މިހާރު އެވޯޑްސް އިން ތުލުސްދުއަށް ކުލަގަދަ ހަވީރެއް

މިހާރު އެވޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ބާއްވާ "ސްޕޯޓްސް ސްޓާސް ފިއެސްޓާ" ގެ ލައިވް ކަވަރޭޖަށް މަރުހަބާ.


ތުލުސްދޫގައި މިހާރު ކުރިއަށް ގެންދާ މި ފިއެސްޓާގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން މިހާރުގެ ކެޕްޓަން އަކުރަމް އަބްދުލްގަނީ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދުގެ އިތުރުން މުހައްމަދު އުމައިރު ވެސް ބައިވެރިވޭ.

ފުޓްބޯޅަ ތަރިންގެ އިތުރުން ވޮލީގެ މަޝްހޫރު ކުޅުންތެރިންނާއި ބެޓްމިންޓަނާއި ޓީޓީ، އެތުލެޓިކްސް އަދި ފެތުންތެރިން ވެސް، ތަރިންގެ މި އީދުގައި ބައިވެރިވޭ.

ރާއްޖޭގައި ކުޅިވަރުގެ ދާއިރާ އިން ދޭ އެންމެ އަގުބޮޑު އެވޯޑްގެ މި އިވެންޓްގައި ސްޕޮންސަރުން ވަރަށް ދީލަތި އެހީތައް، ތުލުސްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒާއި ޒުވާނުންގެ ޖަމިއްޔާ އަށް ދޭނެ. އެގޮތުން އެވޯޑްގެ މެއިން ސްޕޮންސަރުން ކަމަށްވާ އުރީދު އާއި އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަން ބޮޑު.

ކުޅިވަރު ތަރިން ތުލުސްދު އަށް އައުމުން މަރުހަބާ ކިޔަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭގެ އިތުރުން އެސޯސިއޭޓް ސްޕޮންސަރުންގެ ގޮތުގައި މިފަހަރު ހަތް ކުންފުނި ބައިވެރިވޭ. އެއީ ބީއެޗުއެމް، ވެލިގާ، ސޮނީ ސްޕޯޓްސް، ރެއިންބޯ، ޕްރިންޓް ލެބް، ޓީއެފްޖީ އަދި ޑޮނާޑް.

އެވޯޑްސްގެ އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެޑްވަޓައިޒިން. މީޑިއާ ޕާޓްނަރަކީ ވީޓީވީ.

މެހެމާނުންނަށް ސްކޫލްގެ ދަރިވަރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި.