ފޯނު ވިއްކަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 28 އިން ފެށިގެން
21 އޮކްޓޯބަރ 2021 - 06:47
މާކެޓްގައި މިހާރު ހުރި މަޝްހޫރު ބްރޭންޑްތަކާ ވާދަކުރެވޭ ފެންވަރުގެ ފޯނެއްގެ ގޮތުގައި ގޫގުލްގެ ޕިކްސެލް ސީރީޒް 6 ގެ ފޯނުތައް ދައްކާލައިފިި އެވެ.
ފުރަތަމަ ފަހަރަށް އެންޑްރޮއިޑް 12 އޮޕަރޭޓިން ސިސްޓަމް (އޯއެސް) އާ އެކު ނެރޭ ޕިކްސެލް 6 ސީރީޒްގައި ހިމެނީ ދެ މޮޑެލްއެކެވެ. އެއީ ޕިކްސެލް 6 އާއި ޕިކްސެލް 6 ޕްރޯ އެވެ. ދެ މޮޑެލްގެ ތެރެއިން ޕިކްސެލް 6 އަކީ 6.4 އިންޗީގެ އޯލެޑް ޑިސްޕްލޭއަކާއި އަށް ގިގަބައިޓްގެ މެމޮރީ އާއި 128/256 ޖީބީ ސްޓޯރޭޖްގެ ފޯނެކެވެ. ޕިކްސެލް 6 ޕްރޯ އަކީ 6.7 އިންޗީގެ އޯލެޑް ޑިސްޕްލޭއަކާއި 12 ގިގަބައިޓްގެ މެމޮރީ އާއި 128/256 ޖީބީގެ ސްޓޯރޭޖްގެ ފޯނެކެވެ.
ގޫގުލް އިން ބުނެފައިވާ ގޮތުގައި މި ދެ މޮޑެލްގެ ކެމެރާ އަކީ ވެސް މިހާތަނަށް ސްމާޓް ފޯނަކުން ގެނެސްދޭނެ އެންމެ ވަރުގަދަ އަދި އެންމެ ތަފާތު ކެމެރާއަށް ވާނެ އެވެ.
The wait is over: Pixel 6 and Pixel 6 Pro, the completely redesigned Google phones, are here. 🥳 Powered by Google Tensor, our first-ever processor, both phones are fast, smart, secure and designed to adapt to you. Learn more → https://t.co/FlQil6yXkT #Pixel6Launch
— Google (@Google) October 19, 2021
ޕިކްސެލް 6 ސީރީޒަކީ ގޫގުލްގެ "ޓެންސަ" ޗިޕާ އެކު ފަރުމާ ކޮށްފައިވާ ފޯނެކެވެ. އެއާ އެކު މިއީ ބޭނުން ކުރަން ވަރަށް ފަސޭހަ، ސްޕީޑް އެހާމެ އަވަސް ފޯނުތަކަކަށް ވާނެ ކަމަށް ބުންޏެވެ. މި ސީރީޒް ހާއްސަވާ ސަބަބުތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބަރޯސާވާ މިންވަރު ވެސް ބޮޑުވުން ހިމެނެ އެވެ. އެހެންވެ ޓްރާންސްލޭޝަނަށް ވަރަށް ބޮޑުތަން ފަސޭހަކޮށްދޭނެ އެވެ.
ޕިކްސެލް ސީރީޒް މާކެޓަށް ނެރެން ނިންމާފައި ވަނީ މި މަހުގެ 28 ގަ އެވެ. މިހާރު ޕްރީ-އޯޑަރަށް ވެސް ހުޅުވާލާފައިވާ އިރު، ޕިކްސެލް 6 ގެ އަގަކީ 599 ޑޮލަރު (9,254ރ.) އެވެ. ޕިކްސެލް 6 ޕްރޯގެ އަގަކީ 899 ޑޮލަރު (13,889ރ.) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޕަލްއައި
21 October 2021
އައިފޯނަކަށް ވާދައެއް ނުކުރެވޭނެ! އިންޝާ ﷲ!