ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

މިލަންދޫ އަތުން ހަނި ގޮތަކަށް މާޒިޔާ ސަލާމަތްވެއްޖެ

މިލަންދޫގެ ވިސާލް (ވ) ކައިރިން މާޒިޔާގެ އުމެއިރު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. މިލަންދޫ އަތުން 1-0 އިން ހޯދި އުނދަގޫ މޮޅާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މާޒިޔާ އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ގދ. ތިނަދޫ ފަސް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ހަ ވަނައިގައި އޮތް އއ. މާޅޮހަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް މިލަންދޫ އާއި އެންމެ ފުލުގައި އޮތް ދ. ކުޑަހުވަދޫ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިރޭގެ މެޗަށް ނުކުތްއިރު މާޒިޔާ އިން ވަނީ ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްފަ އެވެ. ހަސަން ޝިފާޒް (ޑުންގާ)، އިސްމާއިލް އީސަ، ގާސިމް ސައްމާމު (ސައްމެ) އަދި އަހުމަދު އިމާޒް (އާއްކޮ) ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އެ ޓީމަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އުމެއިރު ފެށީ ބެންޗުންނެވެ.

މެޗު ފަށައިގެން މާޒިޔާގެ ފަރާތުން އަވަސް އެޓޭކިން ކުޅުމެއް ފެނުނުއިރު ފުރަތަމަ ދިހަ މިނިޓް ތެރޭގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ފުރަތަމަ ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އަނެއް ބޯޅަ މިލަންދޫ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.

ކައުންޓާގައި މިލަންދޫ އަށް ލިބޭ ބޯޅަތަކުގައި އެ ޓީމުގެ ކުރިއަށްކުޅޭ މުހައްމަދު ޒަމީރު ދިޔައީ މާޒިޔާ ޑިފެންސަށް ބާރުބޮޑު ކުރަމުންނެވެ.

މެޗުގެ 25 ވަނަ މިނިޓްގައި އާއްކޮ އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އެ ޓީމުގެ ކެރިޗް އަންދްރޭ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އަސަދުﷲ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު އިރުފާން (އިރޭ) އެވެ.

މެޗުގެ 32 ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގައިދޭން ކެރިޗަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އީސަ ހުސްކޮށްލާފައި ކެރިޗަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް މިލަންދޫ އަށް ކުޅޭ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ފަހުން ލިބުނު ބޯޅަ އަކުން އިމްރާން ކައިރިން ނައްޓާފައި ކެރިޗް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފަށް މާޒިޔާ އިން ނުކުތީ ބަދަލަކާ އެކު އެވެ. އާއްކޮގެ ބަދަލުގައި އުމެއިރު ވަނީ ކުޅެން އަރުވައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ހާފްގައި ފުރަތަމަ ހަމަލާ އުފެއްދީ މިލަންދޫ އިންނެވެ. މެޗުގެ 47 މިނިޓްގައި އޭރިއާ ބޭރުން ޒަމީރު ފޮނުވާލި ބޯޅަ މާޒިޔާގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މާޒިޔާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެެސް ނުރައްކާތެރި ހަމަލާއެއް ނުއުފެއްދުނެވެ.

މެޗުގެ 59 ވަނަ މިނިޓްގައި މިލަންދޫގެ ޒަމީރު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު މަހުމޫދު ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 75 ވަނަ މިނިޓްގައި ޑުންގާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ކެރިޗް ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން ހުރަސް ވެގެން ލިބުނީ ޑުންގާ އަށެވެ. އެ ބޯޅަ ފެނުގައި ޖެހިފައި އައި ގޮތުން ޑުންގާ އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތްނުވިއިރު، ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މާޒިޔާ އިން މެޗުގެ 80 ވަނަ މިނިޓްގައި ވަނީ ޑުންގާގެ ބަދަލުގައި އައްސަދު އަލީ (އަޑޭ) ކުޅެން އަރުވައިފަ އެވެ. އޭނާ އެރިތާ ދެ މިނިޓް ތެރޭ ކެރިޗް ވަނީ މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 82 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އަޑޭ އަށް ލިބުނު ބޯޅަ އޭނާ ތިރިތިރިން ގޯލުގެ ކުރިމައްޗަށް ހުރަސް ކޮށްލުމުން ހުސްކޮށް އަރައި ހުރި ކެރިޗް ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން މެޗުގެ 88 ވަަނަ މިނިޓްގައި ލީޑުފުޅާކުރަން ކެރިޗަށް ލިބުނު ބޯޅަ ލަސްކޮށްލުމުން އޭނާ އަށް އެންމެ ރަނގަޅަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

މެޗަށް ފަހު މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ މެޗަށް އައީ ޕޮއިންޓަކަށް އުއްމީދު ކޮށްގެން ކަމަށާއި އެކަން ހާސިލްނުވި ނަމަވެސް ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ދެއްކި މި ކުޅުމާ މެދު ހިތްހަަމަ ޖެހޭ. ހަގީގަތުގައި ލަނޑު ވަނީ އެޓޭކަށް ވިސްނިފައި އިން ވަގުތެއްގައި. ދެން މެޗަށް ނުކުތީ ޕޮއިންޓަކަށް ޓާގެޓް ކޮށްގެން. އެކަން ނުވެ މިދިޔައީ. ދެން ބޭނުންވި އަނެއް ކަމަކީ ކޮޅަށް ލަނޑުތަކެއް ވަނަ ނުދިނުމަށް. މި މެޗުގައި ވެސް ކުޅުންތެރިންގެ ތަޖުރިބާ މަދުވުމުގެ ބައި ފެނިގެންދިޔަ،" ނާސިރު ބުންޏެވެ.

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ މެޗުގެ ކުރީކޮޅުގައި ލިބުނު ފުރުސަތުތަކުގައި ބޭނުން ހިފުނު ނަމަ ގިނަ ލަނޑުތަކެއް ފެންނާނެ ކަމަށެވެ.

"ފުރަތަމަ މިނިޓްގައި އެ ލިބުނު ބޯޅައިން ގޯލު ޖެހުނު ނަމަ ވަރަށް ގިނަ ލަނޑު ޖެހޭނެ ރެޔެއްް މިއީ. ލަނޑު ޖަހާނެ ދިހަ ވަރަކަށް ފުރުސަތު ނުލިބި ނުޖެހެންޏާ މިހެން ދިމާވާނެ. އެކަމަކު އެންމެ ފަހު ވަގުތުގައި މޮޅުވުމުން ބޭނުންވި ޓާގެޓް ހާސިލްވެއްޖެ. އެއީ ތިން ޕޮއިންޓް އަހަރެމެން އެކަނި މިއޮތީ ތިން މެޗުން މޮޅުވެފެން،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ މިރޭގެ މެޗުން މޮޅުވުމުގައި ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާ ކަމަށެވެ.

"އަހަރެމެން މި މެޗަށް ނުކުތީ ބަދަލުތަކަކާ އެކު ބައެއް ކުޅުންތެރިންނަށް ފުރުސަތުދޭން. އެކަމަކު މެޗުގެ އޮއިވަރު ދިޔަ ގޮތުން ބައެއް ކުޅުންތެރިން ކުޅެން އަރުވަން ޖެހުނު. އެގޮތަށް އެރުވުމުން ތަޖުރިބާހުރި ކުޅުންތެރިން (އުމެއިރު، އަޑޭ) ތަފާތު ދެއްކި،" ސެކުލޮސްކީ ބުންޏެވެ.

4 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޮޔޮގޮތް!

21 August 2017

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، އަސަދުﷲ އަވަސް ސިފާއަކައް އެދެން إن شاء الله ، ހަޣިޣަތުގަ ބުނާނަމަ މާޒިޔާ ވަރު ޓީމައް މީ ލަދެއް މީ މާޒިޔާ ވަރު ޓީމެއް މިއައް ވުރެ ރަންގަޅު ނަތީޖާއެއް ނެރެވެން ޖެހޭނެ މެޗެއް އަސްލުގަ ބުނާނަމަ އަޅުގަނޑައް ފެންނަ ގޮތުގަ ތިކޯޗައް ވެސް ޓީމް ފޯމެޓް ކޮއްލަން ނޭގުނީ ކަމައް އަޅުގަނޑައް ލަފާ ކުރެވެނީ ދެން އިގިދާނެ ކުރިއައް އޮތް މެޗް ތަކު ނިކުންނަ ނަތީޖާ އައް ބެލީމަ ، ކުރިއައް އޮތް ތަނުގަ ﷲއިރާދަފުޅުކުރެއްވިއްޔާ ޓީމް ރަންގަޅު ވާނެ ކަމައް إن شاء الله ، ، أمين ،،،،

The name is already taken The name is available. Register?

ނިލް

20 August 2017

މަރުހަބާ މާޒިޔާ

The name is already taken The name is available. Register?

މެސީ

20 August 2017

އެ ޓީމަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އުމެއިރު ފެށީ ބެންޗުންނެވެ. އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު މެޗް ގަ އެންމެ ދަށް ކުޅުމެއް ފެނުނީ އުމައިރުގެ ފަރާތުން. މިރޭ ވެސް ފަހަތުގަ އޮންނަ މީހާއަށް މުޅިން ޕާސް ދިނީ. މިލަންދޫ ޓީމްގަ އޭނަ ނަގައިގެން އޮތް ޑިފެންޑަރު ބީޓެއް ނުވޭ. އުމައިރު މޮޅު ބައެއް ފަހަރު ފްރީ ކިކް ނަގަން. އެހެންނޫނީ މިހާރު އޮއްސެމުންދާ ތަރިއެއް.

The name is already taken The name is available. Register?

މޯޑު

20 August 2017

ޏަޒީހު ބުނާނެ އަޑޭ ކަޑަ ވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454