04 ޖުލައި

July 04, 2019 17
އޭސީސީގެ ރައީސްކަމަށް މުއައްވިޒު ހޮވައިފި

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުއައްވިޒު ރަޝީދު މިއަދު އިންތިހާބުކޮށްފި އެވެ.

03 ޖުލައި

July 03, 2019 18
އަލުން ސިޓީ ފޮނުވުމުން ލުތުފީ މަގާމުން ވަކިވެއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މަގާމުން އިސްތިއުފާ ދެއްވަން ފޮނުއްވި ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް އަލުން ސިޓީ ފޮނުއްވުމުން އޭނާ މަގާމުން ވަކިވެއްޖެ އެވެ.

26 ޖޫން

June 26, 2019 23
ލުތުފީ ވަކިކުރަން ނިންމުމުން އިސްތިއުފާ ދެއްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

19 ޖޫން

June 19, 2019 13
ލުތުފީ މަގާމުން ވަކިކުރަން ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.

June 19, 2019 51
ލުތުފީގެ ޚަބަރެއް ނުވޭ، މުސާރަ ނަންގަވާ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ ޚަބަރެއް ނުވާތާ ދެ މަސް ވެއްޖެ ކަމަށާއި އެކަމަކު ބަރާބަރަށް މުސާރަ ނަންގަވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

17 ފެބުރުއަރީ

February 17, 2019 71
އޭސީސީ ރައީސްގެ ލޯންޑަރިން މައްސަލައެއް ތަހުގީގުކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

07 އޮކްޓޯބަރ

October 07, 2018 24
ހުޅުމާލެއިން ގޯތި ވިއްކުން ހުއްޓުވާނަން: އޭސީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވާއިރު އެކަން ހުއްޓުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

05 މެއި

May 05, 2018 23
ލުތުފީ އަށް ފާޑުކިޔުން: "އިސްތިއުފާ ދީ"

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ދެއްވި ބަޔާނުން، އޭނާގެ ނަޒާހަތްތެރިކަން ގެއްލިފައިވާ މިންވަރު ސާފުވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑެތި...

04 މެއި

May 04, 2018 93
ސަރުކާރާ ދެކޮޅު ކަމެއް ނުކުރަން އިންޒާރު ކުރިން:ލުތުފީ

ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލަން އުޅޭ އަޑު އިވިގެން، ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އިންޒާރު ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2017 39
ފްލެޓް ދިން ގޮތް ބަލަން އޭސީސީން ހައުސިން އަށް

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ ހުށަހެޅި ޝަކުވާތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމެއް ހައުސިން މިނިސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖޫން

June 22, 2017 31
އިސްލާމިކް މިނިސްޓްރީން އަމަލުކުރީ އެންގި ގޮތާ ޚިލާފަށް

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ގުރޫޕްތައް އިވެލުއޭޓް ކުރުމަށް ފަހު ވެސް އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ އެންގި ގޮތާ ޚިލާފަށް ކަމަށާއި އެހެންވެ އެ މިނިސްޓްރީގައި އެކަން ކުރި ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

20 އެޕްރީލް

April 20, 2017 44
އޭސީސީގެ ތަހުގީގު ޓީމަށް ނުފޫޒެއް ނުފޯރުވޭނެ: ލުތުފީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން، އެ ކޮމިޝަނުގެ ތަހުގީގު ޓީމުގެ އެއްވެސް މީހަކަށް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ މުވައްޒަފަކަށް ވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

09 މާޗް

March 09, 2017 41
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އަންނަ މަހު ނެރެނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ރިޕޯޓް އަންނަ މަހު ނެރޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

02 ފެބުރުއަރީ

February 02, 2017 46
ލުތުފީ އަށް ވެށިފަހިން ފްލެޓް ނުލިބުމުން ދައުވާކޮށްފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ނުހިމެނުމުން ފްލެޓް ހޯދަން ދައުލަތާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި އެވެ.

12 ޑިސެމްބަރ

December 12, 2016 27
ކޮރަޕްޝަން ހުއްޓުވަން މަހާސިންތާއެއް ބާއްވަނީ

ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުމަށް މިހާރު ހިންގާ ޕްރޮގްރާމްތައް ބައްޓަންކޮށްފައިވާ ގޮތް ބަދަލުކޮށް، ކޮރަޕްޝަން ހުއްޓުވާނެ އާ ގޮތްތައް ދެނެގަތުމަށް އަންނަ އަހަރު މަހާސިންތާއެއް ބާއްވާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2016 30
ބޭނުންވާ މައުލޫމާތު ޑޮކިއުމެންޓްރީގައި އެބަހުރި: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި އެބަހުރި ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.