ނިލަންޝީ: އޭނާ އަށް އެންމެ އިސްތަށިގަނޑު ދޮގު މީހާގެ ރިކޯޑް ލިބިފައި.
25 ޑިސެމްބަރ 2018 - 08:05
ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑު އޮތް މީހާގެ ރިކޯޑް އިންޑިއާގެ އަންހެން ކުއްޖަކަށް ލިބިއްޖެ އެވެ.
ގުޖުރާތަށް ނިސްބަތްވާ 16 އަހަރުގެ ނިލަންޝީ ޕަޓޭލްގެ އިސްތަށިގަނޑުގެ ދިގު މިނުގައި ހުންނަނީ 5 ފޫޓް 7 އިންޗި އެވެ.
އޭނާ ބުނި ގޮތުގައި އިސްތަށިގަނޑު ދިގުކުރަން ފެށީ އުމުރުން ހަ އަހަރުގައި އެއް ފަހަރަކު ބޯކޮށި އިރު، ހަޑިވެގެން އޭގެ ފަހުން ބޯ ނުކޮށައި ހުއްޓާލުމަށް ފަހު އެވެ.
"އެ ތަޖުރިބާ އަށް ފަހު ބޯކޮށުން އެއްކޮށް ހުއްޓައިލީ،" ނިލަންޝީ ގައިނިސް ވޯލްޑް ރިކޯޑަށް ބުންޏެވެ.
އެތަނުން މިހާރު ވަނީ އެންމެ ދިގު އިސްތަށިގަނޑު އޮތް މީހާގެ ދުނިޔޭގެ ރިކޯޑްގެ ރަސްމީ ލިޔުން ވެސް އެކުވެރިން ވަނަމަކަށް ރުޕެންޒެލް ކިޔާ ނިލަންޝީއާ ހަވާލުކޮށްފަ އެވެ.
އޭނާ ބުނީ އާދަޔާހިލަށް އިސްތަށިގަނޑު ދިގުވުމަކީ އެއްވެސް މައްސަލައެއް އަދި އުނދަގުލެއް ވެސް ނޫން ކަމަށެވެ. ނިލަންޝީ ކޮޅަށް ހުންނަ އިރު، އިސްތަށިގަނޑު ފައިގެ ތަނބިކައްޓާ ހަމައަށް ފޯރަ އެވެ.
"އަހަރެން ކުރާ ކަމެއް ވިއްޔާ މި ކުރަނީ ހަމަ އިސްތަށިގަނޑާ އެކު، ނުވޭ އެއްވެސް އުނދަގުލެއް،" ޓެނިސް ކުޅެން ލޯބިކުރާ ނިލަންޝީ ބުންޏެވެ. "ކުޅޭ އިރު އަހަރެން ހުންނާނީ އިސްތަށިނޑު ހުޅި ޖަހާފައި. އަދި ވަރަށް އާންމުކޮށް އިސްތަށިގަނޑު އެކި ގޮތްގޮތަށް ސްޓައިލް ވެސް ކުރަން. އިސްތަށިގަނޑު މިގޮތަށް ގެންގުޅެން މަންމަގެ އެހީ ވަރަށް ބޮޑު."
ނިލަންޝީ ބުނި ގޮތުގައި އޭނާ އިސްތަށިގަނޑު އާންމުކޮށް ދޮންނަނީ ހަފުތާއަކު އެއް ފަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯދީބެ
26 December 2018
އެ މަންޖެގެ ނެތް އިންޑިއާ ވަންތަކަމެއް، ބަހުރުވައިން ނޫނީ. އިންޑިއާގެ ސަޤާފީ ހެދުމެއް ލައިގެން އިންނަމަތާދޯ ފިސާރި އިންޑިއާ ވީހީ
އަލިބެ ގެ އަލީ
25 December 2018
"ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑު އޮތް މީހާގެ ރިކޯޑް އިންޑިއާގެ އަންހެން ކުއްޖަކަށް ލިބިއްޖެ އެވެ." މި ނުން ރަނގަޅު ގޮތަކީ ރަނގަޅު ގޮތަކީ "ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑު އޮތް ޓީނޭޖް ގެ ރިކޯޑް އިންޑިއާގެ އަންހެން ކުއްޖަކަށް ލިބިއްޖެ އެވެ."