ދަރިވަރުން ކުޅޭ ތަނަށް ބޮޑުކަމުދާތީ އެމެރިކާގެ ސްކޫލެއްގެ ވެރިޔަކު ހައްޔަރުކޮށްފި

އެމެރިކާގެ ނިއު ޖާޒީގެ ހޯމްޑެލްގެ ކެންލިންވޯ ޕަބްލިކް ސްކޫލްގެ ސްޕްރިންޑެންޓަކު އެ ސްކޫލްގެ ދަރިވަރުން ފުޓްބޯޅަ ކުޅޭ ދަނޑަށާއި އެތަނުގެ ވަށައިގެން އޮންނަ ޓްރެކަށް ތަކުރާރުކޮށް ބޮޑުކަމުދާ މައްސަލަ ފަޅާ އަރައި އޭނާ ހައްޔަރުކޮށް، ދައުވާކޮށްފި އެވެ.


މި މައްސަލާގައި ސްޕްރިންޑެންޓް ޑރ. ތޯމަސް ޓްރެމެގްލިނީ، 42، ފުލުހުން ހައްޔަރު ކުރީ އަންގާރަ ދުވަހު، ޓްރެކްގައި ދުވަން އުޅެނިކޮށެވެ.

އޭނާ ހައްޔަރުކޮށް، ހޯމްޑެލް ޓައުންޝިޕް ޕޮލިސް ޑިޕާޓްމަންޓްގެ ފޭސްބުކް ޕޭޖްގައި ބުނި ގޮތުގައި ސްޕްރިންޑެންޓް ހައްޔަރުކުރީ ކޮންމެ ދުވަހަކު ދަނޑަށާއި ޓްރެކަށް ބޮކަމުގޮސްފައި ހުންނަކަން ސްކޫލްގެ މުވައްޒަފުންނަށް ފާހަގަކުރެވި، އެކަން ކުރާ މީހަކު ހޯދަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ. ބޮޑުކަމު ދަނީ ސްޕްރިންޑެންޓުންކަން ފުލުހުންނަށް އެނގުނީ އެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ވަނީ އާންމު ތަނަކަށް ބޮޑުކަމުގޮސް، އާންމު އަހުލާގީ މިންގަނޑާ ހިލާފު އަމަލެއް ކުރުމުގެ ދައުވާކޮށްފަ އެވެ.

މިކަން ތޯމަސްގެ މައްޗަށް ފަޅާ އެރުމުން އޭނާ ވަނީ މުސާރަ ލިބޭ ގޮތަށް ސްކޫލުން އޭނާ އަށް ޗުއްޓީ ދޭން ވެސް އެދިފަ އެވެ. އެކަމަކު ސްކޫލުން ތޯމަސް އަށް ޗުއްޓީ ދިނީ ކޯޓުން މައްސަލަ ވަކި ގޮތެއް ނިމެންދެން މުސާރަ ނުދޭ ގޮތަށެވެ.

އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 147،504 ޑޮލަރު ލިބޭ މީހަކަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.