އިނގިރޭސި ޝާހީ އާއިލާ އިން އިތުރު ކައިވެންޏެއް

އިނގިރޭސީ ޝާހީ އާއިލާ އިން އަނެއްކާ ވެސް ކައިވެންޏަކަށް ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.


މި ފަހަރު ކައިވެނި ބައްލަވައިގަންނަވަނީ ކްއީން އެލިޒަބަތުގެ މާމަ ދަރިކަނބަލުން ޕްރިންސެސް ބީޓްރިސް އެވެ.

އޭނާ އާއި ލޯބިވެރިޔާ މަޕޭލީ މޮޒީ މި މަހުގެ ކުރީކޮޅު އިޓަލީގައި އެންގޭޖްވިކަން އިއުލާނުކޮށް ޝާހީ އާއިލާ އިން ކުރި ޓްވީޓެއްގައި ބުނީ ދެ ބޭފުޅުންގެ ކައިވެނި އޮންނާނީ އަންނަ އަހަރު ކަމަށެވެ.

ނަމަވެސް ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ޕްރިންސެސް ބީޓްރިސް، 31، އަކީ ޕްރިންސް ޗާލްސްގެ ކޮއްކޯފުޅު ޕްރިންސް އެންޑްރޫގެ ދެ އަންހެން ބޭފުޅުންގެ ތެރެއިން ދޮށީ އަންހެން ދަރިކަނބަލުންނެވެ. އެކަމަނާގެ ކޮއްކޯފުޅު ޕްރިންސެސް ޔުނިޖިނީ، 29، ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަނު ކައިވެނި ބައްލަވައިގެންފަ އެވެ.

ބީޓްރިސް އެންގޭޖްވި މަޕޭލީ އަކީ ޕްރޮޕަޓަކީ ޓައިކޫނެކެވެ. އެ ދެބޭފުޅުން ލޯބީގެ ގޮތުން ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ހަރީފު މޫސުމުގަ ތެރޭގަ އެވެ.

ޝާހީ އާއިލާގެ ތެރެއިން ކުރެވޭ ކޮންމެ ކައިވެންޏަކާ އެކު އާންމުންގެ ތެރޭގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ޝާހީ އާއިލާގެ ބޭފުޅުން ބޮޑެތި ހަރަދުތައް ކުރާ ވާހަކަ އެވެ.

އެގޮތުން މިދިޔަ އަހަރު ކައިވެނި ބައްލަގައިތް ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ކައިވެންޏާއި ޕްރިންސެސް ޔުޖިނީގެ ކައިވެނީގެ ސެކިއުރިޓީގެ ކަންކަމަށް ބޮޑު ހަރަދުތަކެއްކޮށްފައިވާތީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކާފައިވެ އެވެ.