ސްވީޑެންގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒާރާ ލާސަން، އާ އަހަރު ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

ޒާރާ އާ އަހަރު ފާހަގަކުރީ ރ. އަތޮޅުގައި އޮންނަ ޖޯލި މޯލްޑިވްސް ރިސޯޓުގަ އެވެ. އެ ރިސޯޓުގައި އާ އަހަރު ފާހަގަކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޝޯގައި ޒާރާ ވަނީ ހާއްސަ ހުށަހެޅުމެއް ހުށަހަޅައި ދީފަ އެވެ.

ޖޯލި މޯލްޑިވްސްގެ އިންސްޓަގްރާމްގައި ވަނީ ޒާރާގެ ހުށަހެޅުމުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުކޮށްފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ފޭލި އަނދެގެން ހުރެ ޒާރާ ހުށަހެޅީ އޭނާގެ މަޝްހޫރު ލަވައެއް ކަމަށްވާ "ސިމްފޮނީ" އެވެ.

ޒާރާގެ އިންސްޓަގްރާމްގައި ވެސް ވަނީ ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފަ އެވެ.

ޒާރާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ލަޝް ލައިފް" އާއި "ނެވާ ފޮގެޓް ޔޫ" ހިމެނެ އެވެ. އަދި އެހެން އާޓިސްޓުންނާ ކޮލަބްރޭޓްކޮށްގެން އޭނާގެ ގެނެސްދިން "ސިމްފޮނީ" އާއި "ދިސް ވަން އިޒް ފޯ ޔޫ" އަދި "ރުއިން މައި ލައިފް" ކަހަލަ ލަވަތައް ހިމެނެ އެވެ.

އޭނާގެ ފަހުގެ އެންމެ ކާމިޔާބު އެއް ލަވައަކީ މިދިޔަ އަހަރު ޖޫން މަހު ގެނެސްދިން "މިޑްނައިޓް ސަން" އެވެ.