މިއުޒިކަށް ލޯބިކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލް އެއް ބްރޭންޑް ކަމަށްވާ މާޝަލްގެ އުފެއްދުންތައް ލެކިއުޓުން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އިނގިރޭސިވިލާތުގެ މާޝަލް ބްރޭންޑުގެ ސްޕީކަރާއި ހެޑްސެޓާއި އެ ނޫން ވެސް އުފެއްދުންތައް ރާއްޖެ އަށް ތައާރަފްކުރީ، މަޖީދީ މަގުގައި ހުންނަ ލެކިއުޓުގެ ފިހާރައިގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާއެއްގަ އެވެ. ލައިވް މިއުޒިކާ އެކު ކުރިއަށް ގެންދިޔަ މި ހަފުލާގައި، މާޝަލްގެ އުފެއްދުންތަކުގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

މާޝަލް ބްރޭންޑުގެ ސްޕީކަރެއް.-- ފޮޓޯ: ލެކިއުޓް
މާޝަލް ބްރޭންޑުގެ ސްޕީކަރެއް.-- ފޮޓޯ: ލެކިއުޓް

ބައި ގަރުނަށް ވުރެ ކުރިން އިނގިރޭސިވިލާތުގައި ތައާރަފް ކުރި މާޝަލްގެ އުފެއްދުންތައް ވަނީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދައިފަ އެވެ. ރޮކް މިއުޒިކަށް ހާއްސަ މާޝަލްގެ އުފެއްދުންތަކުގެ އެންމެ ހާއްސަ ކަމަކީ، އެހެން ބްރޭންޑުތަކުގެ ސްޕީކަރާއި ހެޑްސެޓުތަކަށް ވުރެ ވަރުގަދަ އަދި މުއްސަނދި އަޑުތަކެއް އިވިގެން ދިއުމެވެ.

އެމްޕުން ފެށިގެން އެކި ވައްތަރުތަކުގެ ސްޕީކަރާއި ހެޑްސެޓް ހިމެނޭ މާޝަލްގެ އުފެއްދުންތައް މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުން ވެސް އަންނަނީ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި، ދަ ހޫ އާއި ދަ ޖިމީ ހެންޑްރިކްސް އެކްސްޕީރިއަންސާއި ލެޑް ޒެޕްލިން އަދި ސްލޭޔާ ފަދަ މިއުޒިކުގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ނަންތައް ހިމެނެ އެވެ.

މާޝަލްގެ އިތުރުން ވެސް، ދުނިޔޭގެ އެންމެ މަޝްހޫރު އަދި އިތުބާރު ހޯދާފައިވާ ބްރޭންޑުތައް ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސް އިން ވިއްކަ އެވެ. އޭގެ ތެރޭގައި، ޖަރުމަނުގެ ބޯޝް ބްރޭންޑާއި ސްވިޑްންގެ އިލެކްޓްރޯލަކްސް ބްރޭންޑާއި ޖަޕާނުގެ ޕެނަސޮނިކް ބްރޭންޑުގެ ގޭތެރޭގައި ގެންގުޅޭ ސާމާނާއި އިނގިރޭސިވިލާތުގެ ކޭއީއެފް ބްރޭންޑާއި ބައުވާސް އެންޑް ވިލްކިންސް ބްރޭންޑުގެ ސްޕީކަރާއި އޯޑިއާ ސާމާނު ހިމެނެ އެވެ.