14 ޖެނުއަރީ 2022 - 06:23
އިންސާނުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހާދިސާތައް ހިނގާ ލޭންޑް މައިންތައް ހޯދައި ދީގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދި މީދާ އުމުރުން އަށް އަހަރުގައި މި ހަފުތާގައި މަރުވެއްޖެ އެވެެ.
ކުއްތާއެއް ފިޔަވައި މިހާތަނަށް އެންމެ ގިނަ މައިންތައް ޑިޓެކްޓްކޮށްދިން މަގާވާ ކިޔާ މި މީދާ މަރުވި ވާހަކަ ގިނިސް ވޯލްޑް ރެކޯޑުން ވެސް ބުންޏެވެ. މަގާވާ އަކީ މިހާތަނަށް އެންމެ ގިނަ ލޭންޑްމައިން ހޯދައި ދީގެން ރެކޯޑް ހޯދި ހަމައެކަނި މީދާ ވެސް މެ އެވެ. ރިކޯޑް ލިބުނުއިރު އޭތި 71 މައިން ޑިޓެކްޓުކޮށް ދީފައިވެ އެވެ.
މިދިޔަ އަހަރު އެ މަސައްކަތުން ރިޓަޔާކުރި އިރު މަގާވާ ވަނީ ކެމްބޯޑިއޯގައި 100 އަށް ވުރެ ގިނަ މައިން ޑިޓެކްކޮށް ދީފަ އެވެ.
މަގާވާގެ މި ހުނަރުން އިންސާނުންގެ ފުރާނަ ސަލާމަތްކޮށް ދޭން އެހީތެރިވެފައި ވާތީ އެއަށް މިފަދަ ޖަނަވާރުންގެ އަގުވަޒަންކޮށް ޕީޕަލްސް ޑިސްޕެންސެރީ ފޯ ސިކް އެނިމަލް (ޕީޑީއެސްއޭ) އިން ދޭ ގޯލްޑް މެޑެލް ވެސް 2020 ގައި ލިބިފައިވެ އެވެ. އެ މެޑެލް އަކީ އިނގިރޭސި ސަރުކާރުން ދޭ ޖޯޖް ކްރިސް މެޑެލްއާ އެއް ދަރަޖައިގެ އެއްޗެކެވެ.
He detected over 100 mines in Cambodia before his retirement in 2021.
— Guinness World Records (@GWR) January 12, 2022
ބެލްޖިއަމްގެ ޗެރިޓީއެއް ކަމަށްވާ އެޕޯޕޯ އިން ޓްރެއިންކުރި މަގާވާ އަކީ މިހާތަނަށް މައިން ހޯދުމުގައި ފާހަގަކުރެވުނު އެންމެ ކާމިޔާބު "ހީރޯ ރެޓް" އެވެ.
އެޕޯޕޯ އިން ބުނި ގޮތުގައި މަގާވާ މަރުވީ މާ ބޮޑު ސިއްހީ މައްސަލަތަކެއް ކުރިމަތިނުވެ ކުއްލި ގޮތަކަށެވެ. އެކަމަކު މަރުވުގެ ދުވަސްތަކެއް ކުރިން ކެއުމާއި ނިދި ވަރަށް ބޮޑަށް މަދުވި ކަމަށް ބުންޏެވެ.
މަގާވާ އުފަންވީ 2013 ގައި ޓެންޒޭނިއާގެ ސޮކޮއިން ޔުނިވަސިޓީ އޮފް އެގްރިކަލްޗާގަ އެވެ. އަދި މައިން ހޯދުމުގެ ހާއްސަ ޓްރެއިނިންތައް އެއަށް ދީ، ކެމްބޯޑިއާ އަށް ފޮނުވީ ތިން އަހަރުގައި 2016 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަސްލާ
14 January 2022
އިނގިރޭސި ބަހުން އޮތީ ކެއުން މަދުވި ވާހަކަޔާއި އަބަދު ނިދާވާހަކަ. ޚަބަރުތަރުޖަމާގައި ނުނިދާ ވާހަކަ؟؟؟؟
ރެޓް
14 January 2022
ހިކަންޖެއް ނޫން މީދާ، ބުރޯ