ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ޔުނައިޓެޑް ވިކްޓަރީން މާޒިޔާ ބަލިކޮށްފި

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ވިކްޓަރީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީން 2-1 އިން މާޒިޔާ ބަލިކޮށްފި އެވެ.

މުބާރާތުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވަނީ ގްރީން ސްޓްރީޓްސް އަތުން މޮޅުވެފަ އެވެ. ޔުނައިޓެޑް ވިކްޓަރީ އަކީ މި މުބާރާތުގައި އެންމެ ފަހުން ބައިވެރިވި ޓީމެވެ. އެ ޓީމު މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވުމުން އެ ޓީމުގެ ކުޅުންތެރިން ލައިގެންނެވެ. އެފްއޭއެމުން މިދިޔަ މަހު 23 ވަނަ ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭގައި މާޒިޔާ އިން ވަނީ ދެ ހަމަލާ ފޮނުވާލައިފަ އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި އޭރިއާ ތެރެއިން މުހައްމަދު އަހަދުﷲ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން އިބްރާހިމް އިމްރާހް (އިންމި) ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަލީ ނާޖިހު ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ ހަމަލާ މެޗުގެ 13 ވަނަ މިނިޓްގައި ފޮނުވާލީ އެ ޓީމުގެ އަހުމަދު ސާމިއު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 22 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ނާހިލް ޖެހި ބޯޅަ ކީޕަރު ނާޖިހު ވަނީ ހުއްޓުވައިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް މެޗުގެ 30 ވަަނަ މިނިޓްގައި ލީޑުނަގައިދިނީ އަހުމަދު ހާމީ އެވެ. އޭރިއާ ބޭރުން ހާމީ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑުކަމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަަމަ ކުރަން ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ މާޒިޔާގެ ހުސެއިން ނައްވާޝް ބޮލުން ޖެހިއިރު، އެ ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މާޒިޔާ އިން ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ނާހިލް ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް އޭރިއާ ތެރެއަށް އައިއިރު އިލްމާން މޫސާ އަށް ލިބުނު ބޯޅަ ވެއްޓިގެންފައި ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ނަތީޖާ ހަަމަހަމަ ކުރަން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ޔުނައިޓެޑް ވިކްޓަރީގެ ދެ ވަނަަ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން ޔޫސުފް ޖައިޝަމް އެވެ. އޭނާ ވަނީ ކީޕަރު ހުސެން ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން މާޒިޔާ އަށް އަލުން މެޗުގެ ތެރެއަށް އަންނަން މުޅިން ހުސްކޮށް މުހައްމަދު ސާހިލަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އިތުރު ވަގުތުގައި މާޒިޔާގެ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔާމީން އަލީ އެވެ.

މާޒިޔާގެ ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) ބުނީ މައްސަލަ ދިމާވީ ފުރަތަމަ މެޗުން މޮޅުވުމުން ކުޅުންތެރިން މާ އިތުބާރު ބޮޑުކޮށްގެން ތިބުމުން ކަމަށާއި ފެށުން ވެސް ދިޔައީ ދަށްކޮށް ކަމަށެވެ. އެކަމަކު ބަދަލުތަކެއް ގެނެސްގެން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ކުރެވުނު ކަމަށާއި އުއްމީދަކީ ދެން ކުޅޭ ދެ މެޗުން މޮޅުވެގެން ސެމީ ފައިނަލުން ފުރުސަތު ހޯދުން ކަމަށް ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުއާވިޔަތު އިލްހާމް ބުނީ އެ ޓީމުގެ ފުރަތަމަ މެޗުކަމަށްވެފައި ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށާއި ނިއު ރޭޑިއަންޓާ އެކު މި މުބާރާތުގައި ނުކުޅެވުނު ނަމަވެސް މި ކުޅުންތެރިން ބޭނުންވީ އެކުގައި މި މުބާރާތް ކުޅެން ކަމަށާއި އޭގެ ނަތީޖާ އަކީ ކުޅުންތެރިން އެއް ރޫހެއްގައި އެ ކުރި ހިތްވަރު ކަމަށެވެ.

މުބާރާތުގައި މިރޭ 20:30 ގައި ކުޅޭ މެޗުގައި ކްލަބް އޭދަފުށި ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 18%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮނާ

07 February 2019

ވަރަށް ފެންވަރުފެ ގޯލެއް ފުރަތަމަ ޔޫވީ ޖެހީ

The name is already taken The name is available. Register?

މޮރީނިޔޯ

07 February 2019

މިހާތަނަށް ކުޅުނު މެޗްތަކުގެ ތެރޭން ޔޫވީ ގެ މަސައްކަތް ރޭޓް ވަރަށް ރަގަޅު ފުރަތަމަ މެޗްވީމަ ކުޅުންތެރިން އަކުނިވަޔަށް ދަމާ ކަންތަން ކުރިޔަސް ރަގަޅު ފާސިންގޭމެއް ޖައްސައިފިންޔާ ޔޫވީ ބަލި ކުރެވޭނި ޓީމެއް މި މުބާރާތުގަ ނެތޭވެސް ބުނެވިދާނެ. ކުޅުންތެރިން ވެސް ވިސްނަށް ވީ ވަކި ވަކި ހުނަރު މާ ބޮނޑަށް ނުދަށްކާ ޓީމެއް ގޮތުގަ ކުޅެ މޮޅުވާން. މަރުހަބާ ޔޫވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454