ޖަރުމަނުގެ އާޓް ސަޕްލައި ބްރޭންޑު ފޭބާ ކަސްޓެލްގެ ކުލަ ފޮށިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލެވެ.
ޖަރުމަނަށް އުފަން މަޝްހޫރު ޑިޒައިނާ ކާލް ލަގަފެލްޑް އޭނާގެ ޑިޒައިންތައް ކުރަހަން ބޭނުން ކުރަނީ ފޭބާ ކަސްޓެލް ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާ ވަނީ ފޭބާ ކަސްޓެލްގެ އާޓް ސަޕްލައި ފޮއްޓެއް ފަރުމާކޮށްފަ އެވެ. ފެން ކުލަ ގޮތަށް ޖައްސާލެވޭ 120 ކުލަ އާއި 350 އާޓް ޓޫލްސް ހިމެނޭ "ކާލްބޮކްސް" މިހާރު ވަނީ ލޯންޗުކޮށްފަ އެވެ.
"ކާލްބޮކްސް" ޑިޒައިން ކޮށްފައިވަނީ ޗައިނާގެ ސަގާފީ "ވެޑިން ކެބިނެޓް" އެއް ގޮތަށެވެ. ދުނިޔޭގެ އެކި ފޭބާ ކަސްޓެލް ފިހާރަތަކުންނާއި ކާލް ލަގަފެލްޑްގެ ބުޓީކްތަކުން މި ލިމިޓަޑް އެޑިޝަން ފޮށިތައް ލިބެން ހުންނާނެ އެވެ. ފޮއްޓެއްގެ އަގަކީ 323،3 ޑޮލަރެވެ.
"ޖަރުމަނުގައި ބޮޑުވިއިރު ފޭބާ ކަސްޓެލް އަކީ ވަރަށް މަގުބޫލު ބްރޭންޑެއް އަދި ފޭބާ ކަސްޓެލް މަޝްހޫރު ވެފައި ވަނީ އޭގެ މޮޅު ކޮލިޓީން،" ކާލް ބުނެފައިވެ އެވެ.