ލައިފްސްޓައިލް

އާ އުސޫލަށް އެއްބަސްނުވާ ނަމަ ވަޓްސްއެޕް ބޭނުމެއް ނުކުރެވޭނެ

މަހުޖަނު އީލޮން މަސްކް މިހާރު އަންނަނީ ވަޓްސްއެޕް ބޭނުންކުރާ މީހުން އެ ދޫކޮށްލައި، ސިގްނަލް އަށް ހިޖުރަކުރަން ގޮވައިލައްވަމުންނެވެ. ސަބަބަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވަޓްސްއެޕުން އަމަލުކުރަން ފަށާ "ކަންބޮޑުވުން ހުރި" އުސޫލަކާ ހެދި އެވެ. އެހެންވެ ރައްކާތެރި ގޮތަކީ އެ ދޫކޮށްލައި ސިގްނަލް ބޭނުންކުރަން ފެށުން ކަމަށް އޭނާ އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ވަޓްސްއެޕް ބޭނުންކުރާ އާންމުންގެ މެދުގައި ވެސް މި ފިކުރު ދަނީ ބޮޑުވަމުންނެވެ. މިއީ ކިހިނެއްވާ ކަމެެއްތޯ ސުވާލުކުރާ މީހުން ވަނީ ގިނަ އެވެ.

ކުރު ޖަވާބަކީ، ފޭސްބުކުގެ ދަށުން ހިންވާ ވަޓްސްއެޕުން އެ ބޭނުންކުރާ މީހުންގެ ޒާތީ ބައެއް މައުލޫމާތު ފޭސްބުކާ ހިއްސާކުރަން މަޖުބޫރުކުރުވަނީ އެވެ. އެހެން ނޫން ކަމަށްވާ ވަނަ ވަޓްސްއެޕް ބޭނުންކުރުމުގެ ހައްގުން މަހުރޫމު ވެސް ވެދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑޭޓާ ހިއްސާކުރުމާ ގުޅޭ ގޮތުން ވަޓްސްއެޕުން އަލަށް އަމަލުކުރަން ފަށާ އާ އުސޫލަށް އަންނަ މަހުގެ 8 ގެ ކުރިން އެ ބޭނުންކުރާ މީހުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ އެވެ. އެކަމުގެ ނޮޓިފިކޭޝަން ވެސް މިހާރު ވަނީ ލިބެން ފަށައިފަ އެވެ. ވަޓްސްއެޕް ދާއިމީކޮށް ބޭނުންކުރަން ބޭނުންވާ ނަމަ އާ އުސޫލަށް އެއްބަސްވާން ޖެހޭނެ އެވެ. އަނެއް ގޮތަކީ އުސޫލު ގަބޫލުނުކޮށް، ވަޓްސްއެޕް ބޭނުންކުރުމުން މަހުރޫވުމެވެ.

އާ އުސޫލުގެ ދަށުން، ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ފޯނު ނަމްބަރު ފަދަ ޒާތީ މުހިއްމު މައުލޫމާތުތައް ފޭސްބުކަށް ދޭންޖެހޭނެ އެވެ.

މީގެ އިތުރުން ބޭނުންކުރާ ޑިވައިސްއާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޑިވައިސްގެ ބެޓެރީ ލެވެލް، ސިގްނަލް ސްޓްރެންތު، އެޕް ވާޝަން، ބްރައުޒާ އިންފޯ، މޮބައިލް ނެޓްވޯކް، ކަނެކްޝަނާ ބެހޭ މައުލޫމާތު (ފޯނު ނަމްބަރު، މޮބައިލް އޮޕަރޭޓަރު/އައިސްޕީ)، ބަހުރުވަ، ޓައިމް ޒޯން، އައިޕީ އެޑްރެސް ޑިވައިސް އޮޕަރޭޝަނާ މައުލޫމާތު ހިމެނެ އެވެ.

ވަޓްސްއެޕްގެ މި އާ ސޫލަކީ ފޭސްބުކްގެ ދަށުން ހިންގާ އެއްޗެހި ގުޅުވައިލަން ކުރާ މަސައްކަތުގެ ބައެކެވެ. އެއީ އިންސްޓަގްރާމާއި މެސެންޖާ ވެސް ފޭސްބުކާ މިހާރު ގުޅާލާފައި އޮންނަ ގޮތަށެވެ.

އެހެންވެ ވަޓްސްއެޕްގެ އާ އުސޫލާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދީ ވަޓްސްއެޕްގެ އޮފިޝަލަކު ވަނީ ގިނަ ޓްވީޓްތަކެއް ކޮށްފަ އެވެ. އޭގައި ވަޓްސްއެޕްގެ ހެޑް ވިލް ކެތުކާޓް ވިދާޅުވެފައިވާ ގޮތުގައި ވަޓްސްއެޕަކީ ފެށުނީއްސުރެ ވެސް ޕްރައިވެސީ އާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އެއްޗަކަށްވާތީ އެކަން އަބަދު ވެސް އޮންނާނީ އެހެންނެވެ. އެއީ އެ މީހުންގެ "ޑީއެންއޭ" ގައި ވާ ކަމެއް ކަމަށާއި ވަޓްސްއެޕަކީ މިހާރު "އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް" ޕްލެޓްފޯމަކަށްވާތީ ޕްރައިވެސީއާ ދޭތެރޭ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނުކުރާނެ ކަމަށް ބުންޏެވެ.

މީގެ 11 އަހަރު ކުރިން ވުޖޫދަށް އައި ވަޓްސްއެޕަކީ މިހާރު 2.5 ބިލިއަން މީހުން ބޭނުންކުރާ އެއްޗެކެވެ. މާކް ޒަކަބާގްގެ ފޭސްބުކުން އެ ޕްލެޓްފޯމް ގަތީ 2014 ގަ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 86%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454