ހޭޒަލްނަޓް: ސިއްހީ ފައިދާތަކުން ފުރިފައި

ނަޓްސްގެ ބާވަތްތަކުގެ ތެރެއިން ހޭޒަލްނަޓްސް އަކީ ސިއްހީ ފައިދާތައް ގިނަ، އަނގަޔަށް ވެސް މީރު އެއްޗެކެޗެ. ކާނާގެ ތެރޭފައި މި ނަޓްސް ހިނަމާ ނަމަ ހީވެސް ނުކުރާހާ ގޮތްގޮތަށް މީހާގެ ހަށިގަނޑަށް ފައިދާކުރެ އެވެ. އެހެންވެ އަބަދު ވެސް ޑައިޓްތެރޭގައި ހޭޒަލްނަޓްސް ހިމަނަން ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.


ސްނެކެއްގެ ގޮތުގައި ވެސް ބޭނުންކޮށްލެވިދާނެ މި ނަޓްސް އަކީ ބަރުދަން ލުއިކޮށްދޭން ވެސް އެހީއެކެވެ. ހަމައެއާ އެކު ހޭޒެލްނަޓްސް އަކީ އެންޓިއޮކްސިޑަންޓްތަކުން މުއްސަނދި އެއްޗެކެވެ. ސަތޭކަ ގްރާމްގެ ހޭޒަލްނަޓަކީ ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ 30 ގްރާމްގެ ޕްރޮޓީނުގެ ދެބައިކުޅަ އެއްބައި ފޯރުކޮށްދޭ އެއްޗެކެވެ. އަދި މިއީ ކައިގެން ފައިދާތައް ހޯދުމުގެ އިތުރަށް އެހެން ގޮތްގޮތަށް ވެސް ބޭނުންކޮށްލެވޭނެ އެއްޗެކެވެ.

ހަށިގަނޑުގެ ސެލްތައް ހަލާކުވުން ހުއްޓުވައި ދިނުމާއި ކޮލެސްޓްރޯލް ދަށްކޮށްދިނުމާއި އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށް ދިނުމާއި އިންފްލެމޭޝަން ދަށްކޮށްދިނުމާއި ގައިގެ ހަންގަނޑު ރީތިކޮށްދިނުމާއި ބޮލުގެ އިސްތަށިގަނޑު ވަރުގަދަކޮށް ދިނުމުގެ އިތުރަށް ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ވެސް ހެޒެލްނަޓް ބޭނުންކުރުމުން ވަރުގަދަކޮށްދެ އެވެ.

ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން އީގެ 86 ޕަސެންޓް ހޭޒަލްނަޓްސް ބޭނުންކުރުމުން ލިއްބައިދޭނެ އެވެ. އަދި މިއީ ވިޓަމިން އޭ އާއި ސީ ލިއްބައިދޭ އެއްޗަކަށްވެފައި، އެންޓިއޮކްސިޑަންޓްތައް ވަރުގަދަ އެއްޗަކަށްވާތީ މުސްކުޅިވުން ލަސްކޮށްދޭނެ އެވެ. މާނަ އަކީ ހަންގަނޑުގައި ޖެހޭ ރޫތަކާއި މޫނުމަތިން ފެންނަ މުސްކުޅިވުމުގެ އަލާމާތްތައް ހޭޒެލްނަޓްސް އާންމުކޮށް ބޭނުންކުރުމުން ދުރުކޮށްދިނުމެވެ.

ހޭޒަލްނަޓްސް ކެއުމުން ހަަންގަނޑު ޑީހައިޑްރޭޓްކޮށްދީ، އުޖާލާކޮށްދޭނެ އެވެ. އެގޮތުން ހަންގަނޑު މަޑުވުމާއި އޮމާންވުމަށް މަގުފަހިކޮށްދެ އެވެ. މީގެ އިތުރުން އިރުގެ އަލިން ހަންގަނޑަށް ކުރާ އަސަރުތަކުން ވެސް ރައްކާތެރިކޮށް ދޭނެ އެވެ. ހޭޒަލްނަޓްސް ޔެތޮ ނުވަތަ މޮއިސްޗަރައިޒާއަކުން މިކަމަށް އެހީ ހޯދިދާނެ އެވެ.

މޫނުގައި ބިހި ނަގާ ނަމަ އެކަމުގެ ފަރުވާއަކަށް ވެސް ހޭޒެލްނަޓްސް ބޭނުންކޮށްލެވިދާނެ އެވެ. ހަދަން ޖެހޭ ގޮތަކީ ޖޯޑެއްހާ މިންވަރުގެ ހޭޒަލްނަޓްސް ރޯސްކޮށްފައި އޭގެ ތެރެއަށް ބައި ސަމުސާ ކޮފީ އާއި ބައި ސަމުސާ ހަކުރު އަދި ޒައިތޫނު ނުވަތަ ސަމުސަލެއްގެ ކާށިތެޔޮ އަޅާފައި މިކްސަރުން ފުނޑާލާނީ އެވެ. އޭރުން ސްކްރަބެއްގެ ގޮތުގައި މޫނުގައި އުނގުޅޭނެ އެވެ.

އިސްތަށިގަނޑު ވަރުގަދަކުރަން ބޭނުން ނަމަ ހޭޒަލްނަޓް ތެލަކީ ބޭނުންކުރުން ރަނގަޅު އެއްޗެކެވެ. އެ ތެލުން ރަނގަޅަށް ބޯ މަސާޖުކުރުމުން އިސްތަށިގަނޑި ވަރުގަދަކޮށްދީ، އިސްތަށިތައް ހިކުމާއި ބަލިކަށިވުން ދިއުން ފަދަ މައްސަލަތަކުން ދުރުކޮށްދޭނެ އެވެ.

ހަށިގަނޑުގެ ކެލްސިއަމް ލެވެލް ހަމައަކަށް އަޅުވައިދޭން މެގްނީޒިއަމަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން އެކަމަށް ހޭޒަލްނަޓްސް ބޭނުންކުރެވިދާނެ އެވެ. މެގްނީޒިއަމް ލެވެލް މަތިވުމަކީ ސިއްހަތަށް ވެސް ގެއްލުންވާނެ ކަމެކެވެ. އެހެންވެ ހިތުގެ ދުޅަހެޔޮކަމަށް ވެސް މި ނަޓްސް އަކީ ރަނގަޅު އެއްޗެކެވެ. ހޭޒެލްނަޓްސް އަކީ އަންސެޗުރޭޓް ފެޓްގެ ތެރެއިން ވެސް އޮލީކް އެސިޑް މަތީމިންވަރަކަށް އެކުލެވޭ އެއްޗަކަށްވާތީ މީގެ ސަބަބުން ބޭޑް ކޮލެސްޓްރޯ (އެލްޑީއެލް) އިން ސަލާމަތްކޮށްދޭނެ އެވެ.

ހެޒެލްނަޓްސް.

ހޭޒަލްނަޓްސް އަކީ ކެންސަރާ ދެކޮޅަށް ވެސް މަސައްކަތްކޮށްދޭނެ އެއްޗެކެވެ. މިއީ ވިޓަމިންގެ އީގެ ވައްތަރެއް ކަމަށްވާ އަލްފާ-ޓޮކޮފެރޯލް އިން މުއްސަނދި އެއްޗެކެވެ. ނަތީޖާ އަކީ އާންމުކޮށް ޑައިޓްގައި ހޭޒަލްނަޓްސް ބޭނުންކުރާ ނަމަ ކެންސަރަށް ހުށަހެޅުމުގެ ފުރުސަތު 50 ޕަސަންޓަށް ދަށްކޮށް ދިނުމެވެ. އޭގައި ބޮޑު ދައުރެއް އަދާކޮށް ދެނީ ހޭޒެލްނަޓްސްގައި އެކުލެވޭ އެންޓި-އޮކްސިޑޭޓިވް އެންޒައިމެއް ކަމަށްވާ މައިޓޮކޮންޑްރިއާ އެވެ.

ހަށިގަނޑުތައް މަސްތައް ވަރުގަދަކުރަން ވެސް ހޭޒަލްނަޓަކީ ބޭނުންކުރުން މުހިއްމެކެވެ. ގައިގެ މަސްތަކަށް ދިމާވާ އެކި ކަހަލަ ތަދުތަކާއި ރިހުންތަކަށް ވެސް މީގެ ސަބަބުން ފަރުބާ ލިބެ އެވެ.