ލައިފްސްޓައިލް / ކިރު

ކިރު ސައި ތި ހަދަނީ ރަނގަޅަށްތަ؟

ކިރު ސައި ހަދާ އިރު ތައްޓަށް ކުރިން އަޅަން ވާނީ ފެނުގެ ކުރިން ކިރު ކަމަށާއި އޭގެ ސަބަބުން ސައިގެ ރަހަ މާ ރަނގަޅުކޮށް ދޭނެ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިޔަކު ވިދާޅުވެއްޖެ އެވެ.

ލީޑްސް ޔުނިވަސިޓީގެ ފުޑް އެންޑް ނިއުޓްރިޝަން ޑިޕާޓްމަންޓްގެ ކޮލޮއިޑް ކެމިސްޓްރީ ޕްރޮފެސަރު އެލަން މެކީ ވިދާޅުވި ގޮތުގައި ހާޑް ވޯޓާ ނުވަތަ މިނެރެލްގެ މިންވަރު މަތި ފެނުން ސައި ހަދާ އިރު ފެނުގެ ފަހުން ސަޔަށް ކިރު އަޅާ ނަމަ އެ ސައިތަށިން ލިއްބައިދޭން ޖެހޭ ހަގީގީ ރަހައެއް ނުލިބޭނެ އެވެ، އެހެންވެ ޕްރޮފެސަރުގެ އިލްތިމާސްކީ ކިރު ސަޔަށް ލޯބިކުރާ މީހުން ޖޯޑަށް "ހާޑް ވޯޓާ" އެޅުމުގެ ކުރިން ޖޯޑަށް ކިރު އެޅުމަށެވެ.

"އެހެން ނޫން ކަމަށްވާ ނަމަ ހާޑް ވޯޓާގައި އެކުލެވޭ މިނެރަލްގެ ސަބަބުން ކިރު ސައި ތަށީގެ ހަގީގީ ރަހައެއް ނުލިބޭނެ." އޭނާ ވިދާޅުވި އެވެ.

ޕްރޮފެސަރު ވިދާޅުވި ގޮތުގައި ކިރަކީ އޭގައި އެކުލެވޭ ޕްރޮޓީނެއްގެ ސަބަބުން ފެނުގެ އެކުލެވޭ މިނަރެލްގެ ކޮންޓެންޓް ދަށްކޮށްދޭ އެއްޗެކެވެ. އެހެންވެ ސައި ހަދާ އިރު ފެނުގެ ކުރިން ޖޯޑަށް ކިރު އަޅާފައި އޭގެ ފަހުން ފެން އަޅައިގެން ސައި ހަދާ ނަމަ ރަހަ އަށް އަންނަ ތަފާތު ފާހަގަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެލަން ވިދާޅުވި ގޮތުގައި ސަޔަށް މި ބަދަލު ގެނެސް ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް މާއްދާ އަކީ ސައިފަތުގައި އެކުލެވޭ ޓެނައިންސް އެވެ.

"އޭގެ މާނަ އަކީ ފެނުގައި މިނެރަލް ގިނަވާ ވަރަކަށް މި ބުނާ މާއްދާގެ ދައުރު ކުޑަވެ، ބުއިމުން ލިބެން ޖެހޭ ހަގީގީ ރަހަ ގެނެސްދޭން ހުރަހަކަށްވެއޭ." އޭނާ ވިދާޅުވި އެވެ.

އެލަން ވިދާޅުވި ގޮތުގައި ސައި ހަދާ އިރު ޖޯޑުގެ ތެރެއަށް ފެން އަޅާފައި ސައިފަތް ޕެކެޓް ބާއްވައި، އޭގެ ތެރެއަށް ކިރު އަޅާ ނަމަ ސައިފަތުގެ ޓެނައިންސްގެ މަސައްކަތަށް ހުރަސްއެޅެ އެވެ. އަދި އެގޮތަށް ސައި ހަދާ ނަމަ ޓެނައިން "ހަރުވެ" ސައިތަށީގެ އަސްލު ރަހަ ގެއްލޭނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެއާ ހިލާފަށް އެއާ ހިލާފަށް ފުރަތަމަ ޖޯޑުގެ ތެރެއަށް ކިރު އަޅާފައި ދެން ހުރި ޕްރޮސެސް ކުރިއަށް ގެންދިޔަމައި އަސްލު ކިރު ސައިގެ ރަހަ އިހުސާސްކުރެވޭނީ." އޭނާ ވިދާޅުވި އެވެ.

ހާޑް ވޯޓާ އަކީ ކެލްސިއަމާއި މެގްނީޒިއަމް މަތީ މިންވަރަކަށް އެކުލެވޭ ފެނެވެ. އަދި ސޮފްޓް ވޯޓާ އަކީ ސޯޑިއަމް ލެވެލް މަތި ފެނެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

08 April 2021

އެންމެ މީރު ކިރުސަޔަކީ އިންޑިއާގެ މުމްބައި އަދި ޕާކިސްތާނުގެ ކަރާޗީ ގެ ބައެއް ސައި ހޮޓާތަކުން ދޭ ބޮމްބޭޓީއެވެ. އެ ސައި ހަދަން ބޭނުންކުރަނީ ވަކި ބާވަތެއްގެ ސައިފަތެކެވެ. ދެން އިންޑިއާގައި ހުންނަ ރެޑް ލޭބަލް ސައިފަތުން ސްވީޓްނަރ ކިރު އަޅައިގެންވެސް މީރު ކިރުސައިހެދެއެވެ. އަދި ލަންކާގައި ހުންނަ ވަކި ބާވަތެއްގެ ކުނޑި ސައިފަތަކުން ކާރނޭޝަން ކިރު އަޅައިގެންވެސް މީރު ކިރުސައި ހެދެއެވެ. މުޖައްރިބު.

The name is already taken The name is available. Register?

ކަޅުސައި

08 April 2021

އިންޑިއާ މީހުން ކިރުސައި ހަދަން އެންމެ މޮޅުވާނީ.

The name is already taken The name is available. Register?

ސައުތު ތައުފީގު

08 April 2021

ކިރުސައި ބޯން ނުލިބޭ އެހާވަރަށް ލާރި ނުލިބޭތީ. އެއްޗެއް ކަޅެއް މިޖަހަނީ ބޮޑުހޮޓަލުން. ދެން އެތަނުގެ ސަމާވަރު ކިރުސައިގިރާ ފުރޭނި ފެނިފަވެސް ކިރުސައި ވަރަށް ބޯހިތްވޭ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454