ލައިފްސްޓައިލް / ބޮލީވުޑް

މި މީހާ ޝާހްރުކް ޚާނާ ވައްތަރުތަ؟

ބޮލީވުޑްގެ މަޝްހޫރު ތަރިންނާ ވައްތަރު މީހުން ކޮންމެވެސް ހިސާބަކުން ފެނިގެން އެ މީހަކަށް އާންމުންގެ ސަމާލުކަން ހުއްޓުމަކީ އާ ކަމެއް ނޫނެވެ. ދާދި ފަހުން މިގޮތަށް މަޝްހޫރުވީ ކެޓްރީނާ ކައިފާ ވައްތަރު މީހެކެވެ.

މި ފަހަރު މިއޮތީ ޝާކްރުކް ޚާނާ ވައްތަރު ކަމަށް ބުނާ މީހެއްގެ ވާހަކަ އެވެ.

މީގެ ކުރިން އިންޑިއާގެ އެކި ސަރަހައްދުތަކުން އޭނާއާ ވައްތަރު މީހުން ފެނިފައިވެ އެވެ. އެކަމަކު މި ފަހަރު "ޝާހްރުކް" ފާޅުވީ މެދުއިރުމަތީގެ ގައުމަކުންނެވެ. ޖޯޑަން އިން ފެނިގެން އުޅޭ ޝާހްރުކާ ވައްތަރު މީހާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އިރު، އޭނާގެ ވާހަކަ މިހާރު ވަރަށް ގަދައަށް އަންނަނީ ދެކެވުންނެވެ.

ފޮޓޯތަކުގައި އޭނާ ޕޯޒްކޮށްގެން ހުންނަ ގޮތުން ވެސް ޝާހްރުކާ ވައްތަރު ގޮތެއް ހުރެ އެވެ.

މި މީހާ އަކީ ޖޯޑަންގެ މަޝްހޫރު ފޮޓޯގްރާފަރެކެވެ. އޭނާގެ ނަމަކީ އަކްރަން އަލް އިއްސާވީ އެވެ. އޭނާގެ ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި ބައެއް މީހުން ވަނީ ޖޯކަކަށް ހަދާފައި "އަކްރަމް، ޝާހްރުކަށް ވުރެ ވެސް ވައްތަރު" ކަމަށް ބުނެފަ އެވެ.

ބައެއް މީހުން ބުނިގޮތުގައި އަކްރަމް ހީވަނީ ޝާހްރުކަށް ވުރެ އެތައް އަހަރެއް ދޮށި މީހެއްހެންނެވެ. ޝާހްރުކަށް އަންނަ މަހުގެ 2 ގައި 54 އަހަރު ފުރޭނެ އެވެ.

10 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 15%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާހް

03 October 2019

ތިހެން ބުނެފަ ފޮޓޯޖެހީމަ ހީވާނެ ވައްތަރުހެންވެސް. ގިނަ ފަހަރު ސިކުނޑިއަށް ނޭނގި ވާހަކައެއް އަޅައިދެވުނީމަ ނޫނީ ގިނަ ބަޔަކު ކަމެއް ގަބޫލުކުރަނީ މިހެން ކަމަށް ބުނީމަ ވިސްނުމުން ނިކުންނަ ނަތީޖާ ހަގީގަތާ އެހާ ދިމާނުވެދާނެ. ޚާއްސަކޮށް ފޮޓޯ ނަގާއިރު ވަކި މީހެއްގެ ފޮޓޯއެއް ހުންނަ ގޮތަށް ޕޯސްކޮށްފަ ނެގުމުން އެމީހާގެ އެފޮޓޯއާ ވައްތަރުހެން ހީވާ ފަހަރު ކަންނޭނގެ ގިނަވާނީ. އަސްލު މިމީހާ އެހާ ވައްތަރެއް ނޫން.

The name is already taken The name is available. Register?

ބަދޫރާ

02 October 2019

ތީ ސާހުރުހާނަށް ކާފަ ކިޔާ ކުއްޖެއް

The name is already taken The name is available. Register?

ކަލޯހަޑި

02 October 2019

އެއްވެސް ވައްތަރެއްނޫން. ނިކަން ބަލާބަލަ އެހެރަ ޖޯލައިން އާއި ލިޕްސް. ދެޓް ވިލް ޓެލް އެވްރީތިންގ.

The name is already taken The name is available. Register?

އަމައްޔާތް

02 October 2019

ތިޔައީ ހުސް ޝާހުރުކްގެ ފޮޓޯ އެއްނު. އޭނައާ ވައްތަރު މީހާގެ ފޮޓޯ ކޮބާ؟؟

The name is already taken The name is available. Register?

އަލީ ރާޖާ

02 October 2019

ތީނަ ވައްތަރީ ލިފްޓ ޝާހިދުއާ ބޮޑަށް

The name is already taken The name is available. Register?

ކިޔުންތެރި

02 October 2019

ޝާހްރުކްއަށް ވުރެވެސް ތިމީހާ މާމާބޮޑަށް ވައްތަރު ޝާހްރުކް އާ

The name is already taken The name is available. Register?

ވޯލް

02 October 2019

މިމީހާ ވައްތަރުވެގެން ތިވާހަކަ ދައްކާ މީހުން ލޮލުގެ ޓެސްޓު ހެދުމަށް ގޮވާލަން. މީނަ އެސްއާރުކޭ އާ ވަތައްރިއްޔާ ރައީސް ސޮލިހް ވައްތަރު ބަރަކް އޮބާމާޔާވެސް. މީހަކު ހޭބައްޔެއް އަޅެ ނުވާނެތަ؟

The name is already taken The name is available. Register?

ގަޓް ބްރޯ

02 October 2019

މިސްޓަރ ބީން ގެ އެޕިސޯޑެއްގަވެސް ދައްކާނެ މިސްޓަރ ބީން އާ ވައްތަރުމީހުން ހޮވަން ބޭއްވި މުބާރާތެއްގަ ވާދަކޮށްގެން މިސްޓަރ ބީން އަށް 3 ވަނަ ލިބޭތަން. އެކަހަލަ ވައްތަރުވުމެއް ތިޔައީ. ނަސީބެއް ތިޔަ މީހާ ކެސްޓޯ މުކަރުޖީ އާ ވައްތަރޭ ނުކިޔާކަން.

The name is already taken The name is available. Register?

ޙާދަ މަޖަލޭ

08 October 2019

ޙަހަހަހަހހަހަ... އޭ މިސްޓަރބިންގެ ކޮން އެޕިސޯޑެއް. ބަލަން ބޭނުން

The name is already taken The name is available. Register?

ޗައިނާ

02 October 2019

ތިތަނުން ކޮބާ ޝާހު ރުކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454