06 ޖޫން

June 06, 2019 11
ޑީ-ޑޭއަށް 75 އަހަރު: އަސްކަރީ ވަރުގަދަ އޮޕަރޭޝަނެއް

ޖޫން 6، 1944 ގައި، ފްރާންސްގެ ނޯމަންޑީއަށް، ގުޅިފައިވާ ލަސްކަރުގެ 160،000 ސިފައިން ކަނޑު މަގުން ގޮސް އަރައިގަތުމަކީ މިހާތަނަށް ވެސް ފެނުނު އެންމެ ވަރުގަދަ އެއް އޮޕަރޭޝަނެވެ. މިއަދަކީ ޖަރުމަނުގެ ނާޒީންގެ އަނިޔާވެރިކަމުން ހުޅަނގު ޔޫރަޕް މިނިވަންކުރުމުގެ މައިގަނޑު އޮޕަރޭޝަންގެ 75 ވަނަ އަހަރީ ދުވަހެވެ.

29 މެއި

May 29, 2019 47
މަޖިލިހުގެ ރައީސްގެ މަގާމާއެކު ނަޝީދު ތާރީހުގެ ތެރެެއަށް

ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ބޭފުޅާގެ ޝަރަފާ އެކު ރައީސް މުހައްމަދު ނަޝީދު ތާރީހުގެ ތެރެއަށް ރޭ ވަދެވަޑައިގެންފި އެވެ.

26 މެއި

May 26, 2019 58
އައިސް އޭޖްގެ މޫދު ލޮނު ރާއްޖެ ސަރަހައްދުން ފެނިއްޖެ

މީގެ 20،000 އަހަރު ކުރިން ދުނިޔެ ތަޖުރިބާކުރި އެންމެ ފަހުގެ އައިސް އޭޖް ދުވަސްވަރުގެ މޫދު ލޮނު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެ އެވެ.

24 މެއި

May 24, 2019 16
އެންމެ ހިނގި ލިއުންތައް: ކިއުންތެރިންނަށް ޝުކުރިއްޔާ!

"މިހާރު"ގެ ތިން ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާ އިރު މިދިއަ އެއް އަހަރު ދުވަހަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހޫނުކޮށް ފެނުނު ދުވަސްވަރެވެ. އެހެންކަމުން އޭރުގެ ސިޔާސީ ހަބަރުތަކަށް ކިއުންތެރިންގެ ސަމާލުކަން އަބަދުވެސް އޮތީ ލިބިލިބި އެވެ. އެންމެ ގިނަ ބަޔަކު ކިޔަމުން ދިޔައީ ވެސް ސިޔާސީ ހަބަރުތަކާއި ރިޕޯޓްތަކެވެ.

07 މެއި

May 07, 2019 44
މަލިކުގައި ދިވެހި ފިރިހެނުންގެ ޑީއެންއޭ ގިނަ

މަލިކު ނިސްބަތްވާ ލަކްޝަދީބުގައި މީހުން އާބާދުވި ގޮތް ދެނެގަތުމަށް ހެދި ޑީއެންއޭ ދިރާސާއެއްގައި، އެ އަތޮޅުގެ އަހުލުވެރިންނާއި ދިވެހިން އަދި އިންޑިއާ އާއި ސްރީ ލަންކާއާ ހުރި ގުޅުންތައް ހާމަވެއްޖެ އެވެ.

21 އެޕްރީލް

April 21, 2019 9
ޓައިމް ކެޕްސޫލުން ފެނުނު ސިޓީ: "މައާފުކުރާށެވެ!"

"ކާފަމެންގެ ދަހިވެތިކަމުން މި ރީތި ވެށި، ދަރިފުޅުމެންގެ ބައްޕައަށް ވެސް ފޯރުކޮށެއް ނުދެވުނެވެ. އަދި ދަރިފުޅުމެން މިހާރު ތިއުޅޭ ހާލާ މެދު ދެރަވެ ހިތާމަ ކުރަމެވެ. މައާފްކުރާށެވެ."

18 އެޕްރީލް

April 18, 2019 4
ތަރިކަ ރައްކާތެރިކޮށްގެން މަންފާ ލިބޭނެ: ޔުމްނާ

ސަގާފީ ތަރިކަތައްް ރައްކާތެރިކޮށް ދެމެހެއްޓުމަކީ މާލީ ގޮތުން ވެސް އެތައް ފައިދާއެއް ލިބެން އޮތް ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

16 އެޕްރީލް

April 16, 2019 45
މަޖީދިއްޔާގެ "ޓައިމް ކެޕްސޫލް" ހޯދަން ކޮންނަނީ!

ގިނަ ބައެއްގެ ހަނދާންތަކާ ގުޅިފައިވާ، މަޖީދިއްޔާ ސްކޫލަށް 65 އަހަރު ފުރުމާ ދިމާކޮށް އެ ސްކޫލްގެ ގޯތި ތެރޭގައި ވަޅުލި "ޓައިމް ކެޕްސޫލް" މިހާރު އޮތްކަމާ މެދު ސުވާލު އުފެދި އެ ހޯދަން މާދަމާ ސްކޫލު ގޯތިތެރެ ކޮންނާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

08 އެޕްރީލް

April 08, 2019 16
ކަޅުވަކަރު މިސްކިތް ބަހައްޓާނެ ބަޔަކު ހޯދަނީ

މަރާމާތުކޮށް، ދިގު މުއްދަތަކަށް ދެމިހުންނާނެހެން މަރާމާތުކޮށްފައިވާ ތާރީހީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

30 މާޗް

March 30, 2019 30
ހަސަން ފަރީދު ގެއްލުން: ސަބަބަކީ ޖަރުމަނުގެ ހަމަލާ!

އައްޑު އަތޮޅުގައި ހިނގައިދިޔަ ގަޑުބަޑެއް ހަމަޔަކަށް އެޅުއްވުމަށް ފަހު، ހައްދުންމައްޗާއި ކޮޅުމަޑުލު މަގުން، އަލްއަމީރު ހަސަން ފަރީދު ދީދީ ކޮޅުނބަށް ދަތުރުކުރައްވަމުން ގެންދެވީ އިނގިރޭސި މަނަވަރު އެޗް.އެމް.އެސް މާލޮއީގަ އެވެ. ކޮޅުނބަށް ފޯރާނެ ކަމަށް ލަފާކުރެވުނު ދުވަހާއި އޭގެ މައްޗަށް ހަޔެއްކަ ދުވަސް ފާއިތުވިއިރު ވެސް...

15 މާޗް

March 15, 2019 67
30 އަހަރު ކުރިން މިއަދު: އުސްތާޒުލްޖީލުގެ ވަކިވުން!

ދިވެހިރާއްޖޭގެ އަޑުން ހެނދުނު ހައެއް ޖެހިއިރު ފޮނުވަން ފެށި ކީރިތި ގުރުއާން ކިޔެވުން ހުއްޓާނުލާ ކުރިއަށްގެންދަނީ އެވެ. އެއީ ބޮޑު ކަމެއް ހިނގައިފިކަމުގެ ނިޝާނެކެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ރޭޑިއޯ ދޮށުގައި ތިބި މީހުން، ވޭނީ ހިތާމައެއްގެ ތެރެއަށް ގަންބާލީ 6:45 ގައި ފޮނުވި ކުއްލި ހަބަރުންނެވެ. މުޅި ގައުމު އެ ބޭފުޅަކާ މެދު...

05 މާޗް

March 05, 2019 2
ސަގާފީތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފި އެވެ.

04 މާޗް

March 04, 2019
ތަރިކަ ރައްކާތެރިކުރާ ގާނޫނުގެ ޑްރާފްޓް ނިމިއްޖެ

ރާއްޖޭގެ ސަގާފީ ތަރިކަތައް ރައްކާތެރިކުރުމަށް ބޭނުންވާ ގާނޫނުގެ ދެލިކޮޕީ މިހާރު ނިމިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނެފި އެވެ. ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ހެރިޓޭޖް މިނިސްޓްރީގެ މަަސައްކަތްތައް ކުރެވިފައިވާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ދާރުލް އާސާރުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި...

27 ފެބުރުއަރީ

February 27, 2019 11
ތާރީޚަކީ ކިޔަވާ ހިތްވާ މާއްދާއަކަށް ހަދަން ޖެހޭ:ޔުމްނާ

ދިވެހިންގެ ތާރީޚަކީ ދަރިވަރުން ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދައި، ތާރީޚު ދިރާސާކުރަން ޒުވާނުންގެ ވެސް ޝައުގުވެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2019 101
އަލާގެ ތަގުރީރަށް އާއްމުންގެ ތައުރީފު!

"ކޮބައިތޯ ޖުމާދުލްއާހިރާ މަހެއްގެ ތިނަކާއި ހަތަރަކާ ހުރި ފަރަގަކީ؟ ކޮބައިތޯ މި ބުރާސްފައްޗަކާ މިދިޔަ ހަފުތާގެ ބުރާސްފައްޗަކާ ދެން އަންނަން އޮތް ބުރާސްފައްޗެއްގެ ފަރަގަކީ؟

05 ފެބުރުއަރީ

February 05, 2019 7
ނަދުވީގެ "އަދަބީ ފާޑުކިޔުން" މިރޭ ނެރެނީ

ރާއްޖެ އަށް އެ އިލްމެއްގެ އަލިކަން އެހާ ބޮޑަށް ފާޅުވެފައި ނުވާ، އެކަމަކު އެ އިލްމަކަށް ނުހަނު ބޭނުން ޖެހިފައިވާ، އަދަބީ ފާޑުކިޔުމުގެ އިލްމާ ބެހޭގޮތުން، މަރްހޫމް މުހައްމަދު ވަހީދު (ނަދުވީ) ލިޔުއްވާފައިވާ، އަދި އެ ރޮނގުން ރާއްޖޭގައި ނެރޭ ފުރަތަމަ ފޮތް "އަދަބީ ފާޑުކިޔުން" މިރޭ އިފްތިތާހު ކުރަން ނިންމައިފި އެވެ.

03 ފެބުރުއަރީ

February 03, 2019 6
ކުނި ނުވާ ގޮތަށް އޮތް 50 ގަބުރު މިސްރުން ފެނިއްޖެ

ކުނި ނުވާ ގޮތަށް ހަދާފައިވާ 50 ގަބުރު (މަމީ) މިސްރުގެ ހަތަރު ސަރަހައްދަކުން ފެނިއްޖެ އެވެ.

24 ޖެނުއަރީ

January 24, 2019 6
މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭނެއް ކޮށްފި

އަމިއްލަ ކުންފުންޏަކުން ތާރީހީ، މާލޭ ހުކުރު މިސްކިތުގެ ހަރިންމާގައި ހިމެނޭ ސަރަހައްދު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޭޒާ ސްކޭންކޮށް ހަދާފައިވާ ދިރާސާ ވީޑިއޯ ޑޮކިއުމެންޓްރީ، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިއަދު ހަވާލުކޮށްފި އެވެ.

19 ޖެނުއަރީ

January 19, 2019 44
މި ޒުވާނާގެ ހިތާއި ސިކުނޑި ދިވެހި ތާރީޚުގެ ތެރޭގައި!

އެއީ މީގެ 13 ވަރަކަށް އަހަރުކުރި އެވެ. ހިނގަމުން ދަނީ މަޖީދިއްޔާ ސްކޫލުގެ ހެނދުނު ދަންފަޅީގެ އިންޓޯލު ވަގުތެވެ. ސްކޫލުގެ ގޯތިތެރެ އޮތީ ރަކަރަކަ އަޅާފަ އެވެ. ހެދިކާ ކަމުން ފުޅިބޮމުން، ހީ ސަކަރާތްޖަހައި މަޖާނެގުމައިގެންނެވެ. ފުޓްބޯޅައިގެ ވާހަކަ ނޫނީ ކޮންމެވެސް ގޭމެއްގެ މޮޅު ވާހަކަ ދެއްކުމައިގެންނެވެ. އެ އެންމެންނާ ވަކިން ތަންކޮޅެއް...

10 ޖެނުއަރީ

January 10, 2019 19
މިވަރުގެ ހިދުމަތްތެރިއަކު ދެން ފެނިދާނެތަ؟

އޭނާގެ އޮފީސް ކޮޓަރިކޮޅަށް ވަނުމުން އިހުސާސްކުރެވޭނީ މާ ކުރީ ޒަމާނެއްގައި އުޅެވޭހެންނެވެ. އެތަނުގައި ކޮމްޕިއުޓަރެއް، މޯބައިލް ފޯނެއް ނުވަތަ ޒަމާނުގެ އެފަދަ އެއްވެސް ވަސީލަތެއްގެ ހިލަމެއް ނެތެވެ. ބައްތެއްޔަކަށް މުދާ އަރުވައި ބަރާކޮށްފައި އޮންނަހެން ކޮޓަރިކޮޅު ބަރާކޮށްފައި އޮންނާނީ ފޮތްތަކާއި ކަރުދާހުންނެވެ. އެތަނުގައި...