އީލޮން މަސްކް: މިހާރު ވެސްް ޓުވިޓާގައި އޭނާގެ 9.2 ޕަސެންޓްގެ ހިއްސާ އޮވޭ.
14 އެޕްރީލް 2022 - 20:52
ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރުގެ ރޭޓުން ޓުވިޓާ އެއްކޮށް ގަންނަން މަޝްހޫރު މަހުޖަނު އީލޮން މަސްކް މިއަދު ހުށަހަޅުއްވައިފި އެވެ. އެއީ ގާތްގަނޑަކަށް 48 ބިލިއަން ޑޮލަރެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، 9.2 ޕަސެންޓާއެކު މިހާރު ވެސް ޓުވިޓާގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ އީލޮން، އެ ސޯޝަލް މީޑިއާ ކުންފުނި އޭނާ އަށް ވިއްކާލަން އެދިވަޑައިގަތީ އެއީ ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަ ޖެހޭ ޕްލެޓްފޯމެއް ކަމަށް ވިދާޅުވެ އެވެ.
އީލޮން އަށް އެ ކުންފުނި ވިއްކާލައިފި ނަމަ، ޓުވިޓާ ވާނީ ޕްރައިވެޓް ކުންފުންޏަކަށެވެ. މިހާރު އެއީ އާންމުންނަށް ހިއްސާ ވިއްކާފައި އޮންނަ ޕަބްލިކް ކުންފުންޏެކެވެ.
Elon Musk net worth: $265 billion
— The Spectator Index (@spectatorindex) April 14, 2022
Twitter market value: $36.7 billion
"އަހަރެން ޓުވިޓާގައި އިންވެސްޓްކުރީ، އެއީ އެންމެންނަށް ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބޭނެ ތަނެއް ކަމަށް ދެކޭތީ. ޑިމޮކްރެސީއެއް އެންމެ ރަނގަޅަށް ހިނގާނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވެގެން،" ޓުވިޓާގެ ޗެއާމަން ބްރެޓް ޓެއިލާ އަށް ފޮނުއްވި ސިޓީއެއްގައި އީލޮން ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މިހާރު ޓުވިޓާއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ތަނެކެވެ. އެހެން އެކަން އޮވެއްޖެ ނަމަ، އެ ކުންފުނި ކުރިއަރައިގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވެ އަހަރެން މި ހުށަހެޅީ 54.20 ޑޮލަރުގެ ރޭޓުން، ނަގުދު ފައިސާ އިން ޓުވިޓާގެ 100 ޕަސެންޓް ހިއްސާ ގަތުމަށް. އެއީ އަހަރެން ޓުވިޓާގެ ހިއްސާ ގަތުމުގެ އެއް ދުވަސްކުރިން 54 ޕަސެންޓްގެ އަރަނި. އަދި ޓުވިޓާގެ ހިއްސާ ގަތްކަން ރަސްމީކޮށް އިއުލާންކުރާ ދުވަހު 34 ޕަސެންޓްގެ އަރަންޏަކަށް ވާނެ،" އީލޮން ވިދާޅުވި އެވެ.
I made an offer https://t.co/VvreuPMeLu
— Elon Musk (@elonmusk) April 14, 2022
"މިއީ އަހަންނަށް ދެވޭނެ އެންމެ ރަނގަޅު އަދި އެންމެފަހުގެ އޮފާ. އަދި މި އޮފާ ގަބޫލުނުކޮށްފި ނަމަ، ޓުވިޓާގައި އަހަރެންގެ ހިއްސާ އޮތުމާއި މެދުގައި ދެވަނަ ވިސްނުމަކަށް ދާނަން."
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ވިދާޅުވެ، މީގެ ކުރިން ޓުވިޓާގައި ޓުވިޓާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އީލޮން، އެ އެޕްގެ ހިއްސާ ގަތްކަން އިއުލާން ކުރެއްވީ މި މަހުގެ ހަތަރެއްގަ އެވެ. އޭނާ ކުންފުނީގެ ހިއްސާ ގަތަސް، ޓުވިޓާގެ ބޯޑުގައި ހިމެނިވަޑައިނުގަންނަވާނެ ކަމަށް އަމިއްލަ އަށް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހާ ހަމަ އަށް ޓުވިޓާގެ ހިއްސާއެއްގެ އަގުހުރީ 45.85 ޑޮލަރުގަ އެވެ. އެއީ 12 ޕަސެންޓްގެ ބޮޑުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލީޒް
15 April 2022
އެލޯން މާސްކަށް ވުރެ ކުރިން ޖާބިރު ޓުވިޓަރު ގަނެލާނެ!
ގެއްލުން
15 April 2022
މަދުވާ %0.01 ދެނީ ކާކަށް
ކުޗީ
15 April 2022
މީނައަކީ ޓްރަމްޕަށް ތާއީދުކުރީ މީހެއް. ޓްރަމްޕް ހަދަނީ ދޮގު ، ޓްރަމްޕް ބޭރުކޮއްގެން މީނަ ވަރަށް ފޫކެހި. ހިޔާލުފާޅު ކުރުމުގައިވެސް ހައްދުތަކެއް އޮންނަން ޖެހޭނެ. މީނަ ޓްވިޓަރ ގަނެފި ނަމަ ވަރަށް ގިނަމީހުން ޓްވިޓަރ ދޫކޮއްލާނެ. ދެން އޮތީ ކްލަބްހައުސް އިން ނަގާ ކޮޅަށް ޖެހި އޯޑިޔޯ ސޯޝަލް ކޮންސެޕްޓް ޓްވިޓަރ އިން ކޮޕޯ ކޮށް ކްލަބްހައުސް ދުއްވާލާނެ ކަމުގެ ބިރު.
ނަށީދު
15 April 2022
ޓްރަންޕް މޭކޮން އަ ކަމްބެކް!
ބީލޯނު ރަސްކު
14 April 2022
ހޫނނނނނނ! ލާރިގަނޑެއް ނެގިދާނެގޮތެއް ފެނުނީތާ! ސާބަސްފުޅޭ! ގަނެލާ! ގަނެލާ!
ހަޑިގިއްލާ
14 April 2022
މަސްކުގެ ހުށަހެޅުން ދައްކާ ވާހަކައާއި ދިމައެއް ނުވޭ1 ހިޔާލުފާޅުކުރާ ތަނެއް އެކެއްގެ ކޮންޓރޯލަށް ދިޔުން ޑިމޮކްރަސީއާ ބީރައްޓެހި. އޭރުން ޓްވިޓަރ އެބަދަލުވަނީ ރަސްކަމަކަށް.
އަބޫބަކުރުބެ
14 April 2022
އިލޮން މިދަންއުޅޭއެއްޗެއް ނުވިސްނުނު.
އިބޫސޯ
14 April 2022
މީ މީނަ ޓެސްލާއައްވެސް ހެދި ގޮތް، ދެން މީނަ މީ ފައުންޑާއޭ ކިއައިގެން އުޅޭނީ، ވަރަށް ފޫހިވާ މީހެއްްމީ..