ޖިފީ އުފެއްދި އެލެކްސް އާއި ޖޭސް.
17 މެއި 2020 - 09:38
އަޑު ނުހުންނަ ކުދި ވީޑިއޯކޮޅުތަކެއް ގޮތަށް ގިނަ ބަޔަކު މިހާރު ބޭނުންކުރާ ގްރެފިކަލް އިންޓަނެޗޭންޖް ފޯމެޓް (ޖީއައިއެފް) ޑިވެލޮޕްކުރާ އެމެރިކާގެ ކުންފުނި ޖިފީ ފޭސްބުކުން ބުނެފި އެވެ.
މިކަން ދެ ކުންފުނިން ކަށަވަރުކޮށް ދިން ނަމަވެސް ފޭސްބުކުން ޖިފީ ގަތް އަގު ހާމައެއްނުކުރެ އެވެ. ނަމަވެސް މާކް ޒަކަބާގްގެ ފޭސްބުކުން ޖިފީ ގަތީ 400 މިލިއަން ޑޮލަރަށް ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.
ޖިފީ އަކީ މީގެ ހަތް އަހަރު ކުރިން 2013 ގައި ވުޖޫދަށް އައި ކުންފުންފުންޏެކެވެ. އޭގެ ބާނީންނަކީ އެލެކްސް ޗަންގް އާއި ޖޭސް ކުކެވެ.
We’re so excited to share some news – GIPHY has been acquired by @Facebook and is joining the @Instagram team! 🎉
— GIPHY (@GIPHY) May 15, 2020
Read more here: https://t.co/U6AYQ16cEQ pic.twitter.com/ATjEY1VK3K
ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ޕްރޮޑަކްޓްސްގެ ވައިސް ޕްރެޒިޑެންޓް ވިޝާލް ޝާހް ވިދާޅުވި ގޮތުގައި ފޭސްބުކުން ޖިފީ ގަތް ނަމަވެސް އަދިވެސް ތާޑް ޕާޓީތަކަށް ޖިފީގެ ލައިބްރަރީ އަށް އެކްސްސެސްވެވި ޖިފް އާއި ސްޓިކާތައް ބޭނުންކުރެވޭނެ އެވެ.
ޝާހް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ފޭސްބުކާއި އިންސްޓަގްރާމްގެ ހާއްސަ ބައެއްގެ ގޮތުގައި ޖިފީ ހަމަޖެހިގެން ދިއުމާ އެކު އެ ޕްލެޓްފޯމްތަކުގެ ޝައުގުވެރިކަން އިތުރުވެގެން ދާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ޖިފީގެ ބޭނުންކުރާ 50 ޕަސެންޓަކީ ފޭސްބުކާއި އިންސްޓަގްރާމް ބޭނުންކުރާ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަބު
17 May 2020
އާދަމް ލިބޭނެ ޑޮލަރުތައް ގިނައީއޭ. އެހެންވީމަ ގަތީ.
އާދަމް ބާއީ
17 May 2020
ދެން ހަމަ އެހާ އަގުބޮޑުކޮށް ގަންނަންޖެހޭތަ؟