ކުޅިވަރު / ބަންގްލަދޭޝް ފުޓްބޯޅަ ޓީމް

ރާއްޖޭގެ ޓުއާ އަކީ ބަޝުންދުރައިން ގެންގުޅޭ ވިސްނުމެއް

އޭއެފްސީ ކަޕް މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ބަޝުންދުރާ އިން އުފާފާޅުކުރަނީ-- ފޮޓޯ: ބަޝުންދުރާ

ބަންގްލަދޭޝްގެ ލޯކަލް ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހު ފެށުމުގެ ކުރިން ފުރުސަތު ލިބިއްޖެނަމަ ރާއްޖޭގައި ޕްރީ ސީޒަން ޓުއާއެއް ކުރިއަށްގެންދަން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ބަޝުންދަރާ ކިންގްސް އިން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަންގްލަދޭޝްގެ ބިޒްނަސް ސްޓޭންޑާޑް ނޫހުން ރިޕޯޓްކުރާގޮތުގައި ބަޝުންދުރާގެ ވިސްނުން ހުރީ މި މަހުގެ ތެރޭގައި ރާއްޖޭގައި ޕްރީ ސީޒަން މެޗުތަކެއް ކުޅޭށެވެ. އެ ޓީމުން ބޭނުންވަނީ އޭއެފްސީ ކަޕްގައި މި ފަހަރު ވާދަކުރަން އޮތް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީއާ ކުޅޭށެވެ.

ބަޝުންދުރާ އަކީ މި މަހު 23 އިން އަންނަ މަހު ހަތަރެއްގެ ނިޔަލަށް ރާއްޖޭގައި ބާއްވަން ތާވަލުކުރި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖް މެޗުތަކަށް ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ޓީމެކެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން މުބާރާތުގެ ހުރިހާ ގްރޫޕެއްގެ މެޗުތައް ކުރިއަށްގެންދެވޭނެ ގޮތެއް ނުފެނުމުން އޭއެފްސީން މުބާރާތް އެއްކޮށް ކެންސަލްކޮށްލީ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މިއަދު "މިހާރަ"ށް ވިދާޅުވީ ބަޝުންދުރާ އިން ރާއްޖޭގައި ޕްރީ ސީޒަން މެޗުތަކެއް ކުޅެން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެކަމަކު ދާދި ފަހުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް މެޗެއް ކުޅެން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ހުށަހެޅުމެއް އައި ކަމަށް ވިދާޅުވި އެވެ.

2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު ގަލޮޅު ދަނޑުގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އޭއެފްސީ ކަޕަށް ބަޝުންދުރާ މިކޮޅަށް (މާލެ އަށް) އަންނަ ގޮތަށް ހަމަޖެހިފައި އޮއްވައި ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން އައި ހުށަހެޅުމެއް. އެއީ ބަޝުންދުރާގައި ބަންގްލަދޭޝް ގައުމީ ޓީމުގެ 12 ވަރަކަށް ކުޅުންތެރިން ތިބުމާ އެކު އިތުރު ހަ ވަރަކަށް ކުޅުންތެރިން އެކޮޅުން ގެނެސްގެން ރާއްޖޭގައި ބަންގްލަދޭޝް އާއި ރާއްޖޭގެ މެޗެއް ކުޅެން. އެކަމަކު ފަހުން އޭއެފްސީ ކަޕް ކެންސަލްކުރުމުން މެޗު ކުޅެން ރޭވި ހުށަހެޅުން މިހާރަކު ނެތް،" ޖަވާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން މިހާރު ހާލަތު އޮތްގޮތުން ރާއްޖޭން ބޭރުން ބަޔެއް ގެނެސްގެން މެޗެއް ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށް ޖަވާ ވިދާޅުވި އެވެ. އެފްއޭއެމުން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް އެކުވެރިކަމުގެ މެޗު ވެސް ތާވަލުނުކުރެވި އޮތީ ކޮވިޑް-19ގެ ސަބަބުން ދަތުރު ފަތުރުކުރަން ހުރި އުނދަގޫތަކުގެ ސަބަބުންނެވެ.

ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން މިހާރު ހަވާލުވެ ހުރި ބަޝުންދުރާ އިން ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަޝުންދުރާގެ ހަަރަދުގައި ނިއު ރޭޑިއަންޓް ބަންގްލަދޭޝް އަށް ގެންގޮސްގެން ކުޅުނު މެޗެކެވެ.

ބަޝުންދުރާއާ ގާތްގުޅުމެއް އޮންނަ ބަންގްލަދޭޝްގެ ނޫސްވެރިއަކު "މިހާރަ"ށް ބުނީ ޕްރީ ސީޒަނުގައި ރާއްޖެ އަށް މެޗުތަކެއް ކުޅެންދާން ފުރުސަތު ލިބިއްޖެނަމަ ބަޝުންދުރާ އިން އޭގެ ބޭނުންހިފާނެ ކަމަށާއި އެކަމަކު އެއީ އަދި ހަމައެކަނި ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އަދި މިހާރު ހާލަތު އޮތްގޮތުން އެއް ގައުމުން އަނެއް ގައުމަށް ގޮސްގެން މެޗުތަކެއް ކުޅުމަކީ ވާނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރުބެލް

04 October 2020

ދެން އައިސްސަ ޕާސްޕޯޓް އެއްލާލާފަ ތަރުކާރީ މާރުކޭޓެއް ހުޅުވާފަ ބެލްކްމާކެޓްގައި ވިޔަފާރި ފަށަންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454