ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

އުމެއިރުގެ ދެ ލަނޑުން މާޒިޔާ އަށް ރަނގަޅު ފެށުމެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ޗެމްޕިއަން މާޒިޔާ ކުޅުނު ފުރަތަމަ މެޗުން މިރޭ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އަތުން 3-0 އިން މޮޅުވެ އެއް ވަނަ މަގާމަށް އަރައިފި އެވެ.

މާޒިޔާ އާއި މިއަދު ހަވީރު ގދ. ތިނަދޫ އަތުން މޮޅުވި ޓީސީ ސްޕޯޓްސް ކްލަބުން 19 ޕޮއިންޓް ހަމަކޮށްފައިވާއިރު މާޒިޔާ އަށް އެއް ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ޓީސީ ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި 18 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ނިއު ރޭޑިއަންޓެވެ. މާދަމާ ހަވީރު ށ. މިލަންދޫ އަތުން މޮޅުވެގެން އެ ޓީމަށް އަލުން އެއް ވަނަ ހޯދޭނެ އެވެ. މިރޭ ބަލިވި ކުޑަހުވަދޫ އޮތީ އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގަ އެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކެޕްޓަން އަދި އިތުބާރު ފޯވާޑް އަސަދުﷲ އަބްދުﷲ ނެތި ކުޅުނު މާޒިޔާ އިން މެޗުގެ ތިން ގޯލް ވެސް ޖެހީ ފަހު 15 މިނެޓުގެ ތެރޭގަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލް 75 ވަނަ މިނެޓުގައި ޕެނަލްޓީއަކުން މުހައްމަދު އުމެއިރު ޖަހައިދިން އިރު 85 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ ވެސް އޭނާ އެވެ. އަދި ތިން ވަނަ ގޯލް 88 ވަނަ މިނެޓުގައި ޖެހީ އިސްމާއިލް އީސާ އެވެ. ކުޑަހުވަދޫން ވަނީ މާޒިޔާގެ ފުރަތަމަ ގޯލާ ހަމައަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނީ ރަނގަޅަށް ކުޅެ ކުޅުންތެރިން ޓާގެޓް ހާސިލްކޮށްފި ކަމަށާއި އެހެންވެ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

"މެޗު އުނދަގޫވެގެން ދިޔައީ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނީމާ. ލަނޑެ ޖެހުމާ އެކު ފަސޭހަވެގެން ދިޔައީ. އެއީ އަބަދުވެސް ވާގޮތް. އެކަމަކު ކުޅުންތެރިން އެހާތަނަށް ވެސް ކޮންސެންޓްރޭޝަން ހިފަހައްޓައި އަހަރެންގެ އިރުޝާދުތައް އަޑުއެހި. އަހަރެން އަބަދުވެސް އުފާވާނެ ކޮންމެ ނަތީޖާއަކުން ނަމަވެސް މޮޅުވެއްޖެއްޔާ،" ސެކުލޮސްކީ ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މާޒިޔާ އަށް ޕެނަލްޓީ ލިބުމާ ހަމައަށް އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އެހިސާބުން ކުޅުންތެރިންގެ ހިތްވަރު އެލިގެން ދިޔައީ ކަމަށެވެ.

"ކުޅުމާ ދޭތެރެ ހިތްހަމަޖެހޭ. ކޮންމެ ދުވަހަކު ވެސް މި އަންނަނީ ތަޖުރިބާތަކެއް ކުރަމުން. ފޯމޭޝަނާއި ކުޅުމުގެ ސްޓައިލް ބަދަލުކުރަމުން މި އަންނަނީ. މިއަދު ވެސް ނުކުތީ ބޮޑު ބަދަލަކާ އެކު ސިސްޓަމާއި ކުޅުމުގެ ސްޓައިލަށް. މެޗުގެ 75 މިނެޓު ރަނގަޅަށް ކުޅުނު. (މާޒިޔާ އަށް) އޯޕަން ޗާންސެއް ނުދެޔޭ ބުންޏަސް ރަނގަޅުވާނެ. އަޅުގަނޑުމެންނަށް ވެސް ރަނގަޅު ދެ ޗާންސެއް ވަރު ލިބުނު،" މޯހަން ބުންޏެވެ.

އޭނާ ބުނީ ޕެނަލްޓީއާ މެދު އެއްޗެއް ބުނަން އެނގޭނީ ރީޕްލޭ ބެލުމަށް ފަހު ކަމަށާއި އެހާ ހިތްވަރުކުރަމުން އަންނަނިކޮށް އެގޮތަށް ވުމުން ކުޅުންތެރިންގެ ހިތްވަރު އެލިގެންގޮސް ފަހުކޮޅު ވަރުބަލިކަމާ އެކު ސަމާލުކަން ގެއްލިގެން ދިޔައީ ކަމަށެވެ.

4 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވސވވދސދސދ

15 October 2017

މަރުހަބާ މާޒިޔާ

The name is already taken The name is available. Register?

ހަަހަ

15 October 2017

ރެފްރީ މޮޅުކޮށްދޭން ހުރިއްޔާ މޮޅުވާނެ. ރެފްރީ ހުރީ އެފަދަ ޗާންސަކަށް ބަލަބަލާ. އެހެންހުއްޓާ ޕެނަލްޓީއޭރިޔާތެރެއިން މީހުންގަނޑުވެއްޓުނީ. އަސްލު އަހަރެންހީކުރީ ކުޑަހުވަދޫއަށް ޖެހުމެއް ލިބުނީކަމަށް. އެކަމަކު ޓަސްލާފާ މާޒިޔާއަށް އެދިނީ ޕެނަލްޓީއެއް. މެޗްނިމެމުން ދިޔައިރު މާޒިޔާއަށޤ ސްކޯ ނުކުރެވުނީމާ ރެފްރީ ހަމަ ގަސްދުގާ ކުޑަހުވަދޫއަށް ދިން ބޮނޑިއެއް އެއީ.

The name is already taken The name is available. Register?

ދުބުރިކުޑޭ

15 October 2017

ކޮންއިރަކުންބާ މި ލިޔާ މީހުންނަށް ލިޔޭ އެއްޗެއްވިސްނޭނީ. އިތުބާރު ފޯވާޑް؟ އިތުބާރު ނޫން ފޯވާޑެއް ހުރޭތަ؟ އިތުބާރު ނޫން ކުޅުންތެރިޔަކު ދަޑުމައްޗަށް އަރުވާނެހެނެއް ހިޔެއްނުވޭ. ނޫނީ އިތުބާރު ފޯވާޑް މީ އަސަދުﷲ ގެ ނަމުގެ ބައެއްބާ؟

The name is already taken The name is available. Register?

މުޖޭ

15 October 2017

އިތުބާރު ނޫން ފޯވާޑުންނަކީ މިސާލަކަށް ނިއުގެ ފޯވާޑު ސެންޓޭ. ސީޒަން ނިމެން ދާއިރު އަދި އެންމެ ފަސް ލަނޑު ޖެހުނީ. އެއީ 15 މެޗުން. މާނައަކީ ކޮންމެ ތިން މެޗަކުން ލަނޑެއް. އެއީ އިތުބާރު މިހާރު ގެެއްލިފައިވާ ފޯވާޑުން. އެކަމަކު އަގު ވަރަށް ބޮޑު- ލައިކް ނިއަލީ ވަން މިލިއަން ފޯ އަ ސިންގަލް ސީޒަން. ހޯޕް ޔޫ އަންޑަސްޓުޑް ވަޓްސް ދަ ޑިފެރެންސް ބިޓްވީން އަ ފޯވާޑު އެންޑް އެން އިތުބާރު ފޯވާޑު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454