މާލޭގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތަށް ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް އެ ސެންޓަރު މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އެ ސެންޓަރު ބަންދުކުރި ނަމަވެސް، އެތަނުން ދެމުން އައި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އައިޖީއެމްއެޗުގެ ޖީއޯޕީޑީން ކުރިއަށް އޮތް ދެ ދުވަހު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން ދެމުން އައި ވެކްސިން ޖެހުމުގެ ހިދުމަތް މި މުއްދަތުގައި ލިބޭނީ ދަމަނަވެށިން ކަމަށެވެ.
ރަސްފަންނު ކުރިމަތީގައި ގާއިމްކުރި މާލޭގެ ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަކީ ސިއްހީ ހިދުމަތް ހޯދުމުގައި ހަމައެކަނި ހޮސްޕިޓަލްތަކަށް ބަރޯސާވާން ނުޖެހޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ހެދި ތަނެކެވެ.
އެ ސެންޓަރުން މައިގަނޑު ދެ ހިދުމަތެއް ދެ އެވެ. ކަމަށެވެ. އެއީ ޖެނެރަލް ޕްރެކްޓިޝަނާ ކްލިނިކް (ޖީޕީ ކްލިނިކް)ގެ ހިދުމަތާއި ކުޑަކުދިންނަށް ވެކްސިން ދިނުމެވެ.