ގެއެއް ދެ ގައުމަކަށް ނިސްބަތްވުމަކީ ކިހާ ސަޅި ކަމެއް ހެއްޔެވެ؟ އެކަމަކު ގައުމުތަކުގެ ރަށްވެހިކަމާއި ވިސާ ހޯދުން ފަދަ ކަންކަމާ ހެދި މިކަން ބޮޑު އުނދަގުލަކަށް ވެސް ވެދާނެ އެވެ.

މިއީ އެހާ ބޮޑު ކަމަކަށް ނުވާ ނަމަ ގަންނަންވީ މި ގެ އެވެ. ވާމަންޓް (އެމެރިކާ) އާއި ކިއުބޭ (ކެނެޑާ) އާ ގުޅޭ ހިސާބު މެދުގައި ދެ ގައުމަށް ވާގޮތަށް ހުރި މި ގެއަކީ 7،000 އަކަފޫޓުގެ ގެއެކެވެ. ގޭގެ އަގަކީ އެންމެ 109،000 ޔޫއެސް ޑޮލަރެވެ.

މި ގޭގެ ވެރިންނަކީ ބްރިއަން އާއި ޖުއާން ޑުމޮއުލިން އެވެ. މިއީ މީގެ 40 ވަރަކަށް އަހަރު ކުރިން އެމީހުންނަށް ވާރުތަވި ގެއެކެވެ. މި ގެ ހުރީ ކެނެޑާ އާއި އެމެރިކާގެ ބޯޑަރުގައި ދެ ގައުމަށް ވާ ގޮތަށެވެ.

މި ގެ ގަންނަން ޝައުގުވެރިވާ ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ. ނަމަވެސް މި ގެ ވިއްކާލުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. ސަބަބަކީ ގެ މަރާމާތުކުރަން ޖެހިފައިވާލެއް ބޮޑުކަމުންނާއި ސެކިއުރިޓީ މައްސަލަތައް ބޮޑުކަމުންނެވެ.

މި ގެ ގަންނަ މީހަކަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ގޭގެ ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން ނުދެވޭނެ އެވެ. ދާން ޖެހޭނީ ޕޯޓްސްތަކުން ވަންނަ ދޮރުންނެވެ. އަދި އަންނަން ޖެހޭނީ ވެސް ހަމަ އެހެންނެވެ.

މި ގެ ގަންނަން ކެނެޑާ އާއި އެމެރިކާގެ ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. އަދި ދުވާލަކު 10-12 ވަަރަކަަށް މީހުން މި ގެ ބަލަން ވެސް ދެ އެވެ.

މި ގޭގެ ދެ ފަރާތުން ނުކުންނަށް ދެ ގޭޓް ހުރެ އެވެ. އަދި ފަަހަތުގައި ވެސް އިތުރު ގޭޓެއް ހުރެ އެވެ. ނަމަވެސް އެމެރިކާގެ އެޖެންޓުން އެދިގެން އެ ގޭޓް ހުންނަނީ ބަންދުކޮށް ވަޔަރު އަޅުވާފަ އެވެ.