ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ނިއު ބަލިކޮށް އީގަލްސް އެއް ވަނަ އަށް

ނިއު ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް އަތުން 2-0 އިން މޮޅުވެ ކްލަބް އީގަލްސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އީގަލްސް އެއް ވަނަ އަށް އެރީ ދެ ވަނައިގައި އޮތް މާޒިޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެޓީމަށް ވަނީ 12 މެޗުން 26 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް 11 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން އެއް ވަނަ ލިބޭނެ އެވެ.

ނިއު އޮތީ ކުޅުނު 12 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.

ރަސްމީ ބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ފެށިގެން ހަ ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)ގެ ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބާލައިފަ އެވެ. އޭގެ ފަހުން ނިއުގެ ފަހަތަށް ކުޅޭ ވެލިޗްކޯ މިޓްކޯވް އާއި ސެގުން މައިކަލް ވެސް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހަމަލާ މެޗުގެ 15 ވަނަ މިނިޓްގައި އުފެއްދީ އީގަލްސް އިންނެވެ. ނިއުގެ އޭރިއާ ތެރެއިން އީގަލްސްގެ މެސެޑޯނިއޯ ފޯވާޑް ރިސްޓޭ ނައުމޯވް ފޮނުވާލި ހަމަލާ ނިއުގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަށެވެ. ރިޒޭ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ޔުން ކޯޗީ އަތުގައި ޖެހިފައި އީގަލްސްގެ މުސްތަފާ ސެޑިކް އަށް ލިބުމުން އޭނާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އޭގެ ހަތަރު މިނިޓް ފަހުން އީގަލްސް އަށް ލީޑު ނަގައިދިނީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެޑިކެވެ. މެޗުގެ 19 ވަނަ މިނިޓްގައި އަހުމަދު ޒާދު ހުސްކޮށްލާފައި ސެޑިކަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ކީޕަރު ކޯޗީ އަތްމަތިން ގޯލަށް ވައްދާލައިފަ އެވެ.

ފުރަތަމަ ހާފްގައި ނިއު އިން އެންމެ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ކޮސޯވޯ ފޯވާޑް އަޑިސް ސަލީހީ އެވެ. ހަމްޕު ނެގި ކޯނަރު ގޯލަށް ވަންނަން ދަނިކޮށް އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ މަތަކުރިއިރު، ސަލީހީ ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިިނިޓްގައި ސެޑިކް ވަނީ ލިބުނު ޕެނަލްޓީ އަކުން އީގަލްސްގެ ލީޑު ފުޅާކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ ނިއުގެ އޭރިއާ ތެރެއިން ސެޑިކް އަށް ނިއުގެ މުހައްމަދު ކަރަމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ތިން ވަނަ ލަނޑެއް ޖަހަން އީގަލްސް އަށް ހުސް ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ 65 ވަނަ މިނިޓްގައި ސެޑިކް ދިން ބޯޅަ އަކުން ނިއު އޭރިއާ ތެރޭގައި ހުސްކޮށްހުރެ ރިޒޭ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަހުމަދު ރާއިފް އަށް ވެސް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މި ހާފްގައި ނިއުގެ މުހައްމަދު މުސްލިހު (މުއްޓި) އާއި އިއްޒަތު އަބްދުލް ބާރީ ފޮނުވާލި ދެ ބޯޅަ އީގަލްސް ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

ނިއު އަތުން ފުރަތަމަ ބުރުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ 1-0 އިންނެވެ. މި މެޗުން ލިބުނު މޮޅާ އެކު އީގަލްސް ވަނީ ބަލިނުވެ 12 މެޗު ހަމަކޮށްފަ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ވެލެންސިއާ ބައްދަލުކުރާނީ މާޒިޔާއާ އެވެ. މެޗު ފަށާނީ 21:00 ގަ އެވެ.

4 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 28%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިންސް

14 August 2016

ނިޔު މިހާރު ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ފައިގަތޅާ ކުޅޭން ފެނޭ. ކުލަބުގެ ސަޕޯޓަރުން ލަދުން މޫނުދިއްކޮށްލަން ނުކެރޭ ހިސާބަށް ގޮސްފި. އަދިވެސް މެނޭޖުމަންޓުން ބަލާތި ތިބި ކުޅުންތެރިޔަކުވެސް ދޫކޮށްލެވޭތޯ.

The name is already taken The name is available. Register?

ސަޕޯޓާރ

13 August 2016

އީގަލްސް އޮތް 3 ވަނާގައި ދެ ސީޒަން. އީގަލްސް ނޫޅޭ 23 ކުޅުންތެރިން ބޮޑު އަގު ދީގެންނެއްނޫން.

The name is already taken The name is available. Register?

ސަޕޯޓާރ

13 August 2016

އީގަލްސް ކުޅެ މެޗްތައް ބަލަން ވަންނަ ސަޕޯޓަރުންދަނީ އިތުރު ވަމުން. ޓީމެއް ނުގަނެ ޓީމެއް އުފެއްދީތީ އީގަލަސް އަށް މަރުހަބާ! ދެން ވެސް ޓީމްތަކުން ވިސްނަންވީ ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާ ކުރަން. ލާރި އަށް ޓީމްތައް ބިނާ ކުރީމާ ވާ ގޮތް އެބަ ފެނެ އެންނު.

The name is already taken The name is available. Register?

އާދަނު

13 August 2016

އީގަލްސް އުފެއްދީ ފައިސާއާއި ނުލައި ލޮލް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454