަކުއްޖަކު ކާންދެނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ފައިނު ޒުވާނުންތަކެއް ވާހަކަދައްކާލުމަށްޓަކައި، ފާރުބުރިއެއްގެ މަތީގައި އިށީނދެލައިގެން ތިބި އިރު އެހެން ޒުވާނަކު ސައިކަލެއްގައި މަޑު ކޮށްލައިގެން. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ތާސްބައި ކުޅުމަށް ހާއްސަކޮށްގެން ހަދާފައި ހުރި ތަނެއްގައި ތިބެ ބަޔަކު ތާސްބައި ކުޅެނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ފައިނުގެ މަގެއްގެ މަތީގައި ބައިސިކަލު ދުއްވަން އުޅުނު ކުޑަކުދިންތަކެއް، ގަހެއްގެ ހިޔަލުގައި ވަރުބަލި ފިލުވާލުމަށް މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ގެއެއްގެ ބޭރުގައި ހުރި ފޭރާއަކުން އަންހެނަކު ކާށި ހެހެނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ފައިނު އަތިރިމަތީ ގަހެއްގައި އެލުވާފައި ހުރި ޖޯލިތަކެއްގައި ބަޔަކު ވާހަކަދައްކަން ތިބި އިރު، އެހެން ދެ އަންހެނަކު ދޮންވެލިގަނޑުމަތީ އިށީނދެލައިގެން ތިބެ މިދިލި އޮށް ފަޅަނީ. ---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- އިރު އޮއްސުމަށް ރަތްވިލާ ލާފައިވާ އިރު، ރަށުގެ އުތުރު ފަރާތު މޫދަށް އެރި އުޅުނު ކުޑަކުދިންތަކެއް، ފަޅުތެރޭގައި އޮތް ކުޑަ ދޯންޏަކުން ފުންމަނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ކުޑަކުއްޖަކު އަތިރިމަތީގައި ހުރި ގަހެއްގައި އެލުވާފައި ހުރި ޖޯއްޔެއް ހެއްލަނީ .---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ވަޑިއަކު، އޭނާގެ ގޭގެ ބޭރުގައި ހުރި ގަހެއްގެ ދަށުގައި ހަދާފައި ހުންނަ ވަޑާންކުރާ ތަނުގައި، ގެއެއްގެ ދޮރެއް ޖަހަނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ކުޑަކުދިންތަކެއް ރާޅުފަށުގައި ދުވެ މަޖާކުރަނީ. ކޮންމެ އަހަރެއްގެ ވެސް މޫސުން ބަދަލުވާ ދުވަސްވަރު މިރަށުގެ ހުޅަނގުކޮޅު ތުނޑީގައި ހެދޭ ކޯރު ބެލުމަށާއި، ކޯރަށް އެރި މަޖާކުރުމަށް އެ ސަރަހައްދަށް ކުޑަކުދިންނާ އެކު މީހުން ގޮސްއުޅޭ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ފަރުމަސްވެރިކަން ކުރުމަށް ޑިންގީއެއްގައި ނުކުމެ ތިބި ދެމީހަކު، ފައިނުގެ ރަށްބޭރުގައި މަޑުކޮށްލައިގެން.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ދަނޑުމަތިން ކެނޑި ކަރާތަކެއް، ގޯންޏަކަށް އަޅައިގެން ސައިކަލެއްގައި މީހަކު އަންނަނީ. ދަނޑުވެރިކަމަށް މަޝްހޫރު، ފައިނުގެ ކޮންމެ ގެއަކުން ވެސް މަދުވެގެން އެއް ދަނޑުގައި ކޮންމެ އަހަރަކުވެސް ދަނޑުވެރިކަން ކޮށް ރަނގަޅު އާމްދަނީއެއް ހޯދާ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ފައިނު ކުޑަކުދިންތަކެއް، އެރަށުގެ އަތިރިމަތީގައި ހުރި ރުށްތަކެއްގެ ތެރޭގައި ގޯލު ބަހައްޓައިގެން، ފުޓުބޯޅަ ކުޅެނީ .---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކަކަށް މީހަކު ފެންދެނީ. މޭވާ އާއި ތަރުކާރީގެ ދަނޑުވެރިކަމުގެ އިތުރުން، ބަގީޗާ ހެއްދުމަކީ ވެސް ފައިނުގެ ކޮންމެ ގެއެއްގައިހެން ކޮށް އުޅޭ ކަމެއް. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ކުޑަކުދިންތަކެއް ވާރެޔާ ތެމިގެން، މަގުމަތީގައި ދުވެ މަޖާކުރަނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ޖޯއްޔެއްގައި އިށީނދެލައިގެން އިނދެ، މަންމަޔަކު އޭނާގެ ދަރިފުޅަށް ކާންދެނީ .---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ކުޑަކުދިންތަކެއް ބައިސްކަލު ރޭސް ޖަހަނީ. މީސްކޮޅު މަދުވެފައި ހަލަބޮލިކަން ނެތުމުން، ކުޑަކުދިން މަގުމަތީގައި އަމާންކަމާ އެކު ކުޅެ މަޖާކޮށް އުޅޭ މަންޒަރަކީ ރަށްފުށުގައި ގިނައިން ފެންނަ މަންޒަރެއް. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ދެ އަންހެނަކު މަގުމަތީގައި ހުރި ޖޯލިފައްޗެއްގައި އިށީނދެލައިގެން ތިބެ ރޯނުވަށަނީ. ރަށްފުށުން ފެންނަ އެންމެ ހިތްގައިމު އެއް މަންޒަރަކީ، އާމްދަނީ ހޯދުމަށް ކުރާ މިފަދަ ގިނަ މަސައްކަތްތަކުގައި އާމްދަނީ އަށް ބަރޯސާވެ، ވާދަވެރިކަމާ އެކު ކަންކަން ކުރުމުގެ ބަދަލުގައި، އެކުވެރިކަމާއި ހިތްގައިމު، މަޖާ މާހައުލެއްގައި މަސައްކަތުގައި ތިބޭ މަންޒަރު. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- މީހަކު އޭނާގެ ކާފަދަރިފުޅު ގޮވައިގެން، ފިނިކޮށްލުމަށްޓަކައި ގޭގެ ދޮރުމަތީގައި ހުރި ޖޯލިފައްޗެއްގައި އިށީނދެލައިގެން.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- މޫދަށް އެރި މަޖާކުރަން އުޅުނު ކުޑަކުދިންތަކެއްގެ ތެރެއިން ކުއްޖަކު ވަރުބަލި ފިލުވާލަން، ރާޅުފަށުގައި އޮށޯވެލައިގެން. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ފައިނުގެ ޒުވާނުންތަކެއް ފުޓުބޯޅަ ކުޅެނީ. ފުޓުބޯޅަ އަށް ލޯބި ހުންނަ މިރަށުގެ ޒުވާނުން ކޮންމެ ދުވަހެއްގެ ވެސް ހަވީރު ފުޓުބޯޅަ ކުޅެން ދޭ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- ދަނޑުމަތިން ކަރާ ކެނޑުމަށްފަހު، ބަރޯއެއްގައި އެކަރާތައް ހިފައިގެން މީހަކު އަންނަނީ. ދަނޑުވެރިކަމަށް މަޝްހޫރު، ފައިނުގެ ކޮންމެ ގެއަކުންވެސް މަދުވެގެން އެއް ދަނޑުގައި ކޮންމެ އަހަރަކުވެސް ދަނޑުވެރިކަން ކޮށް ރަނގަޅު އާމްދަނީއެއް އަންނަނީ ހޯދަމުން.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރ.ފައިނު: ޖުލައި 7، 2017- މޫދަށް އެރި އުޅޭ ކުޑަކުދިންތަކެއް ފަޅުތެރޭގައި އޮތް ޑިންގީއަކަށް އަރައިގެން މަޖާ ކޮށްލަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

ފަހުގެ ފޮޓޯ ގެލަރީ

photo gallery icon

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy