ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ އިސްވެރިއަކަށް ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދު މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ އެ ބަދަލާ ގުޅިގެން ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހާ މަސައްކަތްތައް ބަލަހައްޓައި ވިލަރެސްކުރާނީ ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ.

އެ އޮފީސް ހިންގުމުގައި މީގެ ކުރިން އިެސްކޮށް ހުންނެވީ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި ހަސަން އިސްމާއިލެވެ. ނަމަވެސް އެ މަގާމުން އޭނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

އެ އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް އަޒީޒް ހަމަޖައްސަވައި ރައީސް އޮފީހުގެ ޕްރެސް ޓީމްގެ މަގާމުތަކަށް މި ފަހުން ބަދަލުތަކެއް ގެނެސްފައި ވެ އެވެ.