29 އޯގަސްޓް 2020 - 07:37
ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ތަބާވާން ޖެހިފައިވާ ގައިދުރުކަމާ ހެދި މިހާރު ބައްދަލުވުންތައް ބާއްވަން އޮތް އެންމެ ރައްކާތެރި ގޮތަކީ ވީޑިއޯ ކޯލެވެ. މިހާރު އެންމެން ވެސް ގެންގުޅޭ ސްމާޓްފޯންތަކާއި އެ ނޫން ވެސް ސްމާޓް އެހެން ޑިވައިސްތަކުން މިކަން ކޮށްލުމަކީ އެއްވެސް ކަމެއް ނޫނެވެ.
މިކަން އިތުރަށް ޝައުގުވެރިކޮށްދޭން ގޫގުލް އިން ކުރަން އުޅޭ ކަމަކީ އެންޑްރޮއިޑް ޓީވީގައި ބީޓާ ގޫގުލް ޑުއޯ ބޭނުންކޮށްލެވޭނެ ގޮތް ހަދައި ދިނުމެވެ. މި ފުރުސަތު ގޫގުލް އިން ފަހިކޮށް ދެނީ ގޫގުލް މީޓް ވެސް ކްރޯމްކާސްޓްކުރެވޭ ގޮތް ހަދައި ދީފައި ވަނިކޮށެވެ.
Make your Google Meet and Duo calls better—and bigger @google https://t.co/NCWLL6t52p
— Adhushan (@Adhushan1) August 28, 2020
އެހެންވެ ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި އެންޑްރޮއިޓް ޓީވީީ އަށް ގޫގުލް ޑުއޯ އަންނާނެ އެވެ. އޭރުން ވަކިވަކި ކޯލްތަކުތަކުގެ އިތުރުން ގްރޫޕް ވީޑިއޯ ކޯލްތައް ވެސް ޓީވީ މެދުވެރިކޮށް ހަދައިލެވޭނެ އެވެ.
ގޫގުލް އިން ބުނިގޮތުގައި މިހާރު ބޭނުންކުރާ އެންޑްރޮއިޑް ޓީވީގައި ކެމެރާއެއް ނެތް ނަމަ ޔޫއެސްބީ ކެމެރާއަކުން ވެސް ފުއްދައިލެވޭނެ އެވެ. ވީޑީއޯ ކޯލް ޓީވީ ސްކްރީނުން ފެނުމަކީ މަންޒަރު ބޮޑުކޮށް ފެންނާނެ ކަމަކަށްވާތީ މިއީ ދުރު އިތުރަށް ގާތްކޮށްދޭނެ ކަމަކަށް ވާނެ އެވެ.
ޔަގީނުން ވެސް ފޯނާއި ކޮމްޕިއުޓަރާއި ޓެބްލެޓަށް ވުރެ ޓީވީން ވީޑިއޯ ކޯލް ހެދުންވެގެން ދާނީ ވަރަށް ވެސް ތަފާތު ތަޖުރިބާއަކަށެވެ. އެންޑްރޮއިޑް ޓީވީ ގެންގުޅޭ މީހުން އަވަހަށް ކައުންޓްޑައުން ފަށާށެވެ. މާ ގިނަ ދުވަހެއް ނުވެ އަޕްޑޭޓް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy