ކުޅިވަރު / ދިވެހި ޕްރިމިއަ ލީގު 2023-2024 ގެ ކޮލިފިކޭޝަން

ކުޅުދުއްފުށި ބަލިކޮށް އުތުރުގެ އެއްވަނަ އަށް ދިއްދޫ ޖެހިލައިފި

ދިއްދޫ ބިއެކްސް ޓީމު، އިހަވަންދޫ ޕޯލްސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ކްލަބް ޕޯލްސްޓާ

އުތުރު ލީގު ދެވަނަ ޑިވިޝަނުގައި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް 3-1 އިން ބަލިކޮށް ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބް ގުރޫޕުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ބީއެކްސް ސްޕޯޓްސް އެއްވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމު ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް ފަހުން ކުޅުނު ތިން މެޗު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ޒިގްޒެގްގެ ފުރަތަމަ ބައްޔާ އެކު އެޓީމު އޮތީ ހަތް ޕޮއިންޓާ އެކު ދެވަނައިގަ އެވެ. ފުރަތަމަ ކުޅުނު ދެ މެޗުން ޒިގްޒެގް މޮޅުވިއިރު ތިންވަނަ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ބީއެކްސް ސްޕޯޓްސްގެ ފުރަތަމަ ދެ ލަނޑު ޖެހީ ޕެނަލްޓީއިންނެވެ. ފުރަތަމަ ޕެނަލްޓީ 27 ވަނަ މިނިޓުގައި ހުސެއިން ޒިމްޔާން ކާމިޔާބު ކުރިއިރު، 64 ވަނަ މިނިޓުގައި ދެވަނަ ޕެނަލްޓީ ޖެހީ ތައުމީން ނޫހް އެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ޖަހައިދިނީ އާދަމް ނަސީމެވެ.

ޒިގްޒެގުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޒައިދު މުހައްމަދެވެ.

ނެއްލައިދޫ އަށް ފުރަތަމަ ޕޮއިންޓް

މި ގުރޫޕުގައި ހިމެނޭ ޓީމް ނެއްލައިދޫ ވަނީ އިއްޔެ ކުޅުނު މެޗުގައި އިހަވަންދޫ ކްލަބް ޕޯލްސްޓާއާ ވާދަކޮށް 1-1 އިން އެއްވަރު ކޮށްގެން ޕޮއިންޓެއް ހޯދައިފަ އެވެ.

މިއީ ނެއްލައިދޫ މުބާރާތުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ. ފުރަތަމަ ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.

ނެއްލައިދޫ އާއި ޕޯލްސްޓާ ބައްދަލުކުރި މެޗުގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް

ހަނިމާދޫ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ނެއްލައިދޫ އިންނެވެ. މި ލަނޑު 24 ވަނަ މިނިޓުގައި ޖަހައިދިނީ އަލީ ޝާހީން އެވެ. ޕޯލްސްޓާ އިން އެއްވަރު ކުރީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް މުހައްމަދު ސާނިއު ޖަހައިދިން ލަނޑުންނެވެ.

މިއާ އެކު ހއ. އަދި ހދ. އަތޮޅުގެ ފަސް ޓީމު ހިމެނޭ ގުރޫޕުގައި ކޮންމެ ޓީމަކަށް ވެސް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ދިއްދޫ ބީއެކްސް ސްޕޯޓްސް 10 ޕޮއިންޓާ އެކު އެއްވަނައިގައި އޮތްއިރު، ހަތް ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ކުޅުދުއްފުށީ ޒިގްޒެގް އެވެ. އަދި ތިންވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދާފައިވާ ޓީމް ހަނިމާދޫ އެވެ.

އިހަވަންދޫ ޕޯލްސްޓާ އާއި ޓީމް ނެއްލައިދޫ ވެސް މެޗަކުން މޮޅެއް ހޯދިފައި ނުވާއިރު، ޕޯލްސްޓާ ހަތަރުވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ނެއްލައިދޫ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ދިއްދުއާއި ހަނިމާދޫގައި ހޯސްޓުކުރާ މި ގުރޫޕުން، އުތުރު ލީގުގެ އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވާ ދެ ޓީމެއް ޔަގީން ވާނީ ދެވަނަ ލެގުގެ މެޗުތަކަށް ފަހު އެވެ.

މާދަމާ ހަވީރު ވެސް މި ގުރޫޕުގެ ދެ މެޗު ކުޅޭނެ އެވެ. ދިއްދޫގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެރަށު ބީއެކްސް ސްޕޯޓްސް އާއި ޕޯލްސްޓާ އެވެ. ހަނިމާދޫގައި ކުޅޭ މެޗުގައި ޓީމް ހަނިމާދޫ ނުކުންނާނީ ޓީމް ނެއްލައިދޫއާ ދެކޮޅަށެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454