ލައިފްސްޓައިލް / އިންޑިއާ

އިންޑިއާ ކުއްޖެއްގެ ނަމަކަށް ކޮރޯނާ

ތުއްތު ކުއްޖެއް.

ކޮވިޑް-19 ފަތުރާ ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާދީއްތަ ދުވަހު އިންޑިއާގައި ކާފިއު އިއުލާންކޮށްފައި ވަނިކޮށް އުފަންވި ކުއްޖަކަށް ކޮރޯނާގެ ނަން ދީފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަހާ ގުޅުވައިގެން ނަން ދިނީ އުއްތަރު ޕްރަދޭޝްގެ ގޯރަހްޕޫރަށް އުފަންވި އަންހެން ކުއްޖަކަށެވެ. މިކަމާ ބެހޭ ގޮތުން އެ ކުއްޖާގެ އާއިލާގެ ފަރާތުން މީޑިއާތަކާ ވާހަކަ ދެއްކި ކުއްޖާގެ ބޮޑުބޭބެ ނިތޭޝް ތުރިޕަތީ ބުނީ ކުއްޖާ އަށް ކޮރޯނާގެ ނަން ދިނީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ.

އޭނާ ބުނިގޮތުގައި ނުރައްކާތެރި ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އިއުލާންކުރި ކާފިއުއަކީ ރައްޔިތުންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުވަން މަގުފަހިވި ކަމެކެވެ.

"އަހަރަމެން ގަބޫލުކުރަން މި ވައިރަހަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަން. އެކަމަކު މީގެ ސަބަބުން ރަނގަޅު ކަންތައްތަކެއް ވެސް އަހަރެމެންގެ ތެރޭގައި އާލާވެގެން ހިނގައްޖެ،" ނިތޭޝް ބުންޏެވެ. "އެހެންވެ އެކަމުގެ ރަމްޒެއްގެ ގޮތުން ކާފިއު އިއުލާން ކުރި ދުވަހު އުފަންވި ކުއްޖާ އަށް ކޮރޯނާގެ ނަން ދިނީ."

އޭނާ ބުނީ ކުއްޖާ އަށް އެ ނަން ދިނީ މަންމަ އާއި ބައްޕަގެ ރުހުމާ ވެސް އެކީގަ އެވެ. ނަމަވެސް ވައިރަހަކާ ގުޅުވައިގެން ކުއްޖަކަށް ނަން ދިނުމުން ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.

6 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 57%
icon angry icon angry 32%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިޓްލަރު

25 March 2020

ސްވައިން ފްލޫ ކިޔަން އޯކޭ؟

The name is already taken The name is available. Register?

ބާބީ

25 March 2020

ކޮރޯނާ ކިޔާ އަންހެނަކު ތައިލެންޑްގައިވެސް އުޅޭ.

The name is already taken The name is available. Register?

ޕިންކް

25 March 2020

ކުއްޖާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް.

The name is already taken The name is available. Register?

ކަރިޝް

25 March 2020

ގޮތް ހުއްޓިފަތިބި ބައެއްތީ

The name is already taken The name is available. Register?

ތުނިޔަ

25 March 2020

ގެރި އަކީ އިލާހުން އަދި މައިންނޭ ބުނާ ބަޔަކު ތިވަރު ކަމެއްކޮށްފާނެތާ!

The name is already taken The name is available. Register?

ކިޔާ

25 March 2020

ބޯހަލާކު...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454