ޓޮމް މޯ ގިނިސްގެ ސެޓްފިކެޓާ އެކު.
02 މެއި 2020 - 08:41
ފައިސާ އެއްކުރަން އެކަނިމާއެކަނި ކުރިއަށް ގެންދިޔަ ޗެރިޓީ ވޯކާ އެކު އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ޓޮމް މޯ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.
ބުރާސްފަތި ދުވަހު 100 ވަނަ އުފަން ދުވަސް ފާހަގަކުރި މޯ ވަނީ ކޮރޯނާވައިރަހާ އެކު ކުރިމަތިވި ބޮޑު ބަލިމަޑުކަމާ އެކު އިނގިރޭސިވިލާތުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ގޭގެ ބަގީޗާތެރޭގައި ހިނގައިގެން 28 މިލިއަން ޕައުންޑް (36 މިލިއަން ޑޮލަރު) އެއްކޮށްފަ އެވެ.
A very happy birthday to @captaintommoore who turns 100 today! 🎉
— GuinnessWorldRecords (@GWR) April 30, 2020
His remarkable fundraising walk has raised over £29 million for the NHS and led to two Guinness World Records titles! https://t.co/sEThn9rmW9
އޭނާ މިދިޔަ މާޗް މަހުގެ ތެރޭގައި ފެށި ޗެރިޓީ ވޯކް ވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ތަރުހީބާއި ސަމާލުކަން ލިބުނު ކަމަކަށެވެ. އެއާ އެކު ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ފައިސާ ހަދިޔާކުރަމުންނެވެ. މޯގެ އަމާޒަކަށްވީ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) 1،000 ޕައުންޑް ހަދިޔާކުރަން ބަގީޗާ ތެރޭގައި 100 ބުރު ޖަހާށެވެ. އެ އަދަދު އޭނާ ހަމަކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ނަމަވެސް އޭނާ ފެށި ހިނގުމުގެ ހަރަކާތަށް އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބެން ފެށުމުން ހިނގުމުގެ ހަރަކާތް އުފަން ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.
މީގެ ކުރިން ޗެރިޓީ ވޯކަކުން އެންމެ ގިނަ އަދަދަކަށް ފައިސާ އެއްކުރި މީހަކީ ޕްރޮސްތެޓިކް ފަޔަކާ އެކު ހިތްވަރު ދެއްކީ 1980 ގައި ކެނެޑާގެ ޓެރީ ފޮކްސް އެވެ. އޭނާ ވަނީ 1981 ގައި މަރުވެފަ އެވެ. ފޮކްސްގެ ޗެރިޓީން 5.4 މިލިއަން ޕައުންޑް (7 މިލިއަން ޑޮލަރު) އެއްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮޗްޑޮގް
02 May 2020
ދިވެހި ރާއްޖޭގައި ވެސް އެބަ ޖެހޭ ފަންޑް ރެއިޒްކުރަން ކަންތައްތަކެއް ކުރަން. މީ ދުނިޔޭގެ އެންމެ މުއްސަންދި އެއް ގައުމުގެ ރައްޔަތުން އެ ގައުމުގެ އެންއެޗްއެސްއަށް އެހީވި ގޮތް. އަޅުގަނޑުމެން ވެސް އެޗްޕީއޭ އަދި ސިއްހީ އެހީތެރިންނަށް ގަންޑް ރެއިޒްކުރަންޖެހޭ. ހަގީގަތަކީ ކޮންމެ މީހަކު ވެސް އެމީހަކަށް ވެވުނު އެހީއެއް ވެގެން މި ހާލަތުން އަރައިގަންނަން.
ދަރަނި ދަންތުރަ
02 May 2020
އަހަރެން ވެސް ހިނގާފާނަން ކޮންބޭފުޅެއް ރުފިޔާ ދޭނީ ލިބޭހުރިހާ ފައސާ ކޮވިޑު ފަންޑަށް ދޭނީ ވެސް ...
ފަށާށޭ!
03 May 2020
ފުރަތަމަ ލާރިދޭނެ ބައެއް ހޯދުމުގެކުރީން ހިގަން ފަށާ. އެބޭބެ އެވަރަށް ހިގަންފެށީ ހިލޭސާބަހަށް، ޗެރިޓީއަށް ލަާރިލިބޭނެކަމުގެ އުއްމީދުގައި، އެކަމަކު ނުލިބުނަސް މައްސަލަ އެއްނެތއކަމަށް ބަލާފައި. އެވަރަށް ގަޓުއެބަހުރި؟