މި އަހަރުގެ ބްރައިޑް ފެއާގައި ހުށަހަަޅައިދިން ފެޝަން ކަލެކްޝަންތަކަށް ބެލުންތެރިންގެ ރަނގަޅު ތަރުހީބެއް ލިބުނެވެ. ރަންވޭގައި ލޫޅާފަތި މޮޑެލުން ފަރިކޮށް ހެދުންތައް ދައްކާލި އެވެ. ތައުރީފާއި ފާޑުކިޔުންތަކާ އެކު ވެސް ޑިޒައިނަރުން ތިބީ އުފަލުންނެވެ.

ހެދުމެއް ތައްޔާރުކުރަން އެތައް ގަޑިއިރެއް، ހަފުތާތަކެއް ނުވަތަ ބައެއް ފަހަރު ދެތިން މަސް ވެސް ހޭދަ ވެދާނެ އެވެ.

ފެއާގައި ދައްކާލި ޝިފް ކުޗުއާގެ ކަލެކްޝަންގެ ފަހަތުގައި ހުރި ޝިފް ބުނީ އެއީ ދެ މަސް ދުވަހުގެ މަސައްކަތް ކަމަށެވެ. ބްރައިޑް ފެއާގައި މިފަހަރު އޭނާ ދައްކާލީ ބްރައިޑަލް ކަލެކްޝަނެކެވެ. އޭނާ ހުށަހެޅި ގައުންތައް ތައްޔާރުކުރަން އެތައް ބައެއްގެ އެހީ ލިބުނުކަން އޭނާ ފާހަގަ ކުރި އެވެ. ޝިފް އާއްމުކޮށް ފަރުމާކުރަނީ ރޭގަނޑު އޮންނަ ހާއްސަ މުނާސަބަތުތަކަށް ހާއްސަ ގައުންސް އެވެ. މިއީ ބްރައިޑް ފެއާގައި ބްރައިޑަލް ކަލެކްޝަނެއް ޝިފް ހުށަހަޅާދިން ފުރަތަމަ ފަހަރެވެ.

ބްރައިޑް ފެއާގައި ޑިޒައިނަރެއްގެ ހުށަހެޅުންތައް ދައްކާލުމަށް ހެދުން އަޅައި ތައްޔާރުވަނީ. --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ބްރައިޑް ފެއާގައި ޑިޒައިނަރެއްގެ ހުށަހެޅުންތައް ދައްކާލުމަށް ހެދުން އަޅައި ތައްޔާރުވަނީ. --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޝިފްގެ ކަލެކްޝަންގެ އެންމެ ހާއްސަ ޑިޒައިނަކީ ހުދު ލޭސް އާއި ޓުލް ބޭނުންކޮށްގެން ފަހާފައިވާ ޕްރިންސަސް ސްޓައިލްގެ ގައުނެކެވެ. އެ ހެދުމުގައިވާ ކޮންމެ މިނާއެއް ވެސް ހަރުކޮށްފައިވަނީ އަތުން ކަމަށް އޭނާ ބުންޏެވެ.

ޝިފް ބުނީ މިއީ މާލެއިން ލިބޭ ފޮތި ބޭނުންކޮށްގެން ފަހާފައި ހުރި ހެދުން ކަމަށެވެ. އޭނާ ރާއްޖޭއިން ބޭރުންވެސް ފޮތި ގެނެސްގެން ވެސް ހެދުން ފަރުމާކުރެ އެވެ. ނަމަވެސް މިފަހަރު މާލެއިން ލިބޭ ވައްތަރުގެ ފޮތި ބޭނުންކޮށްގެން ފެންވަރު ރަނގަޅު ހިތްގައިމު ހެދުންތަކެއް ހުށަހަޅާދިނެވެ.

ޑައުންސް ސިންޑްރޮމް ހުންނަ ޒާނާ އަލީ ޝަރީފްކުޑަކުދިންގެ ޕާޓީ ހެދުމެއް މޮޑެލް ކޮށްދީގެން ޝޯގައި ބޮޑު ތަރުހީބެއް ލިބުނެވެ.

ބްރައިޑް ފެއާގައި މޮޑެލްކުރި، ޑައުންސް ސިންޑްރޮމް ހުންނަ ޒާނާ އަލީ ޝަރީފް ރަންވޭ އަށް ނިކުންނަށް ތައްޔާރުކުރަނީ. --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ބްރައިޑް ފެއާގައި މޮޑެލްކުރި، ޑައުންސް ސިންޑްރޮމް ހުންނަ ޒާނާ އަލީ ޝަރީފް ރަންވޭ އަށް ނިކުންނަށް ތައްޔާރުކުރަނީ. --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އަންހެނުންގެ ޖަމިއްޔާ ވިއަމްގެ ފަރާތުން ފެޒޫ އާއި ޝިފޫގެ ހުނަރު ވެސް ފެނިގެން ދިޔަ އެވެ. ތުއްތު އަންހެން ކުދިންނަށް ހާއްސަ ހެދުންތަކެއް ފެޒޫ ދައްކާލި އެވެ. އަދި އެކުދިންނާ ގުޅޭ ޒާތުގެ އެކި ގަހަނާ ތައްޔާރު ކޮށްފައިވެ އެވެ.

"ތަންކޮޅެއް ކޮމްފަޓަބަލް ސްޓައިލެއްގެ ހެދުންތަކެއް ހުންނާނީ،" ފެޒޫ ބުންޏެވެ.

އެންޖީއޯ ވިއަމް އިން އަންހެނުންނަށް އެކި ފުރުސަތުތައް ހޯދާދޭ ކަމަށް ޝިފޫ އާއި ފެޒޫ ބުންޏެވެ.

ހަދީޖާ އިބްރާހިމް ފެހުމާއި ފަރުމާކުރުމުގެ ދާއިރާގައި މަސައްކަތްކުރާތާ 20 އަހަރު ވެއްޖެ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ބްރައިޑް ފެއާގައި އޭނާގެ ކަލެކްޝަނެއް ހުށަހަޅާދިން ފުރަތަމަ ފަހަރު ކަމަށް ބުންޏެވެ.

ކުޑަ އަންހެން ކުދިންނަށް ހާއްސަ ހެދުންތަކެއް ދައްކާލުމަށް ކުދިން ހެދުން އަޅުވައި ޒީނަތްތެރިކުރަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ވައިބް މަޖައްލާގެ ފަރާތުން ޑިޒައިނާ ހަނާގެ ކަލެކްޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ކަޅާއި ހުދު ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ކަލެކްޝަނާ ބެހޭގޮތުން ހަނާ ބުނީ ބްލެކް އެންޑް ވައިޓް އަކީ ކްލެސިކް ދެ ކުލަ ކަމަށާއި އޭނާ އަށް ވެސް އެ ދެ ކުލަ ވަރަށް ރީތި ކަމަށެވެ.

ބްރައިޑް ފެއާގައި ބައިވެރިކުރި، ކަޅާއި ހުދުގެ ޑިޒައިންތަކުގެ ހެދުންތައް ދައްކާލަނީ. --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ބްރައިޑް ފެއާގައި ބައިވެރިކުރި، ކަޅާއި ހުދުގެ ޑިޒައިންތަކުގެ ހެދުންތައް ދައްކާލަނީ. --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރާޒުވާ ބޯޑަކުން ހިޔާލު ހޯދައިގެން ތައްޔާރު ކޮށްފައިވާ ޕާޓީ ހެދުމުގައި ކަޅާއި ހުދު ރިބަން ވަކިވަކިން ހަރުކޮށްފައި ހުއްޓެވެ. އެއް ކުލައެއްގެ ފޮތީގައި ރޭނދާ އާއި ޒިޕު ބޭނުންކޮށްގެން އެކި ޕެޓާން ތައްޔާރު ކޮށްފައިވެ އެވެ. އޭނާގެ ކަލެކްޝަންގައި ފެނުނު ތޮފިތައް ފަރުމާކޮށްފައި ވަނީ ކަރުދާހުން ވަރަށް އުފެއްދުންތެރި ގޮތްގޮތަށެވެ. އޭނާގެ ޝުކުރު ހާއްސަވަނީ ނާޝިދާ އަށެވެ.