ލައިފްސްޓައިލް / އެމެރިކާ

ޑެލިވަރީ އަވަސްކުރަން އެމެޒޯން އިން މަތިންތާބޯޓުތަކެއް ގަނެފި

އެމެޒޯންގެ ޑެލިވަރީ ހިދުމަތް އެމެރިކާގައި މިހާރަށް ވުރެ އަވަސްކޮށް ފުޅާކުރުމުގެ ގޮތުން ކާގޯ އުފުލަން މަތިންދާބޯޓްތަކެއް ގަނެފި އެވެ.

ބޭނުންކޮށްފައިވާ 11 ބޯޓެއް ގަތްކަން ކަށަވަރުކޮށްދެމުން، ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ކުންފުނިން ބުނީ މި މަތިންދާބޯޓްތައް އެމެރިކާގައި ޑޮމެސްޓިކްކޮށް އޮޕަރޭޓްކުރާނީ ކާގޯ އުފުލައި، ކަސްޓަމަރުންގެ މުދާތައް ވީހާ ވެސް އަވަހަށް ފޯރުކޮށް ދިނުމުގެ މަސައްކަތަށް ކަމަށެވެ. އެކަމަކު ބޯޓްތައް ގަންނަން ހޭދަކުރި އަދަދެއް ހާމައެއްނުކުރެ އެވެ.

އޮންލައިން ވިޔަފާރީގައި ރަސްކަންކުރާ އެމެޒޯން އިން ގަތީ ބޮއިން 300-767 މަރުކާގެ ބޯޓްތަކެވެ. މީގެ ތެރޭގައި ހިމެނެނީ ޑެލްޓާ އެއާލައިންގައި ބޭނުންކުރި ހަތް ބޯޓަކާއި ވެސްޓްޖެޓްގެ ހަތަރު ބޯޓެކެވެ. މި ފްލީޓް އެއްކޮށް އެމެޒޯންގެ ކާގޯ އުފުލުމުގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރާނީ އަންނަ އަހަރު ކަމަށް ވިޔަސް ވެސްޓްޖެޓުން ގަތް ބޯޓްތައް މި އަހަރުގެ ތެރޭގައި ބޭނުންކުރަން ފަށަން ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް އަންނަނީ ވަމުންނެވެ.

މީޑިއާތަކުން ބުނީ އެމެޒޯން އިން ފުރަތަމަ އަމިއްލަ މަތިންދާބޯޓްތަކެއް މިލްކުކުރެވުނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އޭވިއޭޝަން އިންޑަސްޓްރީ އަށް ކުރިމަތިވި ގެއްލުންތަކާ ގުޅިގެން މަތިންދާބޯޓްތަކުގެ ވިޔަފާރި ވެސް ވެއްޓި، އަގު ވެސް ވަރަށް ބޮޑަށް ތިރިވެފައި ވަނިކޮށެވެ.

އެމެޒޯން އިން މިހާރު އެއާ ކާގޯ އަށް ބޭނުންކުރަނީ ލީސް އެގްރިމަންޓްގެ ދަށުން ހޯދާފައިވާ މަތިންދާބޯޓްތަކެވެ.

މިކަމާ ބެހޭ ގޮތުން އެމެޒޯން އިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ގްލޯބަލް އެއާގެ ވައިސް ޕްރެޒިޑެންޓް ސާރާ ރޯޑްސް ވިދާޅުވީ އެމެޒޯންގެ އަމިއްލަ ބޯޓްތަކެއް ކާގޯ އަށް ބޭނުންކުރުންވެގެން ދާނީ ހިދުމަތުގެ ފެންވަރު އިތުރަށް ކުރިއަރައިގެން ދާނެ ކަމަކަށެވެ.

"އަހަރެމެންގެ އެންމެ ބޮޑު ގޯލަކީ އަބަދު ވެސް ކަސްޓަމަރުންގެ މުދާތައް ވީހާ ވެސް އަވަހަކަށް ޑެލިވަކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އަހަރެންގެ ލީސް ފްލީޓްގެ ތެރެއަށް އަމިއްލަ ބޯޓްތަކެއް އައުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. މީގެ ނަތީޖާއަކަށް ވާނީ ހިދުމަތް ވަރަށް ބޮޑަށް އަވަސްވުން. ހާއްސަކޮށް އެމެރިކާގައި."

އެމެޒޯން އިން ބުނިގޮތުގައި އަމިއްލަ މަތިންދާބޯޓްތައް އަންނަ އަހަރުގެ ތެރޭގައި ކާގޯ އުފުލަން އުދުހޭނީ އެއާލައިންގެ ހިދުމަތްދޭ ކުންފުނިތަކަކާ ވެސް ގުޅިގެން ތާޑް-ޕާޓީ އުސޫލުންނެވެ.

އެމެޒޯންގެ އެއާ ފްލީޓް ލޯންޗްކުރީ 2016 ގަ އެވެ. އަމާޒަކަށްވެފައި ވަނީ ލީޒްގެ އިތުރުން އަމިއްލަ ބޯޓްތަކާ އެކު 2022 ގައި ފްލީޓްގެ އަދަދު 85 އަށް އެރުވުމެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 23%
icon angry icon angry 8%
icon wow icon wow 31%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބުރަންޖީ ހާޖީ

08 January 2021

ޖެފުވެސް ކޮވިޑުދުވަސްކޮޅު މިވަރުއަރުވާލަންޖެހޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!