10 އޯގަސްޓް

August 10, 2019 2
ކޮންސްޓްރަކްޝަން ކެމިކަލް "ސިކާ" ރާއްޖެ އަށް ތައާރަފް

ކޮންސްޓްރަކްޝަން ދާއިރާގެ ނަން މަޝްހޫރު ކެމިކަލެއް ކަމަށްވާ "ސިކާ" ކެމިކަލް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

August 10, 2019 39
ބައެއް ޑްރައިވަރުން އަދިވެސް ގޮތްދޫނުކޮށް ރޭވުމުގައި!

ޓެކްސީތައް ނުކުމެ މަގުތައް ބަންދުކުރުމާއި އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލައި، އާންމުންނަށް ޖެއްސުންކުރުން ފަދަ އެތައް ހިޔާލަކުން ޓެކްސީ ޑްރައިވަރުންގެ ވައިބަ ގްރޫޕެއްގައި،...

08 އޯގަސްޓް

August 08, 2019 11
އެމްޓީީސީސީގެ "ޕްރައިވެޓް ހަޔާ"ގެ ދަތުރުތައް ހެޔޮކޮށްފި

ޓެކްސީގެ ގޮތުގައި އެމްޓީސީސީން ކުރިން ދިން "ޕްރައިވެޓް ހަޔާ"ގެ އަގު ވެސް އިއްޔެ އިން ފެށިގެން ހެޔޮކޮށްފި އެވެ.

06 އޯގަސްޓް

August 06, 2019 30
ވާމިލިއަންނާ ދޭތެރޭ ފިޔަވަޅެއް ނާޅާ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށް ރިސޯޓް ހެދުމަށް ދެ ރަށް ދީފައިވާ ވާމިލިއަން ކުންފުނިން ފެރީގެ ހިދުމަތް މެދު ކަނޑާލި މައްސަލާގައި އަދި ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

04 އޯގަސްޓް

August 04, 2019 30
ދ. އާއި މ. އަތޮޅަށް އެމްޓީސީސީން ފެރީ ފަށައިފި

ވާމިލިއަން ކުންފުނިން މ. އާއި ދ. އަތޮޅުގެ ފެރީގެ ހިދުމަތް މިދިޔަ ރޯދަ މަހު ހުއްޓާލާފައި ވަނިކޮށް އެމްޓީސީސީން އެ ދެ އަތޮޅަށް އަލުން ފެރީގެ ހިދުމަތް ފަށައިފި އެވެ.

30 ޖުލައި

July 30, 2019 10
އެމްޓީސީސީއަށް ހުރި ޕްރޮޖެކްޓްތަކުގެ އަގު ބިލިޔަނަކަށް

އެމްޓީސީސީ އަށް ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކާއި އެ ކުންފުންޏާ ހަވާލު ކުރަން ވާހަކަ ދައްކަމުން އަންނަ މަޝްރޫއުތަކުން ލިބޭނެ ކަމަށް ބެލެވޭ ޖުމްލަ އަގު އެއް ބިލިޔަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް މިއަދު ވިދާޅުވެއްޖެ އެވެ.

20 ޖުލައި

July 20, 2019 9
ހައްޖުވެރިންނާއި އާއިލާތަކަށް އެމްޕީއެލް ބަސް ވެސް ހިލޭ

ރާއްޖޭގެ ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިއުމަށްޓަކައި މާދަމާ ފުރަން ފަށާއިރު ހައްޖުވެރިންނާއި އާއިލާތަކުން ބަހުގައި އެއާޕޯޓަށް ހިލޭ ދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

19 ޖުލައި

July 19, 2019 7
ނަތީޖާއާ އެކު ކުންފުނިތައް އުންމީދީ ބަދަލަކާ ދިމާއަށް

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ކުންފުނިތަކުގެ ފައިދާ އަށް ބަލާއިރު އެސްޓީއޯ އާއި ފެނަކަ އާއި އައިލެންޑް އޭވިއޭޝަނުން ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 100 ޕަސެންޓް ކުރިއެރުން ހޯދައިފަ އެވެ. ޖުމްލަކޮށް ހުރިހާ ސްޓޭޓް އޯން އެންޓަޕްރައިޒަސް އަށް...

18 ޖުލައި

July 18, 2019 32
ބެޓެރީން ދުއްވާ މިނީ ބަސްތަކެއް ގެންނަނީ

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓަކައި ބެޓެރީން ދުއްވާ ބަސްތަކެއް ގެންނަން ރާވާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

July 18, 2019 8
އެންމެ ބޮޑު ފައިދާއެއް އެމްއޭސީއެލް އަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް އެމްއޭސީއެލުން ހޯދާފައިވާއިރު އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެމްޓީސީސީ...

16 ޖުލައި

July 16, 2019 31
ރިންގްރޯޑާއެކު ފުވައްމުލަކުގެ 31މަގެއްގައި ތާރު އަޅަނީ

ފުވައްމުލަކުގެ ވަށައިގެން އޮންނަ ރިންގްރޯޑާ އެކު، އެ ސިޓީގެ 31 މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.

15 ޖުލައި

July 15, 2019 1
"ސާބަސް ޔަންމާ"ގެ ތިންވަނަ ޕްރޮމޯޝަން ފަށައިފި

އެމްޓީސީސީން ކޮންމެ އަހަރަކު ބާއްވާ "ސާބަސް ޔަންމާ" ގެ ތިންވަނަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

10 ޖުލައި

July 10, 2019 11
އައްޑޫގެ ބޮޑު ބަޔަކަށް ސެޕްޓެމްބަރުގައި ނަރުދަމާ ލިބޭނެ

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިމި ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެންވަޔަރަމަންޓް މިނިސްޓްރީން ދީފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

09 ޖުލައި

July 09, 2019 17
އެމްޓީސީސީ ސަލާމަތްކުރަން ދަތުރުފަތުރަށް އާ ކުންފުންޏެއް

އާއްމު ދަތުރުފަތުރުގެ ހިދުމަތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ވަމުންދާ ގެއްލުމުން ސަލާމަތްވުމަށް އާ ކުންފުންޏެއް ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

07 ޖުލައި

July 07, 2019 20
ފައިދާ ދަށްވީ ބްރިޖާއި މަހާ ޖައްރާފާ ހެދި: އެމްޓީސީސީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ހިންގުމުގެ ފައިދާ ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ސިނަމާލެ ބްރިޖާއި މަހާ ޖައްރާފު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

24 ޖޫން

June 24, 2019
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ޖުލައި 8 ގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

23 ޖޫން

June 23, 2019 2
އެމްޓީސީސީ އަށް 300 މިލިއަން ރުފިޔާ ލިބެންޖެހޭ

އެމްޓީސީސީ އަށް ލިބެންޖެހޭ 300 މިލިއަނެއްހާ ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

June 23, 2019 8
އެމްޓީސީސީގެ ފައިދާ ނުބެހީ މާލީ ހާލަތު ދަށްވެގެން

އެމްޓީސީސީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ނިންމީ ކުންފުނީގެ މާލި ހާލަތު ދަށްވެގެން ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

21 ޖޫން

June 21, 2019 4
އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހުކޮށްފި

ހއ. އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ. މިއީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ނައިބު ރައީސް ފައިސަލް ފެއްޓެވި ދަތުރުފުޅުގައި ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވި ދެ ވަނަ ރަށެވެ.

June 21, 2019 11
ހޯރަފުށީގައި ސްޕީޑްފެރީގެ ހިދުމަތް، އުންމީދީ ބަދަލެއް!

ހއ. ހޯރަފުށީގައި ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އިފްތިތާހުކޮށް ދެއްވި ސްޕީޑް ފެރީގެ ހިދުމަތާ އެކު، މިއީ ތަރައްގީ އަށް އިތުރުވި ބޮޅެއް ކަމަށް އެ ރަށު މީހުން ބުނެފި އެވެ.

June 21, 2019 48
ހޯރަފުށީގައި އެއާޕޯޓު އަޅަން ބޮޑު ބައެއް ހިއްކައިފި

ހއ. ހޯރަފުށީގައި އެއާޕޯޓު އަޅަން، އެ ރަށު ފަޅުތެރެއިން ބޮޑު ބައެއް ހިއްކާ ނިންމާފައިވާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ރޭ ވިދާޅުވެއްޖެ އެވެ.

16 ޖޫން

June 16, 2019 1
އެމްޓީސީސީން ޔަންމާ އިންޖީނާ ބެހޭ ހާއްސަ ކެމްޕޭނެއް

ޔަންމާ އޭޝިއާއާ ގުޅިގެން އެމްޓީސީސީން ޔަންމާ ސޭލްސް ސާވިސް ކެމްޕެއިންއެއް މިއަދު ފަށައިފި އެވެ.

14 ޖޫން

June 14, 2019 9
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީހު ފަސްކޮށްފި އެވެ.

11 ޖޫން

June 11, 2019 17
ހަތް ރަށެއްގެ މަގު ހަދާ ޑިޒައިނަށް ބަދަލު ގެންނަނީ

ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްގެން ހިންގާ ރަށްރަށުގެ މަގު ހެދުމުގެ ބައެއް މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފި އެވެ.

02 ޖޫން

June 02, 2019 1
އެމްޓީސީސީގެ އޭޖީއެމް މިމަހުގެ 15 ގައި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.