29 ޖުލައި 2019 - 14:34
ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ވީޑިއޯ ގޭމް ފޯޓްނައިޓްގެ ވޯލްޑް ކަޕް 16 އަހަރުގެ ފިރިހެން ކުއްޖަކު ކާމިޔާބުކޮށް، އިނާމަކަށް ތިން މިލިއަން ޑޮލަރު ހޯދައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 މިލިއަން މީހުން ވާދަކުރި ފޯޓްނައިޓްގެ ފައިނަލް އެމެރިކާގެ ޕެންސިލްވީނިއާގެ ކައިލް (ބުގާ) ގާޒްޑޯފް ކާމިޔާބު ކުރީ ނިއު ޔޯކްގެ އާތާ އޭޝް ސްޓޭޑިއަމްގައި ބޭއްވި ސޯލޯ އިވެންޓްގަ އެވެ. އޭނާއާ އެކު ފައިނަލްގައި ފޯޓްނައިޓްގެ މަޝްހޫރު ކުޅުންތެރިންތަކެއް ވާދަކުރި އެވެ.
Congrats to all of our winners this weekend at the #FortniteWorldCup Finals
— Fortnite (@FortniteGame) July 28, 2019
Solo Champion: @bugha
Duos Champions: @nyhrox @aquaa
ProAM: @Airwaks @RLGRIME
Creative: #FishFam @cizzorz @hiimtylerh @suezhoo @zandOfficial pic.twitter.com/ilBs7RTeTv
"އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގިފައި މި ހުރީ. މި ވަރުގެ އުފަލެއް ދުވަހަކު ވެސް ނުލިބޭ،" ކައިލް ބުންޏެވެ.
ފޯޓްނައިޓް ވޯލްޑް ކަޕާ ބެހޭ ގޮތުން، އެ ގޭމް ވުޖޫދަށް ގެނައި އެޕިކް ގޭމްސް އިން ބުނީ މި ފަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ މީހުން ވާދަކުރި އަދި ވަރަށް ކާމިޔާބު، ފޯރި ގަދަ މުބާރާތެއް ކަމަށެވެ. މި އަހަރުގެ މުބާރާތަށް 30 މިލިއަން ޑޮލަރު ބަޖެޓެއް ކަނޑައެޅި އެވެ. އެގޮތުން ފައިނަލަށް ކޮލިފައިވެ، ވާދަކުރި ކޮންމެ ކުޅުންތެރިއަކަށް އިނާމެއްގެ ގޮތުގައި މަދުވެގެން 50،000 ޑޮލަރު ދިނެވެ.
ފޯޓްނައިޓް ވޯލްޑް ކަޕްގެ ގަދަ 10.
ދެހާސް ސަތާރައިގައި ވުޖޫދަށް އައި ފޯޓްނައިޓް ކުޅެގެން މިލިއަނަރަކަށްވުމުން، މި ގޭމްގެ މަޝްހޫރުކަމާއި މަގުބޫލުކަން ދައްކުވައިދޭ ކަމަށާއި "ފޯޓްނައިޓް" ގެ ނުފޫޒު މިހާރު ދުނިޔެ އަށް ފެތުރުފައިވާ މިންވަރު ދައްކުވައިދޭ ކަމަށް މީޑިއާތަކުން ބުންޏެވެ. މި ގޭމް ކުޅެގެން ތިން މިލިއަން ޑޮލަރު ލިބުމަކީ ވިމްބަލްޑެން މުބާރާތެއް ކާމިޔާބުކޮށްގެން ލިބޭ އިނާމަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ހަނގުރާމައިގެ މައިދާނަކަށް ކުޅުންތެރިން ގެންގޮސްދޭ "ފޯޓްނައިޓް" ކުޅޭ މީހުންގެ އަދަދު މިހާރު 250 މިލިއަނަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy